އަތޮޅު ކައުންސިލްގެ ގޮނޑި ބޮޑު ތަފާތަކުން އެމްޑީޕީ ކެންޑިޑޭޓު ކާމިޔާބު ކުރައްވައިފި — Ihavandhoo.com

އަތޮޅު ކައުންސިލްގެ ގޮނޑި ބޮޑު ތަފާތަކުން އެމްޑީޕީ ކެންޑިޑޭޓު ކާމިޔާބު ކުރައްވައިފި

7 މެއި 2017 5

އަތޮޅު ކައުންސިލްގެ އިހަވަންދޫ ދާއިރާގެ ގޮނޑި، ބޮޑު ތަފާތަކުން އެމްޑީޕީ ކެންޑިޑޭޓު ޢަބުދުﷲ ހުސައިން ކާމިޔާބު ކުރައްވައިފި  ކަމަށް އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ، މިހާތަނަށް ސާފުކުރެވިފައިވާ ވަގުތީ ނަތީޖާ ތަކުން ދައްކައިފި އެވެ.

އިހަވަންދޫގައި ބެހެއްޓި ދެފޮއްޓާއި މާރަންދޫ، މޮޅަދޫ އަދި މާލޭގައި ބެހެއްޓި އިހަވަންދޫ ދާއިރާގެ ރައްޔިތުން ވޯޓު ލުމަށް ބެހެއްޓި ފޮށީގެ ވަގުތީ ނަތީޖާ ލިބިފައި ވާއިރު، އެމްޑީޕީގެ ކެންޑިޑޭޓު، ޢަބުދުﷲ ހުސައިން މި ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެބޭފުޅާއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު، މުޙައްމަދު އަރީބު އަށްވުރެ އިތުރަށް 678 ވޯޓު ހޯއްދަވައިގެން ނެވެ. ޢަބުދުﷲ ހުސެއިން އަށް މިފޮށިތަކުން މިހާތަނަށް ޖުމުލަ 1529 ވޯޓު ލިބިފައިވާ އިރު އެއީ މިފޮށި ތަކަށް ވޯޓުލީ މީހުންގެ 62 އިންސައްތަ އެވެ. މުޙައްމަދު އަރީބު އަށް ލިބިފައިވަނީ 851 ވޯޓެވެ. އެއީ މިފޮށި ތަކަށް ވޯޓުލީ މީހުންގެ 35 އިންސައްތަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރު އިހަވަންދޫން ކުރިމަތިލެއްވި އެމްޑީޕީގެ 6 ކެންޑިޑޭޓުންނަށް ވަނީ ގޮނޑިތައް ކަށަވަރު ވެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި․ މައުމޫނާ ނުލާ ޔާމިން އަށް ކުރިއަށް ދެވޭނެތަ؟

– 7 މެއި 2017 1

ކޮބާ ރަށުކައުންސިލަށއ ކުރިމަތިލި އަސްލު މީހާ؟ ކަމެއްޖެހޭއިރަށް ފިއްލަވާ އަސްލުމީހާއަށް އަސްލު ނަތީޖާ ފެނިއްޖެ ދޯ؟

– 7 މެއި 2017 0

އަރީބު މައުމޫނު ފެކުޝަނުން އައިނަަމަ ތިހެނެއް ނުވީސް․

– 7 މެއި 2017 0

މަރުޚަބާ ޢަބުދުﷲ ހުސެއިން․ މަރުޚަބާ․

– 7 މެއި 2017 0

މަޤާމުތަކަށް އާދެވުނީމާ ތިމާމެން އަމިއްލަ އަށް ހީވަނީ މީ ތިމާގެ މޮޅުކަމުން ތިމާ އަމިއްލަ އަށް ހޯދި މަޤާމެކޭ ބޭނުންވެއްޖެ ހިނދެއްގައި ބޭނުން މީހަކަށް ބޭނުންގޮތެއް ހަދާނަމޭ، މިއަދު ރަށުކައުންސިލް އިންތިހާބުގައިވެސް ފެނިގެން އެދިޔައީ ތިމާމެންގެ ބަލިކަށިކަމާއި އާރެއް ބާރެއް ނެތްކަން، ރައްޔިތުން ހިތް ނޭދޭގޮތަށް ކަންކަން ކުރާނަމަ ސައްޕުޖަހާ ބޭރު ކުރާނެކަން․ އެދުވަހު ތިމާމެންނާއި ހަވާލުކުރެވުު ކަންކަން ފުރިހަމައަށް އަމާނާތްތެރިކަމާއި އެކު ކުރެވުނު ނަމައޭ މިއަދު ހިތައް އަރާނެ ތޯއްޗެ․ އަތޮޅުކައުންސިލް ގޮނޑި އަބްދުﷲ ހުސައިން ކެމްޕޭން ނުކޮށް ގޭގައޮތްނަމަވެސް ބޮޑުތަފާތުން ނެގުނީސް!

– 8 މެއި 2017 0