ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ފުރަތަމަ މެޗް ސީޕީއެސް ކާމިޔާބުކޮށްފި — Ihavandhoo.com

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ފުރަތަމަ މެޗް ސީޕީއެސް ކާމިޔާބުކޮށްފި

7 ނޮވެމްބަރު 2015 0

 

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗް އިހަވަންދޫ ކްލަބް ޕޯލްސްޓާ  ކާމިޔާބުކޮށްފިއެވެ. 

 

މިއަދު ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގައި ފެށި މިމުބާރާތުގެ ފުރަތަމަ މެޗް އިހަވަންދޫ ކްލަބް ޕޯލްސްޓާ ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ގުޑީޒްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗްގެ ސެޓްތައް ޕޯލްސްޓާ ގެންދިޔައީ 25-21 ، 25-16 އަދި 25-13 ނެވެ. މިއަދު މެންދުރު ކުޅުނު މިމެޗްގެ މޮޅު ކުޅުންތެރިއަކީ ޕޯލްސްޓާގެ ބިދޭސީ ކުޅުންތެރިޔާ ބުއަލީ ޖެރޮންސްރީއެވެ. 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި ޖުމުލަ 7 ޓީމެއް ވާދަ ކުރާ މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ޕޯލްސްޓަރ ކޮލިފައިވީ ހއ. ބާރަށުގައި ކުޅުނު ވީއޭއެމް ޕްރެސިޑެންޓް ކަޕުގައި ވާދަކޮށް ހުރިހާ ޓީމެއް ބަލިކޮށް އެމުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގައެވެ.

މިމުބާރާތުގައި ޕޯލްސްޓަރ ކުޅޭ ދެވަނަ މެޗުގައި މާދަމާރޭ 8:30 ގައި ނުކުންނާނީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށެވެ.

ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ