އިހަވަންދޫ ކައުންސިލް އިދާރާއިން ޢީދު ކުޅިވަރަށް ހަރަދުކުރި ފައިސާގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

1 ނޮވެމްބަރު 2017 0

ހއ.އިހަވަންދޫ ކައުންސިލްގެ އިދާރާއިން ޢީދު ކުޅިވަރަށް ޚަރަދުކުރުމަށްޓަކައި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއަށް މޮނިއުމެންޓެއް ބެހެއްޓުމަށް  15000( ފަނަރަ ހާސް) ރުފިޔާއާއި، ރަށުތެރެ ޒީނަތްތެރިކުރުމަށް 53000(ފަންސާސް ތިންހާސް) ރުފިޔާ ދީފައިވާކަމަށް ބުނިމައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލައި އެކަން ކޮށްފައި އޮތީ ރަނގަޅަށް ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

 އޭސީސީން ބުނެފައި ވަނީ ހއ.އިހަވަންދޫ ކައުންސިލްގެ އިދާރާއާއި އިހަވަންދޫ މަސްވެރިންގެ ގުޅުން ޖަމާޢަތާ ގުޅިގެން 1437 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ކަންތައްތަކެއް ކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށާއި މި ޚަރަކާތްތަކާ ގުޅިގެން ޢީދުގެ ކުޅިވަރުތައް ކުޅޭ އޯޕަން ސްޓޭޖާއި އޯޕަން ސްޓޭޖްގެ މަގުފާރުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތަށް ކައުންސިލްގެ އިދާރާއިން ޚަރަދުކޮށްފައިވާތީއާއި މިގޮތުން އެސް.ޓީ.އޯ.އިން ގަނެފައިވާ ކުލައަށް  11659.98( އެގާރަހާސް ހަސަތޭކަ ފަންސާސް ނުވަ ރުފިޔާ ނުވަދިހަ އަށް ލާރި) ގެ އިންވޮއިސްއެއް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް އެސްޓީއޯ އިން ފޮނުވާފައި ވާކަމަށެވެ.

 އެމަސައްކަތަށް ބޭނުންވާ ތަކެއްޗާއި ސައެއް ދިނުމަށް، އެ މަސައްކަތަށް އެހީއެއްގެ ގޮތުގައި 1800 )އެއްހާސް އަށްސަތޭކަ) ރުފިޔާ މަސްވެރިންގެ ގުޅުން ޖަމާޢަތާ ޙަވާލުކޮށްފައިވާއިރު މި ޚަރަދުތަކަކީ މަސްވެރިންގެ ގުޅުން ޖަމާޢަތާ ގުޅިގެން ހިންގި ޚަރަކާތްތަކަކާ ގުޅިގެން ކުރި ޚަރަދުތަކެއް ނަމަވެސް މިއީ ރަށުގެ އިޖުތިމާޢީ ޚަރަކާތެއްގެ ގޮތުގައި ކޮށްފައިވާ ކަމެއްކަމަށް ޤަބޫލުކުރެވޭކަމަށް ފާހަގަ ކޮށް އޭސީސީން ބުނެފައި ވަނީ ކުލަލައި ރީތިކޮށްފައިވާ ސްޓޭޖަކީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނެއްކަމަށާއި އެއީ މަސްވެރިންގެ ގުޅުން ޖަމާޢަތް އެކަނި ބޭނުންކުރާ ތަނެއް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި 1437 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ޚަރަކާތްތަކަކީ ކައުންސިލްގެ އިދާރާއާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޚަރަކާތްތަކަކަށްވުމުން، އެކަމާގުޅިގެން ކައުންސިލްގެ އިދާރާއިން ބައެއް ޚަރަދުތައް ކުރުމަކީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުންކަމަކަށް ނުބެލެވޭތީކަމަށް ބުނެ އޭސީސިން ބުނެފައި ވަނީ މި މައްސަލާގައި ޤާނޫނު ނަންބަރު 2000/2( ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށެވެ. އެހެން ކަމުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، އޭސީސީން ވަނީ މައްސަލަ ނިންމާފައެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ