ކިހައްޑިޔަ: އަސްލުމީހާއަކީ ފިލިމީހާ! އަސްލަށްވެސް ފިލި އަސްލު މީހާ؟ — Ihavandhoo.com

ކިހައްޑިޔަ: އަސްލުމީހާއަކީ ފިލިމީހާ! އަސްލަށްވެސް ފިލި އަސްލު މީހާ؟

މިދިޔަ ކުޑަ އީދާ އިހަވަންދޫ ރައްޔިތުން ބައްދަލު ކުރީކީ އެހައި އުފަލަކުން ނޫނެވެ. ޑެންގީ ބަލީގެ ބޮޑު މުސީބާތެއް ކުރިމަތިވެ ރައްޔިތުން ތިބީ ބިރުން ފިއްކެނޑިފައެވެ. އެ އާފާތުން ސަލާމަތްވުމަށް ރައްޔިތުން ދިޔައީ ފިސާރި މަސައްކަތް ކުރަމުންނެވެ. ބަލި މައިތިރި ކުރުމަށް ރަށުގެ މުއައްސަސާތަކުން ގިއްކިޔައިފައި ހަރަކާތްތައް ހިންގިއެވެ.

އެމީހާތޯއެވެ!

ޑެންގީ ހުމުން ދޮންކޮށްލާފައި އޮތް އިހަވަންދޫ ދޫކޮށް، އެ މީހާ ދިޔައީ ބާރަށަށެވެ. ރަހުމަތްތެރި މަޖިލިސް މެމްބަރާއެކު އީދުގެ އުފާ ހޯދުމަށެވެ. ލައްކަ ފޯރި ނަގާލާނެތާއެވެ.

ހަތަރުދަމު ހިންގާފައި ހުންނަ އެ މީހާގެ ފޭސްބުކް އެކައުންޓުންވެސް ބަލީގެ ތަންމަތީ ފިދާވަމުންދިޔަ އިހަވަންދޫ ރައްޔިތުންގެ ހާލަތަށްޓަކައި ކަންބޮޑުވެގެނެއް ހަމަހިލާ އެއްވެސް އަޑެއް އިއްވާލިއަތީ ނުފެނުނެވެ. އިހުތިޔާރު ކުރީ ހަނު ހުރުމަށެވެ.

އީދު އުފާ ނިންމާލުމަށްފަހު ވެސް، މަރަށް ތެޅެމުންދިޔަ އަމިއްލަ ރަށަށް މިޝްރާބުކުރުމުގެ ބަދަލުގައި ފެނިގެން ދިޔައީ ފުރަމާލެއަށް އަމާޒު ހިފިތަނެވެ. ވީގޮތެއް ބަލައިލާނަމޭ ހިތާ ގުޅާ ގުޅާ ގުޅާ ގުޅާ ފޯނަށް ޖަވާބުދޭ ގޮތެއް ނުވިއެވެ.

ދެން ފެނުނީ ނިކަން ޖަޒުބާތީ ދެތިން ޕޯސްޓެއް ފޭސްބުކަށް ވައްޓައިލިތަނެވެ. ހިތައް އެރިއެވެ. އަޅެ ކިހިނެއްވީބާއެވެ.

މާލޭ މަގެއް މަތިން ދާތަން ފެނިގެން ގުޅައިފީމެވެ. ރިންގްވިކަން ވެސް އެނގޭހެނެއް ހިއެއްނުވެއެވެ. ފޯނުވެސް އޮތީ ހަނުގައިގެން ހީވެއެވެ.

ރަށުގެ ހާލަތު ގޯހުން ގޯހަށް ގޮސް ދުވާލަކު ފަސްހަ މީހުންނަށް ޑެންގީ ބަލި ޖެހެމުންދިޔަހިނދު، އެ މީހާގެ ފޭސްބުކުން ފެންނަން ފެށީ ފާޑުފާޑުގެ ކާނާތައް ހިމެނޭ އަގުބޮޑު ސުފުރާތަކުން މުއްތިކުރާތީ ނަގާފައިވާ ފޮޓޯތަކެވެ.

ދޭތެރެއަކުން ރާއްޖޭގެ ސިޔާސީ މަޝްރަހާމެދު ބަހެއް ބުނެލިޔަކަސް، އިހަވަންދޫގެ ހާލަތާމެދު ހަމަ ކުޑަވެސް ބަހެއް ބުނާތީ ނުފެނުނެވެ. ރަށުގައި ނުހުރިތާ އެހެން ވަސީލަތަކުން ވެސް ހެޔޮ އެދުމެއް ފޮނުވައިނުލީއެވެ.

ދަންނަ މީހަކުކުރެން އަހައިލީމާ ބުނީ "ވިޔަފާރީގައި މަޅިއެއް އަރައިގެން" އުޅެނީ ކަމަށެވެ.

އޭނާއަކީ ރައްޔިތުންނަށް އަޅާލައި އޯގާތެރިވުމަށް އިންތިހާބުކޮށްފައި ހުރި ހާދިމެކެވެ. ރައްޔިތުންގެ ހާލުއަހުވާލު އޮޅުންފިލުވުމަށް މަތިކޮށްފައި ހުރި ވެރިއެކެވެ. ރައްޔިތުންގެ މުހުތާޖުތަކައިގެން އިސްވެ އުޅުމަށް އައްޔަނުކޮށްފައި ހުރި ބޮޑެކެވެ. ރައްޔިތުންގެ ހިތާމަތަކަށް އުފާ ހޯދާދިނުމަށް ހޮވާފައި ހުރި ބޮޑު ކަތީބެކެވެ. ހެޔޮ ވާނީ ކިހިނަކުން ހެއްޔެވެ!

ރައްޔިތުން ހާލުގައި ޖެހުނު ދުވަހު ރައްޔިތުންނަށް އެހީ ނުވީ ކީއްވެ ހެއްޔެވެ؟ ރައްޔިތުންގެ ބުރޯކަމަށް ބުނެ ނެގިހާ ސެލްފީތަކަށް ދިން ހުރުމަތަކީ މިއީތޯއެވެ؟ ރައްޔިތުންނާއެކު އެ ދުވަހު ނުވީ އަޅެ ރައްޔިތުން ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ ރައްޔިތުން ޖަވާބު ބޭނުންވެއެވެ.

އޭނާ ފިލީއެވެ. ޒިންމާއަށް ފިލީއެވެ. ރައްޔިތުންނަށް ފިލީއެވެ. ގެއްލުނީއެވެ. އޭނާއަކީ ފިލިމީހާއެވެ. ރައްޔިތުން އުފެއްދި ޖަވާބަކީ އެއީއެވެ. ރައްޔިތުންނަށްވެސް އޭނާ ގެއްލުނީއެވެ. ފިލިމީހާ ހޯދާކަށް ރައްޔިތުންނެއް ވެސް ދެން އަމުދަކުން ނޫޅޭނެއެވެ.

މި މަހު ސޯޅަ ވަނަ ދުވަހު ފިލިމީހާ ފޭސްބުކްގައި ސުވާލެއް އުފައްދައިފިއެވެ. "އަސްލުމީހާ ކޮބައިބާ"؟ މި ސުވާލެވެ.

އެ  ސުވާލަށް އޭނާ ޖަވާބު ވެސް ދިނެވެ. #އަސްލުމީހާ2017 ކަމަށް ބުނެ އޭނާ ފެށި ކެމްޕެއިން ހަރަކާތުންނެވެ. އާދެ! އަސްލުމީހާއަކީ އޭނާއެވެ. ފިލިމީހާއެވެ.

ރައްޔިތުންނަށް ސާފުވާން ޖެހެއެވެ. އަސްލުމީހާއަކީ ފިލިމީހާއެވެ. ފިލިމީހާއަކީ އަސްލުމީހާއެވެ. އެއީ އަސްލަށްވެސް ފިލިމީހާއެވެ. ފިލީ އޭނާއެވެ. އެއީ ހަމަ އެ މީހާއެވެ. އޭނާ އެހަދަނީ ދޮގެން ނޫނެވެ.

2017 އަށް އޭނާ އެ ހުރީ ނުކުމެއެވެ.

ރައްޔިތުންނަށް އެނގުނު ގޮތަކަށް އެ ދުވަހަކުން ޖަވާބު ވެސް ލިޔާނެ ނޫންތޯއެވެ. ހާސްވާކަށް ނުޖެހެއެވެ. ކޯޑިނޭޓަރުންގެ މަގާމު އޮންނާނެއެވެ.

ކިހައްޑިޔަ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Saabahey rahyyithuuney.

– 27 އޮގަސްޓު 2016 0

އަސްލުމީހާ 2017 ހަނދާންނައްޓާލާ، ވަރަށް ފުރިހަމަ ލިޔުމެއް

– 27 އޮގަސްޓު 2016 0

އަހަރެން އަސްލުމީހާ ދޫކޮށްލި ސަބަބު․
- ރައްޔިތުންނަށްވުރެ ވިޔަފާރި މުހިންމުވުން
- ކުރާވިޔަފާރި ޓްރާންސްޕޭރެންޓް ނުވުން (އަޑިނޭގޭ ކަންތައްތަކެއް ހުރުން)
- ބައެއްމީހުންގެ ދަށުވުން
- ބައެއް ރައްޔިތުންނާ ޒާތީގޮތުން ޖައްސާލާގޮތްހުރުން
- އެމްޑީޕީ 3 ކައުންސިލަރުންނަށް އެތެރޭގެ ހަބަރުތައް ގެންގޮސް، އެހެންމީހުންގެ އަގުވެއްޓޭ އަމަލުތައް ހިންގުން
- ދެބައުޑުވުން
- އަޑި ނުބައިވުން
- ހިއްވަރުނެތުން
- ވިޝަނެއް ނެތުން
- މުހައްމާގެ އަގުވެއްޓުން
- ޕާޓީތެރޭ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުން

– 27 އޮގަސްޓު 2016 0

މި ލިޔުމަށް ހަމަ ދޭނީ 100

– 27 އޮގަސްޓު 2016 0

މޮހައްމަދު ރަޝީދު - މުންޒިރު މޯޑަށް / މުންޒިރު މޯޑް - މުންޒިރު ބްރޯއަށް / މުންޒިރު ބްރޯ - އަސްލުމީހާއަށް / އަސްލުމީހާ - ؟؟؟؟؟؟ (ނަސޭހަތް- އަމިއްލަ ނަފްސް ދެނެގަތުމަށް ނުކުޅެދޭ މީހާ ސިޔާސީކަންކަމުގައި ނޫޅުން ބުއްދިވެރި)

– 27 އޮގަސްޓު 2016 0

އެއީ އަސްލުމީހާ އެއް ނޫން․ އެއީ އަސްލެއްނެތް މީހާ! ނުވަތަ އަސްލު މޮޔަމީހާ! މީހަކަށް އަދި ކަމެއްލިބުނަކަސް ދެންތިމާވަރެއް ނެތިގެން ދުވަންފެށީމަ ދެންބަލަންތިބީންނަށް ހީވާނީ ޖިންނިމޮޔަވެގެން އުޅެނީއޭ! އެހެން އުޅެމުންގޮސް ހުރި އަސްލުކަންވެސް ގެއްލި އަސްލެއްނެތް، މޮޔަމީހާގެ ގޮތުގައި މީހުން ހަޖޫޖަހަނީ! 2017 ގަ ގޭ ކުދިންގެ ވޯޓްކޮޅުން ހިތްހަމަޖައްސާލާނެ ކަމަށް ހީކުރަން! ވަރަށް ވެދުން․․․․․․

– 27 އޮގަސްޓު 2016 0

ލިޔުންތެރިން ބޭކާރުކަންކަމަށް ލިޔުމެއްނެތް․ ރައްޔިތު މީހާ ވޯޓުދޭނީ ލިބޭ ވަގުތީ މަންފާއަކަށް ނުވަތަ ތިމާގެ ކަމުގެ ގުޅުންއޮތް ނުވަތަ ގާތް އެކުވެރިންނަށް․ މިނޫންގޮތަކަށް މީހަކަށް ވޯޓު ދޭނޭކަމެއްވެސް ނެތް․ މޮޅު ފާސް ނަގައިގެން ޑިގްރީ ކޮނޑުއަޅައިގެން އުޅޭމީހުންގެ ޙާލު އެހެން މީހުންނަށްވުރެ ބޮޑު․ ޙައްޤުބަސް ބުނާކަށް ނުކެރެ․ ތިބެނީ ހަފަރާތުން ނިގޫ ފިތި ބާރުވެފަ․ އިންތިޚާބު ތަކަށް ހޮވަން އެންމެރަނގަޅީ ރަށުތެރޭގައިއުޅޭ ބުއްދީގައި ހަލަލެއް ހުންނަމީހުން․․ އޭރުން ކޮށްމެ މީހަކަށްވެސް އެނގޭނެ އޭނާއަކީ ކާކުކަން․․ މިސާލަކަށް ޕައްލަންބެ ކަހަލަ އަންމަކަޅޭ މެންކަހަލަ މީހުން․

– 28 އޮގަސްޓު 2016 0

Miyah kiyanee xaathee vumey. Vaki myhehge vaahaka seedhaa namun bune eynaage aguvahtaalaa iru. Hithuge rahumeh neithaaku kulunehves nethey. Bunan miulheny siyaasee myhunnakeeves hama insaanunney. Emyhun kuhves kuraanee abdul maaniumenves kuhkuraane . Ekamu evaahaka myhen noohehgai jahaa aguvahtaaleema vaa ihusaas adhi abdul maaniumennahves ingeyne

– 5 ސެޕްޓެމްބަރު 2016 0