ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: މުބާރާތަށް ޕޯލްސްޓަރ އޮތީ ފުރިހަމައަށް ތައްޔާރުވެފަ — Ihavandhoo.com

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: މުބާރާތަށް ޕޯލްސްޓަރ އޮތީ ފުރިހަމައަށް ތައްޔާރުވެފަ

7 ނޮވެމްބަރު 2015 0

ޕޯލްސްޓަރގެ ޓީމު ޕްރެކްޓިހުގައި. ފޮޓޯ: އެމްޒެޑްއެމް މުންޒިރު (ފޭސްބުކް)

މިއަދު 14:30 ގައި މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ކުލަބު ޕޯލްސްޓަރގެ އަންހެން ވޮލީ ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށް އެކުލަބުން ބުނެފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި މިއަދު ފަށާ މުބާރާތުގެ ފުރަތަމަ މެޗުގައި ޕޯލްސްޓަރ ނިކުންނާނީ މާލޭގައި ބޭއްވި ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން ސްޕޯޓްސް ކްލަބް ގުޑީސްއާ ދެކޮޅަށެވެ. ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ޕޯލްސްޓަރ ކޮލިފައިވީ ހއ. ބާރަށުގައި ކުޅުނު ވީއޭއެމް ޕްރެސިޑެންޓް ކަޕުގައި ވާދަކޮށް ހުރިހާ ޓީމެއް ބަލިކޮށް އެމުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގައެވެ.

ޤައުމީ މުބާރާތަށް ޕޯލްސްޓަރ ނިކުންނައިރު ޓީމަށްވަނީ ތައިލެންޑުގެ ފުރަތަމަ ޑިވަޝަނުގައި ކުޅޭ ކުޅުންތެރިއެއް ގެނެސް ޓީމު އިތުރަށް ވަރުގަދަކޮށްފައެވެ. މިނޫހަށް މައުލޫމާތުދެމުން ކުލަބު ޕޯލްސްޓަރއިން ހާމަކުރިގޮތުގައި ބޮޑު މުބާރާތަކަށް ޓީމު ކުރިމަތިލާއިރު ޓީމުގެ ފެންވަރު ރަނގަޅުކުރުމަށާއި ޓީމާ ގުޅުންހުރި އެންމެހައި ކަންކަމުގައި އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ ގެ އެހީތެރިކަން ވަރަށް ފުރިހަމަށް ލިބިފައިވެއެވެ. މީގެއިތުރުން މުޙައްމަދު އަނީސް (ތަރި އަނީސް)ގެ ވަރަށް ދީލަތި އެހީތެރިކަން ޓީމަށް ލިބިފައިވާކަން ޕޯލްސްޓަރއިން ފާހަގަ ކުރެއެވެ.

ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ