އަންނާރު — Ihavandhoo.com

އަންނާރު

4 ފެބުރުއަރީ 2014 0

މޭވާއާއި ތަރުކާރީން ސިއްހީ ގޮތުން ލިބޭ ނަފާތަކަށް ބަލައިލާ ގެނެސްދޭ ސިލްސިލާގެ ތިންވަނަ ބަޔަށް، މަރުހަބާ!  މިފަހަރު އިހަވަންދޫ ޑޮޓްކޮމްގެ ޒަރިއްޔާއިން މިގެނެސްދެނީ އަންނާރަށް ލިބޭ ސިއްހީ ފައިދާއަށެވެ. އަންނާރުން ލިބޭ ސިއްހީ ފައިދާއަށް ބަލައިލުމުގެ ކުރިން އަންނާރުގެ ކުރުތައުރޭފެއް ދިނުން މުހިންމު ކަމެއް ކަމަށް ދެކެމެވެ. އަންނާރަށް އަރަބި ބަހުން ކިޔާ ނަމަކީ  رمّان މިހެންނެވެ. އިންސާނުން ކެއުމަށް ބޭނުންކުރެވޭ އެންމެ ދުވަސްވީ މޭވާ ކަމުގައި ބުނެވެނީ އަންނާރު އެވެ. މިއީ ގަހެއްގައި އަޅާ މޭވާ އެކެވެ. ދިވެހިރާއްޖޭގެ އިތުރުން އިރާންއިން ފެށިގެން ހިމާލަޔާގެ އުތުރުގައިވާ އިންޑިޔާގެ ޝަހަރުތަކުގައި ވެސް އަންނާރު ހައްދައި އުޅެއެވެ.

އަންނާރުގެ ކޮންމެ 100 ގްރާމަކުން 65 ކިލޯ ކެލެރީ ހަކަތަ އިންސާނާއަށް ލިއްބައިދޭކަމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ހާމަކުރެވެ. ކޮންމެ 100 ގްރާމެއްގެ އަންނާރަކުން ހަށިގަނޑަށް ލިއްބައިދޭ ކާބޯހައިޑްރޭޓްގެ މިންވަރު 14.5 ގްރާމަށް އަރާކަމަށް ސިއްހީ މާހިރުން ހާމަކުރެއެވެ. އަދި ހަމައެހެންމެ ފެޓްގެ 0.1 ގުރާމްގެ މިންވަރު އަންނާރުގެ ކޮންމެ 100 ގްރާމަކުން ލިއްބައިދެއެވެ. އިންސާނާގެ ހަށިގަނޑަށް 1.6 ގްރާމްގެ ޕްރޮޓީންގެ މިންވަރު ކޮންމެ 100 ގްރާމެއްގެ އަންނާރަކުން ލިއްބައިދެއެވެ.

ކޮންމެ 100 ގަރާމެއްގެ އަންނާރަކުން ވިޓަމިން-އޭ ( ކެރޮޓީން) ލިއްބާދޭ މިންވަރު 0 މައިކުރޯގްރާމަށް އަރާކަމަށާއި 16 މިލިގްރާމްގެ ވިޓެމިންސީ ހަށިގަނޑަށް ލިބޭކަމަށްވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި  ކެއުމަށް ބޭނުންކުރާ ކޮންމެ  100 ގްރާމް އަންނާރަކުން 10 މިލިގްރާމްގެ ކެލިސިއުމް ހަށިގަނޑަށް ލިއްބާދެއެވެ. އަދި ދަގަނޑުގެ މިންވަރު 1.79 މިލިގްރާމާ ހަމައަށް  ހަށިގަނޑަށް ލިބޭނެކަމަށްވެސް ހާމަކުރެއެވެ. ކޮންމެ 100 ގްރާމް އަންނާރަކުން ފޮސްފަރަސް ލިބޭމިންވަރު 70 މިލިގްރާމަށް އަދި ފައިބަރު ލިބޭމިންވަރު 5.1 ގްރާމަށް އަރާކަމުގައި ސިއްހީދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކުރެއެވެ. ކޮންމެ 100 ގްރާމް އަންނާރަކުން 0.06 މިލިގްރާމްގެ މިންވަރަށް ތިއެމިންލިބޭ ކަމަށާއި އަދި 0.1 މިލިގްރާމްގެ  ރައިބޯފްލެވިން ހަށިގަނޑަށް ލިއްބައިދެއެވެ.

އަދި ކޮންމެ 100 ގްރާމް އަންނާރުން ނިއެސިން 0.3 މިލިގްރާމަށް ލިއްބައިދޭކަމަށާއި އިސްވެދެންނެވި މައުދަންތަކުގެ އިތުރަށް 100 ގްރާމްގެ އަންނާރުން އެހެނިހެން މަޢުދަންތަށް ލިއްބައިދޭ މިންވަރަކީ 0.7 މިލިގްރާމެވެ.

އަޅުގަނޑުމެންގެ ތެރޭގެ ވަރަށް އާއްމުކޮށް ދިމާވާ ކަމެއް ކަމަށްވާ ބޭރަށް ހިންގުން ފަދަ ހާލަތްތަކުގައި ފޮނިތޮށި ކާފޫރު ތޮޅިއާއި އެކު އަންނާރު ކެއުމުން ބޭރަށް ހިންގުން ރަގަޅުވާ ކަމުގައި ދިވެހިބޭސް ވެރިކަމުގެ ފޮތްތަކުގައި ދިވެހި ބެސްވެރިން ލިއްޔާވާފައިވެއެވެ. އަޑު ރީތިކޮށް ބެހެއްޓުމަކީ އަޅުގަޑުމެންގެ ޒުވާނުން ވަރަށް ކުރާހިތްވާ ކަމެކެވެ. އަޑުކުރަކިވެ، ނުވަތަ އަޑުކުރެހުމުން އަންނާރު ޖޫސް ބޭނުންކޮށްގެން އަގަދޮވުން ފަރުވާއެއް ކަމުގައި ފުދޭކަމަށްވެސް ފޮތްތަކުގައި ހުރެއެވެ. ހަމައެހެންމެ ކަންފަތުގައި ރިހޭނަމަ، މާމުޔާއި އެކު ބޭނުންކުރުމުން އެރިހުން ކުޑަކޮށްދެއެވެ. އަޅުގަނޑުމެންނަށް އާއްމުގޮތެއްގައި އިވެމުންދާ އެއްއަޑަކީ ކުޑކުދިންނުކާ ވާހަކައެވެ. އެފަދަކުދިންނަށް އަންނާރު ދިނުން ރަނގަޅުކަމަށް ގަބޫލު ކުރެވެއެވެ. އެހެނީ އަންނާރަކީ ކާހިތްވުން އިތުރުކޮށްދޭ އެއްޗެކެވެ. އޭގެ އިތުރުން ގުރުދާގެ ބަލިތައް ކުޑަކޮށްދީ ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅުކޮށްދެއެވެ.

އަންނާރު ބޭނުންކުރުމުން ލޮލުގެ ފެނުން ސާފުކުރުމުގައްޔާއި، ހިރުގަނޑާއި، ދަތުގެ ބަލިތައް ކުޑަކޮށްދިނުމުގައި ވެސް އަންނާރު އެހީތެރިވެދެއެވެ.

މޭވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ