ޗާރޖުކުރަމުންދިޔަ އައިފޯން ބިލިގާ ތެރެއަށް ވެއްޓި ޒުވާން އަންހެނަކު މަރުވެއްޖެ — Ihavandhoo.com

ޗާރޖުކުރަމުންދިޔަ އައިފޯން ބިލިގާ ތެރެއަށް ވެއްޓި ޒުވާން އަންހެނަކު މަރުވެއްޖެ

13 ފެބުރުއަރީ 2015 0

24 އަހަރުގެ އީވްގީނިއާ. ފޮޓޯ: ފޭސްބުކް

މޮސްކޯ: ޗާރޖުކުރަމުންދިޔަ އައިފޯން ބިލިގާ ތެރެއަށް ވެއްޓި ޒުވާން އަންހެނަކު މަރުވެއްޖެއެވެ.  ޗަރޖުކުރަމުންދިޔަ އައިފޯނު، އޭނާ ފެންވަރަން އޮތް ބިލިގާއަށް ވެއްޓުމުގެ ސަބަބުން މިހާދިސާގައި މަރުވެފައިވަނީ ރަޝިޔާގެ 24 އަހަރުގެ އަންހެނެކެވެ.

ރިޕޯރޓުތައް ބުނާގޮތުން 24 އަހަރުގެ އީވްގީނިއާ މަރުވި ހާދިސާ ހިނގާފައިވަނީ ފެނަވަރަމުން ޗާރޖަށް ޖަހާފައިވާ އައިފޯނު ބޭނުންކުރަމުން ދަނިކޮށެވެ. އީވްގީނިއާ ބިލިގާ އޮވެގެން VKontakte ނަމަކަށްކިޔާ ރަޝިޔާގެ ސޯޝަލްމީޑިއާ ބޭނުންކޮށްފައިވާކަމަށް ރިޕޯރޓުތައް ބުނެއެވެ.

އީވްގީނިއާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާގެ ފުލެޓުގައި އޭނާއާއެކު ދިރިއުޅެމުންދިޔަ މީހާއަށެވެ. އެމީހާ މީޑިއާ އަށް ކިޔާދިންގޮތުގައި އީވްގީނިއާ ނުފެނި ނުފެނި ގިނައިރު ވުމުންގޮސް ފާހާނާގެ ދޮރުހުޅުވިއިރު ފެނުނީ އީވްގީނިއާ ފެންމަތީގައި އޮއްވާއެވެ. އަދި އަދި އީވްގީނިއާގެ ފޯނު ބިލިގާތެރޭގައި ޗާރޖަށްޖެހިގޮތަށް އޮތްކަމަށްވެސް އޭނާ ވަނީ ކިޔާދީފައެވެ. އީވްގީނިއާ މަރުވި ހާދިސާ ފުލުހުން މިހާރު ތަހުޤީގު ކުރަމުންދާއިރު އޭނާ ބޭނުންކޮށްފައިވަނީ ފޭކް އައިފޯނު ޗާރޖަރެއްތޯވެސް ފުލުހުންދަނީ ބަލަމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ