ކޯޕަރޭޓިވް ސޮސައިޓީ، މުހިންމު ސިޔާސަތެއް — Ihavandhoo.com

ކޯޕަރޭޓިވް ސޮސައިޓީ، މުހިންމު ސިޔާސަތެއް

16 ޖެނުއަރީ 2014 0

ލޯކަލްކައުންސިލްގެ ދެވަނަ ދައުރަކަށް ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތުޖެހެން ކުޑަތަންވީއެވެ. އެއިންތިހާބުގައި އިހަވަންދޫ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެތިންބަހެއް މިނޫހުގެ ކިއުންތެރިންނާއި ހިއްސާކޮށްލުމަށް ގަސްތުކުރަމެވެ.

2011 އާއި ހިލާފަށް މިފަހަރުގެ އިންތިހާބުގައި އިހަވަންދޫ ރަށުކައުންސިލަށް ވާދަކުރަނީ މައިގަނޑު ދެފިކުރެއްގެ ފަރާތްތަކުންނެވެ. ސަރުކާރު ހިންގާ ކޯލީޝަނާއި އެމްޑީޕީއެވެ. ކުރީފަހަރާއި ހިލާފަށް މިފަހަރަކު އަމިއްލަގޮތުން އެއްވެސް ކެންޑިޑޭޓެއް ވާދައެއް ނުކުރެއެވެ. ހަމައެހެންމެ 2011ގެ އިންތިހާބާއި ހިލާފަށް މިފަހަރު ޕާޓީތަކުން ވަނީ ރަށަށް އަމާޒުކޮށް މެނިފެސްޓޯތަކެއް އާންމުކޮށްފައެވެ. ވައުދުތަކާއި ސިޔާސަތުތަކުން މެނިފެސްޓޯގެ ސަފުހާތައްވަނީ ޖަރީކުރެވިފައެވެ. ޕާޓީގެ މެނިފެސްޓޯގެ އިތުރަން ބައެއްކެންޑިޑޭޓުންވަނީ ފަރުދީގޮތުންވެސް ވައުދުތަކެއް ވެލައްވާފައެވެ.

އަޅުގަނޑު އެޕާޓީއެއްގެ ފަރާތުން ވާދަކުރާ އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލަމުންދިއައިރު އަޅުގަނޑުމެންގެ ފިކުރު ބޮޑަށްގެންގުޅުނީ ވައުދުތަކެއް ވުމަށްވުރެބޮޑަށް ސިޔާސަތުތަކެއް އެކުލަވާލެވޭތޯއެވެ. ވައުދު ނުވަތަ ޕުލެޖަކީ ދެމެހެއްޓެނިވި ކަމެއްކަމަކަށް އަޅުގަނޑުމެނަކަށް ނުފެނުނެވެ. މިސާލަކަށް ބަލާލަމާތޯއެވެ. ޓައިވާނަކީ އެފެއްދުންތެރިކަމާއި އިޤްތިސާދީގޮތުން ސޮކޭންޑްނީވިއާގެ ގިނަގައުމުތަކަށްވުރެ ކުރީގައި އުޅޭގައުމެކެވެ. ޓައިވާނުގައި މިހާރު ވެރިކަންކުރާ ޕާޓީން ވެރިކަމަށް އައުމުގެކުރިން ކޮންމެ ކިޔަވާކުއްޖަކަށް ޓެބްލެޓެއްދޭން ވައުދުވިއެއެވެ. ނަމަވެސް މުއްސަދި ޓައިވާނަށްވެސް އެންމެފަހުން ވިސްނުނީ އެއީ "ފީސަބަލް" އަދި ދެމެހެއްޓެނިވި ކަމެއްނޫންކަމެވެ. އެކަމަކީ ނަތީޖާ ނެރެވޭކަމަކަށްނުވީ ކޮންމެކުއްޖަކަށް ޓެބްލެޓް ދިނުމަށް ކުރަންޖެހޭ ދެބިލިއަން ޑޮލަރުގެ ހަރަދުގެ ސަބަބަކުންނޭނެވެ. އެކަމުގެ ސަބަބުން އިގްތިސާދަށް ނުހަނުބޮޑު ގެއްލުންވާނެއެވެ. އެތައްކުންފުންޏެއް ބަނގުރޫޓް ވާނެއެވެ. ފައިސާގެ ވެލިއު ޑިފްލޭޓް ވާނެއެވެ. މިހެންގޮސް އެތައްކަމެކެވެ.

ރާއްޖެއަކީ ތިންވަނަދުނިޔޭގެ ގައުމެއްނަމަވެސް ނިމިދިޔަ ރިޔާސީއިންތިހާބުގައި ބައިވެރިވި ކެންޑިޑޭޓަކުވެސް މިފަދަ ވައިދެއްވިއެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި އެފަދަ ވައުދުތަކަށްވުރެ ނަތީޖާނެރެވޭނީ ހިކުމަތްތެރި ސިޔާސަތުތަކެއް ތަންފީޒްކުރެވިގެންނެވެ. މިސާލަކަށް ކިޔަވާކުދިންނަށް އެފަދަ ޒަމާނީތަކެތި ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކެއް ޕަބްލިކް ލައިބްރަރީއެއްގެ ގޮތުގައި ގާއިމްކުރެވިދާނެއެވެ.

މިގޮތުން ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި އަޅުގަނޑުގެ ޓީމުން މިފަހަރު ހުށަހަޅާ އެއްންމެ މުހިއްމު ސިޔާސަތަކީ ކޯޕަރޭޓިވް ސޮސައިޓީގެ ސިޔާސަތެވެ. މި ސިޔާސަތަކީ ރައްޔިތު ފައިސާ ރައްޔިތުންގެ ޖީބަށް ވެއްދުމުގެ ސިޔާސަތޭވެސް ބުނެވިދާނެއެވެ. ކޯޕަރޭޓިވް ސޮސައިޓީގެ ސިޔާސަތުގެ ބޭނުމަކީ ރައްޔިތުންގެ މުދަލުގައި ރައްޔިތުންގެ ހިއްސާ ބޮޑުކޮށް ތަރައްގީގެ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުމާއި ބަދަހިކަން އިތުރުކުރުމާއި އެކު ރައްޔިތުން ބާރުވެރިކޮށް ހޭލުންތެރިކޮށް މުޖުތަމައުގެ އެންމެ މަތީ ފަންތީގައި ފިކުރު ހިންގާ ފަރުދުން އިތުރުކުރުމެވެ. ކޯޕަރޭޓިވް ސޮސައިޓީގެ ސިޔާސަތުގެ މަގުސަދަކީ ރައްޔިތުންގެ ބަސް ސީދާ ގޮތުގައި ރައްޔިތުންގެ މުދަލަށް އޮތުމާއެކު އެ މުދަލުން ލިބޭ ނަފާގެ ހިއްސާއެއް ރައްޔިތުމީހާ އަށްވެސް ލިބުމެވެ.

މި މުހިންމު މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވައުދު ވެފައިވާނީ ރައްޔިތުންގެ ނަމުގައި ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދުމަށެވެ. އެ ސޮސައިޓީގައި ރަތްޔިތުނަށާއި ރަށުގެ ކުލަބުޖަމިއްޔާ ތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުމަށެވެ.

ކައުންސިލާއި ރަތްޔިތުން ގުޅިގެން އެފެއްދޭ ކޯޕަރޭޓިވް ސޮސައިޓީއަށް ކައުންސިލަށް ނަފާ ލިބިލިބި ހުރި ބައެއް މުދާ  ކައުންސިލްގެ ހިއްސާގެ ގޮތުގައި ބަދަލުކުރެވޭނެއެވެ. ސޮސައިޓީގެ ކުރިމަގުގެ ތަސައްވަރެއް އަޅުގަނޑުމެންނަށް ސިފަ ކުރެވެއެވެ. އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭގޮތުގައި ސޮސައިޓީގެ ފުރަތަމަ އަހަރު ވެސް ސޮސައިޓީގައި ބައިވެރިވާ ރައްޔިތުންގެ ޖީބަށް ނަފާ ވަންނާނެއެވެ. އަޅުގަނޑުމެންނަށް އަންދާޒާކުރެވޭ ގޮތުގައި ސޮސައިޓީގެ ވިޔަފާރި ފުޅާވެ މަސްދޯނި ފަހަރު ވެސް ސޮސައިޓީން ބަނދެ ރައްޔިތުންނަށް ލޯނު ދޯކޮށް ވިޔަފާރިގެތައް އަޅައި ރައްޔިތުނަށް ދަރަންޏަށް މުދާ ދޫކުރުމާ ހިސާބަށް ދައުރުނިމުމުގެ ކުރިންވެސް ހިކުމަތްތެރިކަމާއިއެކު މަސައްކަތްކޮށްފިނަމަ ގެންދެވިދާނެއެވެ.

ކޯޕަރޭޓިވް ސޮސައިޓީން ލިބޭ ނަފާއިން ކުލަބް ޖަމިއްޔާތައް ހަށިފޮޅާލާފައި އިޖުތިމާއީ ހަރަކާތްތަކަށް ނުކުތުމަކީ އަޅުގަނޑުމެންގެ އުންމީދެވެ.އެ ސޮސައިޓީ މުއްސަނދި ސޮސައިޓީއަކަށްވެ ސްކޮލާޝިޕްތަކާއި އެހެނިހެން އިޖްތިމާއީ ޒިންމާތައް އަދާކުރާނެ ދުވަހެއްފެނުމީ އަޅުގަނޑުމެންގެ ތަސައްވަރެވެ.

ކޯޕަރޭޓިވް ސޮސައިޓީ ރަނގަޅަށް ހިންގިއްޖެނަމަ މިރަށަށް ދިމާވެފައިވާ އެތައްމައްސަލަތަކަކަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ. ވަޒީފާގެ ފުރުސަތުތައް އިތުރުވާނެއެވެ. އެތުބާރުކުރެވޭފަދަ އިންވެސްޓެއް ކުރެވޭނެ ނިޒާމެއް ގާއިމްވެގެންދާނެއެވެ. ރަށުގެ އިގްތިސާދު މެކުހައްޖެހުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އަޅުގަނޑުމެން ބޭނުމީ ދެމެހެއްޓެނިވި ތަރައްޤީއެވެ. މިއަދު ވޯޓެއްލީމާ ޖީބައްލާނެ ރުފިއާއެއް ލިބިދާނެއެވެ. ނަމަވެސް އަޅުގަނޑުމެން ބޭނުމީ އަބަދު ޖީބަށްލާން އެރުފިޔާ ލީބެނެފަދަ އިންތިޒާމެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ