ބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ވެހިކަލްތައް ގެނެސްފި — Ihavandhoo.com

ބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ވެހިކަލްތައް ގެނެސްފި

3 އޮކްޓޫބަރު 2019 1

އިހަވަންދޫގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ވެހިކަލްތަކަޢި މެޝިނަރީޒް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ރަށަށް ގެނެސްފިއެވެ.

ބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ އެމްޓީސީސީގެ ވެހިކަލްތައް އިއްޔެގެ ވަގުތެއްގައި އިހަވަންދޫއަށް ގެނެސްފައިވާއިރު ، އިހަވަންދޫ ކައުންސިލުން އިއްޔެ ކުރި ފޭސްބުކު ޕޯސްޓެއްގައި ވަނީ ބަނދަރުގެ މަސައްކަތް އަވަހަށް ފެއްޓުމަށްޓަކައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

އިހަވަންދޫގައި ބަނދަރު ހެދުމުގެ މަޝްރޫއަށް ކަނޑައަޅާފައި ވަނީ 51.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި މަޝްރޫއު ފުރިހަމަކުރަން އެމްޓީސީސީ އަށް ދީފައވަނީ 400 ދުވަހެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރުގެ އެއްގަމު ތޮށި ބޮޑުކުރުމާއި، ބަނދަރުގެ ބޭރު ތޮށި އިތުރަށް ބޭރަށް ޖެއްސުން ހިމެނެއެވެ.

ބަނދަރު އަޕުގުރޭޑުކުރެވިގެންދާއިރު، އިހަވަންދޫ ބަނދަރުގެ ބޭރު ތޮށީގައި 284 މީޓަރުގެ ހުންނަ އިރު، އެއްގަމު ތޮށީގައި ހުންނާނީ 95 މީޓަރު ކަމަށް ޕްލޭނިން މިނިސްޓްރީނީ ބުނެފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝުކުރިއްޔާ އެމްޕީ ޝިފާއު

– 12 އޮކްޓޫބަރު 2019 0