ޑެންގޫއަށް ސަލާމޭ، ދެނެއް މަދިރީންނަށް މަދަރީންނެއް ނުކެވޭނެޔޭ! — Ihavandhoo.com

ޑެންގޫއަށް ސަލާމޭ، ދެނެއް މަދިރީންނަށް މަދަރީންނެއް ނުކެވޭނެޔޭ!

ރަށު ތެރޭ މަދިރި ގިނައީކީ ނޫނެވެ. ކުދީންނަށް ޑެންގޫ ހުން ޖެހެނީއެވެ.

އެއީ ދެން އެވަރު ކަމަކީ ހެއްޔެވެ!

އެހެނެއް ނޫނެވެ. ކަމަކަށް ހެދެން ނެތީއެވެ. ޝަކުވާ އުފުލުން ގިނަވީމާ ވާނެ ހައެތި، ތަންތަނުގެ ވެރީންމެ ދަންނަލެއް ބޮޑީއެވެ.

ފައިބެ އަހަރެވެ. ސްކޫލްތައް ބަންދުކޮށް މީސްތަކުން ރަޖާގަނޑު ދޫނުކޮށްމެ އުޅުނެވެ. މުޅި އަހަރުގައިމެ ހަތަރުފަސް ކުއްޖަކަށް މި ބަލި ޖެހުނީތީއެވެ. މަތީން އަންގެވީމާ ކިޔަވައިދިނުންމެ ހުއްޓީއެވެ.

މި އަހަރެވެ. އެންމެ ދޮޅުމަހެވެ. 12 ކުދީންނަށެވެ. ބައެއް ކުދިންގެ ހާލު ސީރިއަހެވެ. މާލެވެސް ފޮނުވައިފިއެވެ.

ވިސްނައި ނުލައި، ވާހަކަ ގިނަ ކުރާ މީހުން ސޯޝަލް މީޑިއާގައި ވެސް ގިނައީއެވެ. ވެރިން ތިބީ ކަންބޮޑުވެފައެވެ. އިންތިހާއަށެވެ.

ވެރީންތޯއެވެ؟

މަރުކަޒެއް ކައުންސިލެއް ސްކޫލެއް ޕޮލިހެއް އިންޖީނުގެއެއް ކިޔާނެ ކަމެއް ނެތެވެ. ހުސް ވެރިންނެވެ. ހައްތަހާވެސް ވެރިންނެވެ.

ވެރިން ކަންބޮޑުވެ މަޖިލިސް ކުރެއްވިއެވެ. އެއްވީ ދެތިން ބޮލެވެ. ކަންބޮޑުވިލެއް ބޮޑީއެވެ. ނިންމިއެވެ. ދުވަހަކީ އަންގާރަ ކަމަށެވެ.

ދުންވެސް ޖަހަނީއެވެ. އަބަދު ޖަހަނީއެވެ.

މާދަމާއީ އެދުވަހެވެ. މާދަން ނިކުންނާނެއެވެ. ފެންވަރާށެވެ. މި ދެންނެވުނީ މަދިރި އުފެދޭ ތަންތަން ނައްތައިލާ ވާހަކައެވެ. ހޭލުންތެރިވެސް ކުރާނެއެވެ.

ވަރަށް ވެސް ރަނގަޅުތާއެވެ. މުވައްޒަފުން ތިބޭނީހީ އޮފީސްތަކުގައެވެ. ރަސްމީ ދުވަހެއް ވީމައެވެ.

ފަސްގަޑި ބަޔަށް އަވަސްވެސް ކޮށްފިއެވެ. ސްކޫލުން ކުދިން ފޮނުވައިލާ ގަޑިއެވެ. ފަސްގަޑިބަޔަށް އިރު މެދުޖެހެނީ ތޯއްޗެކެވެ. އަދި އަމުދުން ހަގަޑިސާޅީސްފަހަކު އެެއްވެސް މައްސަލައެއް ނެތީތާއެވެ.

ގައިމުތާއެވެ. ދެނެއް މަދިރީންނަށް މަދަރީންނެއް ނުކެވޭނެއެވެ.

މިއަދު އަޑު އެހީމެވެ. ޑެންގޫ ޓެސްޓް ހެދޭން ވެސް މިހާރަކު ނެތް ކަމަށެވެ. ވީމާ ކަށަވަރުންވެސް ދެނެއް ޕޮޒިޓިވެއް ނުވާނޭތާއެވެ.

މާބޮޑު ކަމެއް ނުވެއެވެ.

އަޅެފަހެ މީހަކާ ބެހޭ ކަމެއް ހެއްޔެވެ!

މުސާރަ ލިބޭނެއެވެ.

ރުއްކަނޑައި ކުރިކައިގެން ސެލްފީ ނަގަން ތަށިމަތީވެސް އިންނެވިދާނެއެވެ.

ފުރާނައެއް ގެއްލި ހަފުސްވީމާ ފުފިގެން ފުމުނަކަސް އެހިނދަކު ހޭވޭނެ އިތުރު ހަޑިއެއް އޮންނާނެހެން ހަމަ ހީނުވަނީއެވެ.

އިންތިޚާބު އޮތީ އަހަރު ފަހުކޮޅަށެވެ.

ތައްޔާރެވެ.

ވެދުމެވެ.

އިހަވަންދޫ ސިއްޙީ މަރުކަޒު, ކިހައްޑިޔަ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިއަ ޝިއާރަކީ މަދިރިއަށް ގޮންޖެހުމުގެ ގޮތުންއޮތް ޝިއާރެއްނަމަ އެސޮރުމެންގެ ދުއްޕާން އަހުރެމެންނަށް މާ ބޮޑުވާނެއެވެ․ އަހެރެމެންގެ ދަރިން އެސޮރުމެން ކައި ހުސްކުރާނެއެވެ․ ތިއަ ޝިއާރަކީ އިޚްލާޞްތެރި ކަމާއެކު މަދިރި ނައްތާލުމަށް ނުވަތަ މަދިރި މަދުކުރުމުގެ ގޮތުންއޮތް ޝިއާރެއްނަމަ ''ޙަޤީޤީ މަދިރި އުފެދޭ ތަން'' ނައްތާލުމުގައި މީހެއްގެ ބޮލަކަށް ކަނދުރާއަކަށް ނުބަލާނެއެވެ․ ޙަޤީޤީ މަދިރި އުފެދޭ ތަނަކީ ފައިބަރ ދޯނި ފަހެރެވެ․ ފައިބަރ ލާންޗް ފަހެރެވެ․ އަޅާލުމެއްނެތި ދޫކޮށްލެވިފައިވާ އޮޑިހަރުގެ ތަކެވެ․ ބެލެހެއްޓުންތެރިއެއް ނެތި ހުރި ފަޅު ގޯތިތަކެވެ․

– 10 މެއި 2016 1

އަބުދުލް މާނިއު ހުސޭނަށް : ވެދުން ސަލާމް

އަޅުގަނޑުމެ ހާލު ރަނގަޅެވެ، މާނިއުގެ ހާލުވެސް ރަނގަޅު ވާނޭކަމަށް ހީކޮށް އުފާކުރުމެވެ․
މި ކޮމެންޓާއެކު، މާނިއުއަށް ރުކު ކުރި ގަނޑަކާ މަދިރިއަށް ދުންޖަހާނެ ސާމާނުވެސް ފޮނުވީމެވެ،
ސުކުރިއްޔާ

– 10 މެއި 2016 0