ބޯޓު ވެއްޓުމުގެ ކުރިން ބޯޓުން ދުން އަރާފައިވޭ، ގެއްލުނު ބޯޓުގެ ބައިތަށް ފެންނަން ފަށައިފި

21 މެއި 2016 0

ބުރާސްފަތި ދުވަހު ގެއްލުނު އިޖިޕްޓް އެއާގެ ބައެއް ބައިތައް ފެނިފައިވާ ކަމަށް އިޖިޕުޓު އެއަރގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އެމް.އެސް. 804 ގެފްލައިޓްގެ މައިގަނޑު ބަޔަކާއި ބައެއް ޕެސެންޖަރުންގެ ސާމާނުތަކާއި ގުނަވަންތަކުގެ އިތުރުން، ބައެއް ގޮނޑިތައްވެސް ފެނިފައިވާ ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މީގެ ކުރިން ވެސް ގްރީސްގެ އައްސޭރި ފަށުން ފްލައިޓްގެ ބައެއް ބައިތައް ފެނުނު ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ފަހުން ވަނީ އެއީ އެ ފްލައިޓްގެ ބައިތަކެއް ނޫންކަން ކަށަވަރުވެފަ އެވެ.

މިފަހަރު ފެނުނު މި ބައިތައް ފެނިފައިވަނީ މެޑިޓުރޭނިިއަން އުތުރުގެ ރަށެއް ކަމަށްވާ އެލެގްޒެންޑްރިޔާއާ 290 ކިލޯމީޓަރު ދުރުގައި ކަމަށް މިސްރުގެ ސިފައިންގެ އިސް އޮފިޝަލަކު ވިދާޅުވެފައިވެ އެވެ. 

 ބޯޓު ހޯދުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދިވެސް ދަނީ ބޯޓުގެ އިތުރު ބައިތަށް ހޯދުމާއި ބޯޓުގެ ކަޅުފޮށި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުގެ ރިޕޯރޓުތައް ބުނާގޮތުން ބޯޓު ކަނޑަށް ވެއްޓުމުގެ ކުރިން ބޯޓުން ދުންއެރުމުގެ ސަބަބުން ކެބިން ތެރެއިން ސުމޯކު އެލާރޓު ލިބިފައިވެއެވެ. ބޯޓުގެ ސިގުނަލް ގެއްލުމުގެ ކުޑައިރުކޮޅެއް ކުރިން ބޯޓުގެ ފާހާނާއިން ނާއި ބޯޓުގެ ކަރަންޓު ވަޔަރިން ތަކުން ދުން އަރާފައި ވާކަމަށް އޭވިއާޝަން ހެރާލްޑުގެ ވެބުސައިޓުގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތު ތަކުން އެނގެއެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް އެއްވެސް ފަރާތަކުން ކަށަވަރު ކޮށްދީފައި ނުވާކަން ފާހަގަ ކުރެވެއެވެ.މިމައުލޫމާތަކީ އެއާކްރާފްޓް ކޮމިއުނިކޭޝަން އެޑްރެސިން އެންޑް ރިޕޯޓިން ސިސްޓަމް (އޭސީއޭއާރްއެސް) އިން ލިބުނު މައުލޫމާތެކެވެ. މިސިސްޓަމަކީ ފްލައިޓްގެ މައުލޫމާތު ވަގުތުންވަގުތަށް ބިމަށް ފޮނުވާ ސިސްޓަމެކެވެ.

އޭވިއާޝަން ހެރާލްޑުން ބުނެފައިވަނީ ބޯޓުގެ މުވާސަލާތީ ނިޒާމުގެ ތެރެއިން ޑޭޓާ ލިބިފަިއވާ ކަމަށާ، ޑޭޓާ ތަކުން އެނގޭ ގޮތުގައި މިސްރުގެ ގަޑިން 2:26 ގައި ބޯޓުގެ ފާހާނާއިން ދުމުގެ އަސަރު ފެނިފައިވާކަމަށެވެ. އަދި އޭގެ މިނިޓެއް ފަހުން 2:27 ގައި ސމޯކު އެލާރޓު ލިބިފައިވާ ކަމަށް ސިސްޓަމުން ދައްކާކަމަށްވެސް ބުނެފައި ވެއެވެ.

ފްރާންސުގެ ޕެރިހުން މިސްރުގެ ކައިރޯއަށް ދަތުރުކުރަމުން ދިޔަ އެމްއެސް804  ގެއްލިފައި ވަނީ ިދިޔަ ބުރާސްފަތި ދުވަހުގެ މެންދަމު މިސްރުގެ ގަޑިން 2:30 ގަ އެވެ. ބޯޓު ރާޑަރަށް ގެއްލިފައި ވަނީ މިސްރުގެ ވައިގެ ސަރަހައްދުގެ 10 މޭލު އެތެރެއަށް ވަދެފައި ވަނިކޮންނެވެ. ބޯޓު ގެއްލުނު އިރު ބޯޓުން ޖުމުލަ 66 މީހުން ދަތުރުކުރަމުން ދިޔައެވެ. 

މަތިންދާބޯޓު ގެއްލުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ