ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ޕޯލްސްޓަރ ސެމީއަށް — Ihavandhoo.com

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ޕޯލްސްޓަރ ސެމީއަށް

13 ނޮވެމްބަރު 2015 0

ރައީސުލްޖުމްހުރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކުލަބު 3 ސެޓް 1 ސެޓުން ބަލިކޮށް މުބާރާތުގެ ސެމީން ޖާގައެއް އިހަވަންދޫ ކުލަބު ޕޯލްސްޓަރއިން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ޕޯލްސްޓަރއިން ހޯދީ 25-19 އިންނެވެ. މެޗުގެ ދެވަނަ ސެޓް ދިއްދޫ ޓީމުން 20-25 ން ހޯދިއިރު މެޗުގެ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ޕޯލްސްޓަރ ކާމިޔާބުކުރީ 25-16 އަދި 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުލަބު ޕޯލްސްޓަރގެ ބޭރު ކުޅުންތެރިޔާ ބުއާލީ ޖަރޮއެންސްރީ އެވެ.

މުބާރާތުގައި ޕޯލްސްޓަރ ކުޅޭ ފަސްވަނަ މެޗުގައި ނޮވެމްބަރ މާދަމާ 14:30 ގައި ނިކުންނަނީ ޕޮލިސް ޓީމާ ދެކޮޅަށެވެ.

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ