ބަނޑަހާގައި ރީޓެއިލް ވިޔަފާރިކުރާތީ އާމުންގެ ޝަކުވަ ބޮޑުވަނީ!

31 ޖެނުއަރީ 2018 2

އިހަވަންދޫ ކައުންސިލުން ތެލުގެ ވިޔަފާރިކުރަން އާނމުފަރުދަކަށް ދޫކޮށްފައިވާ ބިމެއްކަމަށްވާ "ބަނޑަހާ" ގައި ރީޓެއިލް ވިޔަފާރިކުރަން ފަށާފައިވާތީ އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންއެބަދެއެވެ. މިކަމާއި ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ މިދަނޑިވަޅުގައި، މިއަދު ހެނދުނު އިހަވަންދޫ ކައުންސިލްގެ ޓީމެއް އެއިމާރާތަށް ޒިޔާރަތްކުރިކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާއިގުޅިގެން އިހަވަންދޫ ކައުންސިލުން މިއަދު މައުލޫމާތު ދިންގޮތުގައި، އެގްރިމެންޓާއި ހިލާފަށް އިހަވަންދޫ ބަނޑަހާގައި ރީޓެއިލް ވިޔަފާރިކުރަމުންދާކަމުގެ ޝަކުވާލިބިގެން އެތަން ބަލާފާސްކޮށްފައިވާކަމުގައެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިކަމެއް ނުހުއްޓުވޭނެ․ ހުއްޓަބަލަ އަޅެ․ ތިކަން ބަލަން އުޅުނު ކައުންސިލަރުން މިހާރު ވާނީ ސަސްޕެންޑު ކޮށްފަ․ ބަނޑަހައާ ތޮޅެވޭނެ ވަރުގެ މީހަކު މިރާއްޖެ އަކު ނުހުންނާނެ․

– 31 ޖެނުއަރީ 2018 0

ސިއްހަތައް ނުރައްކާކަމެއް․

– 1 ފެބުރުއަރީ 2018 0