މައި ކަޕް 2015: އަރާދުވާ ކުއާޓަރ ފައިނަލަށް — Ihavandhoo.com

މައި ކަޕް 2015: އަރާދުވާ ކުއާޓަރ ފައިނަލަށް

16 ޑިސެމްބަރު 2015 2

އަރާދުވާ ޓީމް..

ހޯރަފުށި އެޑްވާންސްމެންޓް ސޮސައިޓީ (ހޭސް) 1-0 ން ބަލިކޮށް މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގައެއް އަރާދުވާއިން ކަށަވަރުކޮށްފިއެވެ. ރޭ މިދެޓީމު ބައްދަލުކުރި މެޗުގެ ހަމައެކަނި ލަނޑު އަރާދުވާ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެޓީމުގެ މުޙައްމަދު ނަދީމް 7، އެވެ.

ރޭގެ މެޗުން ހޭސް ބަލިވުމުން، އިއްޔެ ހަވީރު ކުޅެވުނު މެޗުން ކޮފަލި ޓީމާ 1-1 ން އެއްވަރުކުރި އަރާދުވާ ކުރިމަގަށް ކުއާޓަރ އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެޓީމު ކުއާޓަރ އަށް ދިއުމަށްޓަކައި ކޮންމެ ނަތީޖާއަކުންވެސް ހޭސް ބަލިކުރަން ޖެހެއެވެ. އަދި އަރާދުވާ ޓީމު އަތުން ކޮފަލި ބަލިވަން ޖެހެއެވެ. އަރާދުވާ ކުރިމަގާއެކު ހޭސް ކުޅޭ މެޗުން މޮޅުވެ ނުވަތަ އެއްވަރުވެ، ބޮޑު ތަފާތަކުން ކޮފަލި ޓީމަށް އަރާދުވާ ބަލިނުކުރެވިއްޖެނަމަ ހޭސް އަށްވެސް ކުއާޓަރ އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ގްރޫޕް 2 ގެ ކުއާޓަރގެ ފުރުސަތު އެންމެ ހަނިކޮށް އޮތީ ކޮފަލި ޓީމަށެވެ.

އިއްޔެ ހަވީރުގެ މެޗުގައި ފުރަތަމަ ލީޑު ނެގީ އިބްރާހީމް ޒިދާން 13، ޖަހައިދިން ގޯލަކުން ކޮފަލި ޓީމެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއްފަހުން އަރާދުވާ ކުރިމަގަށް ލިބުނު ހުސް ފުރުސަތެއްގައި އެޓީމުގެ މުޙައްމަދު އައިހަމް 17، ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޮފަލި ޓީމުގެ މުޙައްމަދު ވަޙީދު 2، އެވެ.

ރޭ ކުޅެވުނު ފަހު މެޗުގައި ގްރޫޕް 3 ގެ ސެން ސިޓީ ފޭންސް އަދި އެފްސީ ބޮޑުމަގު ބައްދަލުކުރި މެޗު 3-0 ން ކާމިޔާބުކުރީ އެފްސީ ބޮޑުމަގެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އެފްސީ ބޮޑުމަގުގެ މުޙައްމަދު އިމްތިޔާޒު 9، ވަނީ ރޭގެ މެޗުގައި ދެގޯލް ޖަހައިދީފައެވެ. އެފްސީ ބޮޑުމަގުގެ އަނެއް ގޯލް ޖަހައިދިނީ އެޓީމުގެ މުޙައްމަދު އަނަސް 7، އެވެ.

މިނަތީޖާއާއެކު ގްރޫޕް 3 ގެ، މިއަދު ހަވީރު ނިކަ ޗެއިނާ ދެކޮޅަށް ނިކުންނަ ކުޅިމަގު ޓީމު ފިޔަވައި ކޮންމެ ޓީމަކަށްވަނީ 3 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ކުއާޓާރ އަށް ދިއުމުގެ ފުރުސަތު މިގްރޫޕްގެ ކޮންމެ ޓީމަކަށްވެސް އެބައޮތެވެ.

މިމުބާރާތުގައި މިރެއަށް ޝެޑިއުލް ކުރެވިފައިވަނީ ގުރޫޕް 4 ގެ ދެމެޗެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލް ކުރާނީ ޖަންގަލް ޑާކު ޕޮއިންޓާއި ސެންސިޓީ އެވެ. މިމެޗުން ޖަންގަލް ޑާކް ޕޮއިންޓް ބަލިވެއްޖެނަމަ މުބާރާތުން ކެޓުމުގެ ފުރުސަތު ބޮޑެވެ. މިރޭގެ ދެވަނަ މެޗުގައި ބައްދަލްކުރާނީ އެގްރޫޕްގެ އެންމެ ކުރީގައި އޮތް ޔުނައިޓެޑް ޔޫތާއި މާރަންދޫ ޔޫތު ސޮސައިޓީއެވެ. މިމެޗުން މޮޅެއް ލިބިއްޖެނަމަ ޔުނައިޓެޑް ޔޫތަށް ކުއާޓަރ ފައިނަލުން ޖާގައެއް ލިބޭނެއެވެ.

މައިކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަނިޔާ ވެރި ޢަމަލަކީ އެއްވެސް ފަރާތަކުން ބަލައިގަންނާނެ ޢަމަލެއްނޫން․․ މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަންވީ ވަގުތު އަދިވެސް ނާދޭތޯ؟ ދަނޑުމަތިން ނަމަވެސް މިފަދަ ޢަމަލުކުރާ މީހުންނަށް ރެފްރީންނަށް ނުފެނިގެން ނަމަވެސް އެކަށީގެންވާ ޢަދަބު ދެވިފައި ނުވާނަމަ އެކަމަށް ޚާއްޞަ ކުރެވިފައިވާ ކޮމީޓީއަށް އެކަމަށް އެކަށޭނަ ޢަދަބު ދޭންޖެހޭ․ މިސާލަކަށް ކުޅުމުން ބޭރުން ކުޅުންތެރިއެއްގެ ގައިގައި ޖެހުންކަމުގައި ވީނަމަވެސް އަދި އިންޒާރު ދިންކަމުގައިވިއަސް އެކަން ކަށަވަރު ކުރެވެންޏާ އެކަމަށް ފަހުންވެސް ޢަދަބު ދޭންޖެހޭ․ އަދި މައިކަޕް މުބާރާތް ކުޅޭ ކުޅުންތެރިއެއް ސަޕޯޓަރެއްގެ ގޮތުގައި ހުރެ ހިންގާ ނޭދެވޭ ޢަމަލިތަކަށް އެކަށޭނަ ފިޔަވަޅު އަޅަންޖެހޭ․ މިނޫން ގޮތަކަށް ކަންތައްތައް ދަނީނަމަ އަހަރެމެން އުފާ ކުރާ މައި ކަޕަކީ އަހެރެމެން އެކަޕުޕްގެ ސަބަބުން ހިތާމަކުރަންޖެހޭ މައިކަޕަކަށް ވުން ކައިރ․ އަވައްޓެރި ރައްތަކާ ފިތުނަވެރި ނޭންގާނީ ކަންތައްތަކެއް ހިނގުން ކައިރި․ އެއުރެން ހަތުރުންނަށް ބަދަލުވުން ކައިރި․ އަމާންވެށި ނާންމާން ވެއްޓަކަށް ބަދަލުވުން ކައިރި․

– 16 ޑިސެމްބަރު 2015 0

ހުވަރަފުށީ މީހުން މިރަށައް ނާރުވާތި މުބާރާތްތައް ކުޅޭއިރު

– 28 މާރިޗު 2016 0