7 ކިލޯއަށްވުރެ ބަރު ޓިއުމަރަކާއެކު ހޭދަކުރި ދުވަސްތައް ނިމުމަކަށް

16 ފެބުރުއަރީ 2015 0

 

40 އަހަރު ވަންދެން ބޮޑުޓިއުމަރަކާއި އެކު ދިރިއުޅުން ހޭދަކުރަމުންދިޔަ ސަމްބާނީ ނަމަކަށް ކިޔާ މީހާގެ އޮޕަރޭޝަން ޑަކުޓަރުން ވަނީ ކާމިޔާބުކަމާއި އެކު ކޮށްފައެވެ.

ދެކުނު އެފުރިކާ ސަރަހައްދުގައިވާ މަޑަކަސްގަރާގައި ދިރިއުޅެމުންދިޔަ ސަމްބާނީ ގެ އުމުރުން 20 އަހަރުގައި އޭނާގެ ވައަތު ކޯ ދުޅަވާންފެށިއެވެ. އޭނާގެ ކަރުގައި އުފެދުނު ޓިއުމަރު ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންދިޔައެވެ. ސަމްބާނީ އުމުރުން 60 އަހަރު ވަންދެން އުޅެމުންދިޔައީ މިބޮޑު ޓިއުމަރާއި އެކުއެވެ.

ސަމްބާނީގެ ޓިއުމަރު ނަގާފައިވަނީ ކެނެޑާގެ ހިލޭފަރުވާދޭ މާސީ ޝިޕް، ފުލޯޓިނގް ހޮސްޕިޓަލުގެ ޑަކުޓަރުންގެ ޓީމަކުންނެވެ. މިޓީމުން ހާމަކޮށްފައިވަނީ މިއީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައިވެސް ފެނިފައިނުވާފަދަ ބޮޑު ޓިއުމަރެއް ކަމަށެވެ.

 ސަމްބާނީ އޮޕަރޭޝަނަށްފަހު ލޯގަނޑަކުން މޫނު ބަލާލަނީ

ޓިއުމަރު ނެގުމަށްޓަކައި ޑަކުޓަރުން ވަނީ 12 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

 

 ސަމްބާނީގެ އޮޕާރޭޝަންކުރި އެފްރިަކން މާސީ ޝިޕް

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ