ޑެންގީ އަށް ފަރުވާ ދެމުންދިޔަ ހަތް މަހުގެ ކުއްޖަކު ނިޔާވެއްޖެ — Ihavandhoo.com

ޑެންގީ އަށް ފަރުވާ ދެމުންދިޔަ ހަތް މަހުގެ ކުއްޖަކު ނިޔާވެއްޖެ

11 މެއި 2016 2

ޑެންގޫ ޖެހިގެން އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް، ހަތް މަހުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު ހަބީބާ ހަވާލާދެއްވާ ސީއެމްއެން އިން ރިޕޯރޓުކޮށްފައި ވާގޮތުގައފ. އަތޮޅުން އިތުރު ފަރުވާއަށް ގެނައި ކުއްޖަކު މިއަދު ހެނދުނު 12:10 ގައި ޑެންގޫ ޖެހިގެން ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށާއި އެކުއްޖާ ގެނައި އިރުވެސް ވަރަށް ސިވިއާ ކަމަށެވެ.

ޑެންގީ ޖެހިގެން ނިޔާވެފައި ވަނީ ދ.އަތޮޅު މީދޫ ކުއްޖެއް ކަމަށާއި އެކުއްޖާ ފ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ގެނެސްފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށް ޒީނަތާ ހަވާލާދީ ސީއެމްއެން އިން ރިޕޯރޓު ކުރެއެވެ.

އިއްޔެވެސް ވަނީ ޑެންގީ އަށް ފަރުވާދެމުން ދިޔަ 35 އަހަރުގެ މީހަކު ނިޔާވެފައެވެ. މިދުވަސްވަރަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ރަށްތަކުން ޑެންގީހުން ޖެހޭ މީހުން ފެންނަ ދުވަސްވަރަށް ވާއިރު، ހއ. އިހަވަންދޫގައިވެސް ޑެންގީހުން ދަނީ ފެތުރެމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކިހާ ދެރަ

– 11 މެއި 2016 0

އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިއޫން

– 12 މެއި 2016 0