ފޮޓޯއިން: ގުޅިފައިވާ ދެކުދިން ކާމިޔާބު ކަމާއެކު ވަކިކޮށްލުން
އެމެރިކާގެ ޓެކްސަސް އަށް އުފަންވި ގުޅިފައިތިބި ދެ އަންހެންކުދިން އޮޕަރޭޝަންކޮށް ކާމިޔާބުކަމާއިއެކު ވަކިކޮށްލައިފިއެވެ. އެކުދިން ވަކިކޮށްލާފައި ވަނީ އުމުރުން 10 މަހުގައެވެ.
މިދެކުދިން ގުޅިފައިވާއިރު ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ކަމަށްވާ ފުއްޕާމޭ، ފުރަމޭ، ގޮހޮރާއި ކުލޯން ފަދަ ގުނަވަންތައް ދެކުދިން ހިއްސާކުރެއެވެ.
މިދެކުދިން ވަކިކުރުމަށްޓަކައި ކުރި އޮޕަރޭޝަން ކޮށްފައި ވަނީ ޓެކްސަސްގެ ކުޑަކުދިންގެ ހާއްސަ ހޮސްޕިޓަލެއްގައެވެ. މިއޮޕަރޭޝަނަށް 26 ގަޑި އިރު ހޭދަވެފައި ވެއެވެ.
ދެކުދިން ވަކިކުރުމުގެ އޮޕަރޭޝަން ކުރި ޓީމުގައި ހިމެނެނީ 12 އޮޕަރޭޝަން ޑަކުޓަރުންނާ 6 ހޭނައްތާ ޑަކުޓަރުންނާ އޮޕަރޭޝަންތަކަށް ހާއްސަ 8 ނަރުހުންނާއި އެކު ޖުމުލަ 26 މީހުންނެވެ.
މެއާއި ބަނޑާއި އެކު ގުޅިފައިވާ އަދި އެތެރެހަށީގެ މުހިއމު ގުނަވަންތައް ހިއްސާކުރަމުންދާ ގުޅިފައިވާ ކުދިން މީގެ ކުރިން ކާމިޔާބު ކަމާއެކު އޮޕރޭޝަނެއް ކުރެވިފައެއް ނުވެއެވެ.
މިމަހުގެ ކުރީކޮޅު ކުރެވެނު އޮޕަރޭޝަނަށްފަހު މިހާރު ދެކުދިންނަށް އައި.ސީ.ޔޫ ގައި ދަނީ ފަރުވާ ދެމުންނެވެ.
ޚިޔާލު ފައުޅުކުރުން