ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: މާރަންދޫ ސްކޫލް ބަލިކޮށް އޭއީސީ އިން އުއްމީދު އާކޮށްފި

2 އޮގަސްޓު 2019 1

މާރަންދޫ ސްކޫލު އަދި ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށްވެސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތް. ފޮޓޯ: ލަޔާން އަޙްމަދު

ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕްގައި މިއަދު ހެނދުނު ކުޅުނު ދެވަނަ މެޗުން 2-0 އިން މާރަންދޫ ސްކޫލު ބަލިކޮށް ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ފައިނަލުގެ އުއްމީދު އާކޮށްފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ހއ އަތޮޅު މަދަރުސާއާ ބައްދަލުކުރާ މެޗުން ބަލިނުވެ ހިފަހައްޓައިލެވިއްޖެނަމަ 3 ޕޮއިންޓާއެކު ޕޮއިންޓް ޓޭބަލްގެ ދެވަނައިގައި އޮތް ހއ އަތޮޅު ތަޢުލީމީ މަރުކަޒަށް ފައިނަލުން ޖާގައެއް ޔަޤީންވާނެއެވެ.

މިއަދުގެ މެޗުގެ ދެގޯލުވެސް ފެނިފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ހއ އަތޮޅު ތަޢުލީމީ މަރުކަޒަށް ލީޑު ނަގައިދިނީ އެޓީމުގެ ޖާޒީ ނަމްބަރ 10، މުޙައްމަދު ލަޔާން އިބްރާހީމެވެ. އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރ 11، ޝުރާޚް ރަޝީދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާޒީ ނަމްބަރ 27، ޒުނާމް މުޙައްމަދު ޒުހައިރެވެ.


ޒުމާން (ކ). //ފޮޓޯ: ލަޔާން އަޙްމަދު

މިއަދުގެ މެޗުން ބަލިވެ، ކުޅުނު ދެމެޗުން ލިބުނު 1 ޕޮއިންޓާއެކު ޕޮއިންޓް ޓޭބަލްގެ ފުލުގައި އޮތް މާރަންދޫ ސްކޫލަށް ފައިނަލުން ފުރުޞަތު އޮތީ މިރޭ ކުޅޭ ފުރަތަމަ މެޗުގައި އިހަވަންދޫ ސްކޫލުގެ މައްޗަށް ދެ ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހާއޭއީސީ އޭއީސީއޭނޫން

– 2 އޮގަސްޓު 2019 0