ދާއިރާ ބަހުސް 10 ގައި، ރަށު ބަހުސް 14 ގައި، ހުރިހާ ކެނޑިޑޭޓުން ބައިވެރި ވާނެ: އިމަގު — Ihavandhoo.com

ދާއިރާ ބަހުސް 10 ގައި، ރަށު ބަހުސް 14 ގައި، ހުރިހާ ކެނޑިޑޭޓުން ބައިވެރި ވާނެ: އިމަގު


އިމަގުގެ މެމްބަރެއް އިމަގު ދިދަ ހިފައިގެން: ފޮޓޯ: އިމަގު ފޭންސް ޕޭޖް، ސައުދުﷲ އަޙްމަދު

2014 ޖެނުއަރީ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިހަވަންދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މެދުގައި އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ފަރާތުން ބާއްވާ ބަހުސަށް ބަދަލުތަކެއް ގެނެސް އެ ބަހުސްގައި، އިންތިޚާބުގައި ވާދަ ކުރާ ހުރިހާ ކެނޑިޑޭޓުން ވެސް ބައިވެރިވާނެކަން އެ ޖަމާޢަތުން ހާމަކޮށްފި އެވެ.

އިމަގު ޖަމިއްޔާގެ ފޭސްބުކް ބޭޖް، "އިމަގު ފޭންސް" މެދުވެރިކޮށް ޢާންމުކޮށްފައިވާ ކުރު ބަޔާނުގައި ބުނެފައި ވަނީ މި ބަހުސްގައި ހުރިހާ ކެނޑިޑޭޓުން ވެސް ބައިވެރި ވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި، ނަމަވެސް ކެނޑިޑޭޓުންގެ ވަގުތުގެ ދަތިކަން ހުރިގޮތުން އިހަވަންދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ބަހުސް މި މަހު 14 ވަނަ ދުވަހުގެ ރެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް މި މަހު 10 ވަނަ ދުވަހުގެ ރޭ، އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ބަހުސް އޮންނާނެ ކަމަށެވެ.

އިހަވަންދޫ ކައުންސިލަށް ކުރިމަތިލާފައި ވަނީ އެމްޑީޕީގެ 7 ބޭފުޅުންނާއި، ޕީޕީއެމްގެ 4 ބޭފުޅުންނާއި، ޖޭޕީގެ 3 ބޭފުޅުންނެވެ. އަދި އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލަށް ކުރިމަތި ލާފައި ވަނީ އެމްޑީޕީގެ 2 ބޭފުޅަކާއި، ޕީޕީއެމްގެ ބޭފުޅަކާއި ޖޭޕީގެ ބޭފުޅެކެވެ.

މި ބަހުސަށް އިހަވަންދޫގެ ގިނަ ރައްޔިތުން ދަނީ ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންކަން ފާހަގެވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު, ޕީޕީއެމް އިހަވަންދޫ, ޖޭޕީ އިހަވަންދޫ, އެމްޑީޕީ އިހަވަންދޫ, އިމަގު ޖަމިއްޔާ, އިމަގު ކައުންސިލް ބަހުސް 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޕީޕީން އަމާންދިނީދޯ!

– 9 ޖެނުއަރީ 2014 1