އަތޮޅަށް ރަންވަނަ ހޯދައިދޭ ފަރާތްތަކަށް ދިނުމަށް އެވޯޑެއް ތައާރަފްކުރަނީ — Ihavandhoo.com

އަތޮޅަށް ރަންވަނަ ހޯދައިދޭ ފަރާތްތަކަށް ދިނުމަށް އެވޯޑެއް ތައާރަފްކުރަނީ

11 ޖެނުއަރީ 2015 0

ހއ އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގެ ތެރެއިން ފޮޓޯ:ހއ އަތޮޅު ކައުންސިލް

ހއ އަތޮޅު ކައުންސިލްގެ ފަރާތުން، ތައުލީމީ ދާއިރާއިންނާއި އަދި އެހެނިހެން ދާއިރާތަކުން ހއ އަތޮޅަށް ރަންވަނަތައް ހޯދައިދޭ ފަރާތްތަކަށް އެވޯޑް ދިނުމަށް، އެވޯޑެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހއ އަތޮޅުކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. އެބޭފުޅާ އެހެން ވިދާޅުވީ ދިރާސީ އައުއަހަރު ފެށުމާއި ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނަށް، ދިރާސީ އައު އަހަރުގެ ތަހުނިޔާ ދެންނެވުމަށް، ޖެއްސެވި ފޭސްބުކް ސްޓޭޓަސް އެއްގައެވެ.

މިކަމާއި ގުޅޭގޮތުން އެބޭފުޅާއަށް ގުޅާލުމުން ވިދާޅުވީ، އެވޯޑް ތައާރަފް ކުރުމަށް މިހާރު އަތޮޅު ކައުންސިލްގައި މަޝްވަރާ ކުރަމުންދާކަމަށާއި އެގޮތުން 7 ދާއިރާއަކުން އެވޯޑް ދިނުމަށް މަޝްވަރާ ކުރެވެމުން ދާކަމަށެވެ. އެވޯޑް ދިނުމަށް މަޝްވަރާ ކުރަމުންދާ ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަން އަދި ތައުލީމީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާފަދަ ދާއިރާތައް ހިމެނޭ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ތައުލީމީ ދާއިރާއަށް ބަލާއިރު އަތޮޅުން އެންމެ މޮޅު ދަރިވަރާއި އެންމެ ހިންގުންތެރި މުދައްރިސްގެ އިތުރުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާ ސްކޫލަކަށް އެވޯޑް ދިނުމަށްވެސް މަޝްވަރާ ކުރަމުން އަންނަކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ޤައުމީ ލެވެލްގަޔާއި ބައިނަލް ލަގްވާމީ އެކި އެކި ހަރަކާތްތަކުން ރަންވަނަ ހޯދާ ހއ އަތޮޅުގެ ފަރާތްތަކަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަންވެސް އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ އަތޮޅު ކައުންސިލްގެ އަހަރީ ދުވަސްކަމުގައިވާ ފެބުރުއަރީ 26 ވަނަ ދުވަހު އެ އެވޯޑް ތައާރަފްކުރަން. އެވޯޑް ތައާރަފް ކުރުމާއި އެކު އެކަމަކާއި ގުޅޭ ލިއެކިޔުންތައް ރަށުކައުންސިލް ތަކުގެ އިތުރުން ހުރިހާ ސްޓޭކް ހޯލްޑާއިންނަށް ފޮނުވައި އެކަމުގެ މައުލޫމާތު ދެވިގެން ދާނެ. އިރާދަ ކުރެއްވިއްޔާ ނޮވެމްބަރުމަހު މިއަހަރުގެ އެވޯޑްތައް ދެވޭނެ." މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

 

 
ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ