އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް، ހއ އަތޮޅު ކައުންސިލުން ކުށްވެރިކޮށްފި — Ihavandhoo.com

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް، ހއ އަތޮޅު ކައުންސިލުން ކުށްވެރިކޮށްފި

15 ޖުލައި 2014 0

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް، ހއ އަތޮޅު ކައުންސިލުން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފިއެވެ. ހއ އަތޮޅު ކައުންސިލުން އިއްޔަ ނެރެފައިވާ ނުސްބަޔާނުގައި ވަނީ ހައްދު ފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީ ދައުލަތުން، ފަލަސްތީނުގެ މައުޞޫމް ރައްޔިތުންނަށް ދެމުންގެންދާ އުދުވާނީ ހަމަލަތަކާއި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން އެ ކައުންސިލާއި، ހއ އަތޮޅުގެ ރައްޔިތުން ކުށްވެރި ކުރާކަމަށެވެ. އަދި އިސްރާއީލްގެ ނޭއްގާނީ ހަރުކަށި އުދުވާނުގެ ސަބަބުން ފަލަސްތިނުގެ ލޮބުވެތި ރައްޔިތުން ތަހައްމަލުކުރަމުންދާ ވޭނާއި ކެކުޅުމާއި މެދު ހަމްދަރުދީ ވާކަމުގައެވެ.

ހަމާސް ޖަމާއަތު ހަނގުރާމަވެރި ގޮފިކަމަށްވާ އަލް ގައްސާމް ބުރިގޭޑްގެ ވެބްސައިޓްގައި ވާގޮތުން އިޒްރާއީލްގެ ނުވަދުވަސްވީ އުދުވާނުގައި ޝަހީދުވީ މީހުންގެ އަދަދު މިހާރުވަނީ 191 ކަށް އަރާފައެވެ.

 

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ