ކޯލިޝަން ކެންޑިޑޭޓަށް ތާއީދުކުރުމަށް ޢަލީ ސިރާޖު ނިންމައިފި — Ihavandhoo.com

ކޯލިޝަން ކެންޑިޑޭޓަށް ތާއީދުކުރުމަށް ޢަލީ ސިރާޖު ނިންމައިފި

30 ޖެނުއަރީ 2014 2

ރިޔާސީ އިންތިޚާބު 2013ގެ ފުރަތަމަ ބުރުގައި މާލޭގައި ބެހެއްޓި އިހަވަންދޫ ދާއިރާގެ ފޮށީގެ އޮބްޒަރވަރެއްގެ ގޮތުގައި ސިރާޖު (ކަނާއަތުން ފުރަތަމައަށް) ހަރަކާތްތެރި ވަނީ / ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް

މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިހަވަންދޫ ދާއިރާއަށް ކުރިމަތިލައްވާ ކޯލިޝަން ކެންޑިޑޭޓަށް ތާއީދުކުރުމަށް ޢަލީ ސިރާޖު ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމާ ގުޅޭގޮތުން ނިންމި ނިންމުން ހާމަކުރުމަށް ޢަލީ ސިރާޖު ރޭ ނެރުނު ބަޔާނުގައި ވަނީ ދިވެހި ގައުމުގެ މަސްލަހަތު އޮތީ މިހާރުގެ ސަރުކާރު ބާރުވެރިކަމާއެކު ހިންގުމުގެ ފުރުސަތު ދިނުމުގައި ކަމަށް އޭނާ ދެކޭކަމަށެވެ.

"ސަރުކާރު ފުރިހަމައަށް ހަރަކާތްތެރިވެ، ރައްޔިތުން އެދޭ ތަރައްގީއާއި ކުރިއެރުން ގައުމަށް ގެނެސްދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތެއް ސަރުކާރު ކޯލިޝަނަށް ލިބިގެންނެވެ. އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، ދެންވެސް ފެނިގެންދާނީ ޖެއްސުންކުރުމާއި ސަރުކާރު ހިންގުމަށް ދަތިކުރުމުގެ އަމަލުތަކެއް ކަމުގައި ތަޖުރިބާއިން އަންގައި ދެއެވެ" ސިރާޖުގެ ބަޔާނުގައިވެއެވެ.

ސިރާޖުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކޮންމެ ޕްރައިމަރީއެއްގައިވެސް އުފެދޭ ވާދަވެރިކަމުގެ ތެރެއިން ބައިބައިވުމަށް ފުރުސަތު ހުޅުވޭކަމަށް އޭނާ ދެކޭކަމަށެވެ. އަދި އިންތިޚާބު މިހާ ގާތްވެފައި ވަނިކޮށް، ޕްރައިމަރީއެއް ބާއްވައިފިނަމަ، އުފެދިގެންދާނެ ވާދަވެރިކަމާއި ބައިބައިވުން ހައްލުކުރުމަށް އޮތް ވަގުތުކޮޅު ކުޑަކަމަށާއި، އިހަވަންދޫ ދާއިރާފަދަ ވާދަވެރިކަން ބޮޑު ދާއިރާއެއްގައި އެއީ ސަރުކާރު ކޯލިޝަނަށް އިހަވަންދޫ ދާއިރާގެ ގޮނޑި ގެއްލުމަށް އޮތް ފުސަތެއް ކަމުގައި ދެކޭކަމަށްވެސް އޭނާގެ ބަޔާނުގައިވެއެވެ.

"އެހެންކަމުން އަޅުގަނޑުގެ އަމިއްލަ މަސްލަހަތަށް ވުރެ ރަށާއި ދާއިރާއާއި ގައުމުގެ މަސްލަހަތު އިސްކޮށް، މިގޮނޑި ސަރުކާރު ކޯލިޝަނަށް ގެއްލިދާނެފަދަ އެއްވެސް ފުރުސަތެއް އަޅުގަނޑުގެ ފަރާތުން ދޭން ބޭނުން ނުވާތީ، ޖުމްހޫރީ ޕާޓީގެ ޕްރައިމަރީގައި އަޅުގަނޑު ވާދަ ނުކުރާނެކަން ދާއިރާގެ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންގެ އަރިހުގައި ދަންނަވަމެވެ." ސިރާޖުގައި ބަޔާނުގައިވެއެވެ.

ޢަލީ ސިރާޖުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރު ކޯލިޝަނުގެ ފަރާތުން ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އެބޭފުޅަކަށް ދެވެން އޮތް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމަށެވެ.

"އަޅުގަނޑަށް ތާއީދުކުރުން މަތީ ދެމިތިއްބެވި އެންމެހާ ބޭފުޅުން އަޅުގަނޑުގެ މިނިންމުން ބަލައިގަނެ، ސަރުކާރު ކޯލިޝަނުގެ ކެންޑިޑޭޓް ހޮއްވެވުމުގެ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެ ދެއްވުން އެދެމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

މަޖިލިސް އިންތިޚާބު 2014, ޕީޕީއެމް ކޯލީޝަން, ޕީޕީއެމް އިހަވަންދޫ, ޖޭޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކާމިޔާބު ނުވާނެކަން އިނގޭއިރު ބޮޑުހަރަދެއްކޮށްގެން ބައިވެރިވުމަކީ ބޭކާރުކަމެއް!

– 30 ޖެނުއަރީ 2014 3

މީނަ ދެންމީ މަޖިލީސް ޖަލްސާތައް ބަލާމީހެއްބާވައޭ ހިތަން އެބައަރާ މީނަޔަކަށް ނުފެނޭބާ އަންނި ސަރުކާރަށް ޖެއްސުންކުރި ބައިގަނޑު؟ މީނަދެންމީ މީހަކަށް ތާއީދުކުރަން ކާކު؟ ކައުންސިލް އިންތިހާބުގައި މީނަގެ ކޮށްކޮ ވެސްކެޓީ. ހަަހަހަހަހަހަހަހައް!

– 4 ފެބުރުއަރީ 2014 0