ކޮވިޑް-19: މަނަފަރު ރިސޯޓުން އަލާމަތްތައް ފެނުނު މީހާ ކޮވިޑަށް ނައްސި

28 މާރިޗު 2020 0

ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން، ޖޭއޭ މަނަފަރު ރިސޯޓުން ސާމްޕަލް ނެގި މީހާގެ ނަތީޖާ ކޮވިޑަށް ނައްސި ވެފައިވާ ކަމަށް ހެލްތު ޕުރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން، މިމަހު 25 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފައި ވަނީ މަނަފަރު ރިސޯޓު މިހާރު މޮނިޓަރިންގެ ހާލަތުން ނެގިފައިވާ ކަމަށެވެ.

ރާއްޖެއިން ކޮރޯނާ ޖެހިފައިވާ 16 މީހަކު ފެނުނު އިރު 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ