ޕޯލްސްޓާރގެ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް

20 ނޮވެމްބަރު 2020 0

ނިމިދިޔަ އަހަރުގެ ޕޯލްސްޓަރގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން، ޖަންގަލް

ކުލަބް ޕޯލްސްޓަރ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

އިހަވަންދޫގެ އެންމެހާ ޒުވާނުންނަށާއި، އިހަވަންދޫ ފިޔަވައި ހއ. އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހއ. އަތޮޅުގައި ހުރި ހިލޭ ސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމާޢަތްތަކާއި ކުންފުނިތަކާއި ރިސޯޓު ތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ -/17000ރ ގެ ފައިސާގެ އިނާމާއި މިލްކުވާ ތަށި ލިބޭއިރު، މުބާރާތުގެ ރަނައަޕް ޓީމަށް -/7000ރ ގެ ފައިސާގެ އިނާމު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ މެޗަކުން ކުއިން އޮފް ދަ މެޗް އަދި މުޅި މުބާރާތުގެ އެންމެ މޮޅު 06 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފީ އަކީ 500 ރުފިޔާ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި ޤަވައިދު މުބާރާތް އިންތިޒާމްކުރާ ކުލަބް ޕޯލްސްޓަރގެ އޮފީހުން ލިބެން ހުންނާނެކަމަށް އެޖަމްއިއްޔާއިން ބުނެއެވެ.

ނިމިދިޔަ އަހަރު ކުލަބު ޕޯލްސްޓަރ އިން ހއ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި އަންހެނުންގެ ވޮލީމުބާރާތުގައި ބައިވެރިވެފައި ވަނީ އިހަވަންދޫގެ 3 ޓީމަކާއި ހއ. ދިއްދޫގެ ޓީމެކެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ޖަންގަލް ޓީމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ