BREAKING NEWS

↵ ހުވާސް ފިހާރަ ފަޅާލައި ވައްކަން ކޮށްފި

އައު ޖަނަރޭޓަރ ސެޓު އިންސްޓޯލް ކުރުމުގެ މަސައްކަތަށް އިހަވަންދޫން 4 ގަޑިއިރަށް ކަރަންޓުގެ ހިދުމަތް ކަނޑާލަނީ

26 ނޮވެމްބަރު 2020 0

އައު ޖަނަރޭޓަރ ސެޓު އިންސްޓޯލް ކުރުމުގެ މަސައްކަތުގައި ފެނަކައިގެ މުވައްޒަފުން ހަރަކާތްތެރިވަނީ. ފޮޓޯ: ފަނަކަ އިހަވަންދޫބުރާންޗް

ހއ. އިހަވަންދޫއަށް ގެނެވުނު 1 މެގަ ވޯޓުގެ ޖަނަރޭޓަރު އިންސްޓޯލަ ކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ފެނަކަ އިހަވަންދޫ ބުރާންޗުން ހާމަކޮށްފިއެވެ.

ފެނަކަ އިހަވަންދޫ ބުރާންޗުން ބުނެފައިވަނީ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ގެނެވުނު 1މެގަވޯޓުގެ ޖަނަރޭޓަރ ސެޓު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މުޅިރަށުން ކަރަންޓުގެ ހިދުމަތް ކެނޑޭނެ ކަމަށެވެ. މިގޮތުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 12:00 އަށެވެ.

ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ތަރައްޤީކޮށް ރަނގަޅުކުރުމަށް މި އަހަރުތެރޭ ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ