ބެންކޮކް ބޮމުގެ ހަމަލާގައި 27 މަރު — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

02 ދުވަސް

ބެންކޮކް ބޮމުގެ ހަމަލާގައި 27 މަރު

17 އޮގަސްޓު 2015 0

ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ މެދުތެރޭގައިި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 27 މީހުން މަރުވެ 78 މީހުން ޒަހަމު ވެއްޖެއެވެ.

ރޮއިޓަރ އިން ރިޕޯރޓުކުރާ ގޮތުގައި ބޮންގޮއްވާލާފައި ވަނީ ތައިލެންޑު ގަނޑިން މިރޭ 7:10 ގައި ބެންކޮކުގެ މެދުތެރޭ ވިޔަފާރި ހޮޓާތައް ހުންނަ އެރަވަން ޝްރައިން ގައެވެ. ރޮއިޓރަސް އިން ރިޕޯރޓުކޮށްފައިވާ ގޮތުގައި މިހާދިސާގައި މަރުވި 27 މީހުންގެ ތެރޭގައި ބެންކޮކުގެ ރައްޔިތުން ނޫން 4 މީހަކު ހިމެނެއެވެ.

ދިވެހި ބައެއް މީޑީއާތަކުން ރިޕޯރޓުކޮށްފައިވާ ގޮތުގައި ބޮންގޮއްވާލާފައި ވަނީ ދިވެހިން އާއްމުކޮށް ގޮސް އުޅޭ ސަރަހައްދެއްގައެވެ. އަދި މިހާދިސާއިން ދިވެހި އާއިލާއެއް ވަރަށް ހަނި ގޮތަކަށް ސަލާމަތް ވެފައިވާކަމަށް ދުވަހު ނޫސް ހަވީރުގައި ރިޕޯރޓުކޮށްފައި ވެއެވެ.

ތައިލެންޑުގެ ޑިފެންސް މިނިސްޓަރ ޕްރަވިތު ވޮންގްސުވޮންގް  އާއި ހަވާލާދީ އަލްޖަޒީރާއިން ބުނާގޮތުގައި އެރަވަން ޝްރައިން ސަރަހައްދުގައި އޮތް ބޮން ގޮވުމަށްފަހު އެސަރަހައްދުން އިތުރު ބޮމެއް ފެނުމާއި އެކު ފުލުހުން ވަނީ އެބޮން ނުގޮވާގޮތް ހަދާފައެވެ. ބޮންގޮއްވާލާފައި ވަނީ ތައިލެންޑުގެ ފުލުހުންގެ ހެޑްކުއާޓާރސް އާއި ފުލުހުންގެ ހޮސްޕިޓަލާއި މާދުރު ނޫން ހިސާބެއްގައި ކަމަށް އަލްޖަޒީރާއިން ރިޕޯރޓުކުރެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ