ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ފަސްބެލުމެއްނެތި ޕޯލްސްޓަރ ކުރިޔަށް — Ihavandhoo.com

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ފަސްބެލުމެއްނެތި ޕޯލްސްޓަރ ކުރިޔަށް

11 ނޮވެމްބަރު 2015 3

ޕޯލްސްޓަރގެ ވޮލީ ޓީމް...

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިހާރު ކުރިޔަށްދާ، ރައީސުލްޖުމްހުރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ އިހަވަންދޫ ކުލަބު ޕޯލްސްޓަރގެ ވޮލީ ޓީމު ކުޅުނު ތިންމެޗު ކާމިޔާބުކޮށް މުބާރާތުގައި ކުރިޔަށްދިއުމުގެ އުއްމީދު ބޮޑުކޮށްފިއެވެ.

ޕޯލްސްޓަރގެ ފުރަތަމަ މެޗުގައި ސްޕޯޓްސް ކްލަބް ގުޑީސް އަދި ދެ ވަނަ މެޗުގައި މަތިމަރަދޫ ޒުވާނުންގެ ރޫޙު ސީދާ ތިންސެޓުން ބަލިކުރުމަށްފަހު ރޭ ކުޅުނު ޕޯލްސްޓަރގެ 3 ވަނަ މެޗު އެޓީމުން ކާމިޔާބުކުރީ ފޮނަދޫ ޒުވާނުންގެ ރޫޙާ ވާދަކޮށް 3-1 ސެޓުންނެވެ. ރޭގެ މެޗުގެ ފުރަތަމަ ސެޓު ޕޯލްސްޓަރ ގެންދިޔައީ 16-25 ހުންނެވެ. އަދި މެޗުގެ ދެވަނަ ސެޓް 25-22 ހުން ކާމިޔާބުކުރީ ފޮނަދޫ ޒުވާނުންގެ ރޫހެވެ. މެޗުގެ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓް ޕޯލްސްޓަރ ކާމިޔާބުކުރީ 25-14 އަދި 25-17 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިހަވަންދޫގެ ބޭރު ކުޅުންތެރިޔާ ބުއާލީ ޖަރޮއެންސްރީ އެވެ.

މުބާރާތުގައި ޕޯލްސްޓަރ ކުޅޭ ހަތަރުވަނަ މެޗުގައި ނޮވެމްބަރ 13 ވާ ހުކުރު ދުވަހުގެ 16:30 ގައި ނިކުންނަނީ ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަރުހަބާ

– 11 ނޮވެމްބަރު 2015 0

މަރުހަބާ ތިޔަ ހޯދާ ކާމިޔާބީއަށް

– 11 ނޮވެމްބަރު 2015 0

ތިޔަ ހޯދަމުންދާ ކާމިޔާބަށް ފައްފައްކޮށް ޝުކުރުއާދައި ކުރަން․․․․ގުޑް ލަކް ޓީމް ސީ،ޕީ،އެސް <br>

– 13 ނޮވެމްބަރު 2015 0