ދާއިރާގެ މަޖިލިސް ގޮޑިއަށް ފާޅުކުރެވޭ ޝައުޤުވެރިކަން — Ihavandhoo.com

ދާއިރާގެ މަޖިލިސް ގޮޑިއަށް ފާޅުކުރެވޭ ޝައުޤުވެރިކަން


ކުރީގެ ރައީސް ނަޝީދު ދާދިފަހުން އިހަވަންދޫ އަށް ކުރެއްވި ދަތުރުގައި "އެމްޑީޕީ ޒުވާނުންގެ ހަރުގޭ" ގައި ހުރި އުނދޯއްޔެއްގައި އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރާއެކު އިށީނދެލައިގެން

 

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ އެއް ގޭގެ މައްޗަށް އެކުލެވިގެންވާ އިންތިޚާބު ކުރެވިފައިވާ 77 މެންބަރުން ހިމެނޭ މަޖިލީހެކެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން، މި ލޮބުވެތި ޤައުމުގެ މާޒީގައި މިނިވަން ދައުލަތެއްގެ ސިފަ ދިވެހިރާއްޖޭގެ ދައުލަތުގައި ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލިސް އަދާކުރާ ދައުރަކީ ނުހަނު ބޮޑު ދައުރެއްކަން ޔަޤީނެވެ. މިކަން ޙާޞިލްވެގެން ދަނީ ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ޒަރިއްޔާއިންނެވެ. ޤައުމުގެ ސިޔާސީ ތަނބުތައް ވަރުގަދަކުރުމަށާއި އަދި ސިޔާސީ ބާރު ހިފެހެއްޓުމަށް ވެސް މި މަޖިލިސް، ވެރިކަން ކުރާ ބާރާ އަދި ޢަދުލުގެ ނިޒާމާ ކޯޅުމެއް ނެތި ފާރަވެރިކަމާއިއެކު މަސައްކަތް ކުރަންޖެހެ އެވެ. ޤައުމިޔައްތު ބިނާކުުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު އެހާމެ މުހިއްމެވެ.

އިންތިހާބުތައް ބޯމަތިވަމުން އަންނަ ދުވަސްވަރު، އެންމެ ބޮޑަށް ހިނިތުން ވަނީ އާދައިގެ ދެރަ ނިކަމެތި ރައްޔިތުމީހާ އެވެ. އެއީ އޭނާއަށް ކޮންމެވެސް މާލީ އެހީތެރިކަމެއް ލިބޭނެކަމުގެ އުއްމީދުގެ ބޮޑުކަމުންނެެވެ. ނަމަވެސް، ނިކަމެތި ރައްޔިތުމީހާގެ ވެސް ބޭނުން ޙާޞިލް ވަނީ "އާދޭސް" ދެންނެވުމުންނެވެ.  މިއީ އަޅުގަނޑުމެންގެ ސިޔާސީ ވެރިން އަޅުގަނޑުމެން "ނަފުސަށް" ކުރާ އިހްތިރާމާއި ޤަދަރުގެ ކުޑަމިންވަރު ދައްކުވައިދޭ ކަމެކެވެ. ސިޔާސީ މަޤްޞަދުތައް ޙާޞިލްކުރުމަށް އެވެރިން ނުހަނު ބުންވަރާއި ހިތްވަރާއެކު އެބައިމީހުންގެ ސިޔާސީ ބައިވެރިންނާއި އެޖެންޓުންނާއެކު ގިނަގުނަ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރެ އެވެ. ޤާނޫނުއަސާސީން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްފަހު ވެސް، މެޑެލް "ނިސްބަތްވާ ސިޔާސީ ޕާޓީއަށް" ހިފެހެއްޓުމެއް ނެތިދެ އެވެ. ނުފޫޒެއް ނުވަތަ ބިރުވެރިކަމެއްނެތި މިނިވަންކަމާއެކު، އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ޙައްޤެކެވެ. ވީމާ، މިފުރުޞަތު ވާދަވެރި ސިޔާސީ ހުރިހާ ފަރާތްތަކުންވެސް ރައްޔިތުމީހާ އަށް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެމެވެ. ސިޔާސީ އަޅުވެތި ކަމުގައި ބަނދެވިގެން ރައްޔިތުން ތިބެން ބޭނުންވާހާ ދުވަހަކު، ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އެފުރުޞަތު ސިޔާސީ ފަރާތްތަކުން ހޯދާނެ އެވެ. ނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ސިޔާސީ ބާރުވެރިންނަކީ ރައްޔިތުން ކަމެވެ.   

77 އިދާރީ ދާއިރާއަށް މިހާރު ރާއްޖެ ބެހިފައިވާއިރު، ދާއިރާގެ މަޖިލިސް ގޮޑި އާ މެދު ކުރެވޭ އުއްމީދުތައްވެސް "ރައްޔިތު މީހާ" އަށް އެހާމެ ބޮޑެވެ. ނުހަނު ހިކުމަތްތެރިކަމާއި ޝަޢުޤުވެރިކަން ފާޅުކުރެ އެވެ. ޤައުމަށް ބޭނުންވާ ސިޔާސީ ހެޔޮ ބަދަލު ގެނައުމަށާއި އިންޤިލާބުތަކަށް ގޮވާލުމަށްވެސް ބައެއް ބޭފުޅުންގެ ނަޒަރުގައި މަޖިލިސް ގޮޑީގެ މުހިއްމުކަން ބޮޑެވެ. ދުނިޔޭގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، ރަސްމީ ސިފައެއްގެ މި ފަދަ ޤާނޫނޫ ހަދާ މަޖިލިހެއް އެންމެ ފުރަތަމަ އުފަންވީ މީލާދީ ސަނަތުން 930 ވަނަ އަހަރުގަ އެވެ. އެއީ އައިސްލޭންޑުގެ ޤާނޫނު ހަދާ މަޖިލީހެވެ. އޮޓޯމަނުންނާ އަދި ގްރީސްގެ ރައްޔިތުންވެސް، އެންމެދުވަސްވީ ޤާނޫނު ހަދާ މަޖިލީހެއް އުފެދުނީ އެބައިމީހުންގެ ޤައުމުގަކަމަށް ބުނަމުންދެ އެވެ. އިނގިރޭސިވިލާތުގައި މިލަފުޒު އެންމެ ފުރަތަމަ ބޭނުންކުރެވުނީ 1236 މީލާދީ ވަނަ އަހަރު އެވެ.  މީލާދީ ސަނަތުން 1235 ވަނަ އަހަރު ޤާނޫނު ހަދާ މަޖިލިސް ސްކޮޓްލޭންޑުގައި އުފަންވިއިރު، ފަރަންސޭސި ވިލާތުގައި މިފަދަ މަޖިލީހެއް އުފެދިފައި ވަނީ 1307 މީލާދީ ވަނަ އަހަރު އެވެ.

ހއ. އިހަވަންދޫ ދާއިރާ އެކުލެވިގެން ވަނީ މޮޅަދޫ، މާރަންދޫ އަދި ދާއިރާގެ އެންމެ ބޮޑު އާބާދީއާއެކު އިހަވަންދޫ މި ތިން ރަށެވެ. އިހަވަންދޫގެ ރަށުކައުންސިލުން މަޢުލޫމާތު ލިބޭގޮތުގައި ރަށުގެ އާބާދީ މިހާރު އުޅެނީ 3000 (ތިން ހާސް) އަށް ވުރެ މަތީގަ އެވެ. އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބުން ދައްކާގޮތުގައި އިހަވަންދޫގައި އެކަނިވެސް ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ 1913 މީހުން އެބަތިއްބެވެ. މާރަންދޫގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 622 މީހުން ތިބިއިރު މޮޅަދޫގައި ތިބީ ވޯޓު ލިބުމުގެ ހައްޤުލިބިފައިވާ 284 މީހުންނެވެ.  މުޅި ދާއިރާއިން ނިކުންނާނެ ޖުމުލަ ވޯޓުގެ ޢަދަދަށް ވާނީ 2819 އެެވެ. އަދި މޮޅަދޫ އާއި މާރަންދޫ އެއްކޮށްލުމުންވެސް އެދެރަށުގެ ޖުމުލަ ވޯޓުގެ ޢަދަދު އުޅޭނީ 906 ގަ އެވެ. މި ޢަދަދަކީ އިހަވަންދޫއިން ވޯޓުލާން ނިކުންނާނެ މީހުންގެ ނިޞްބަތުން 50 އިންސައްތަ އަށްވުރެންވެސް ދަށް ޢަދަދެއް ކަމުން، ދާއިރާގެ މަޖިލިސް ގޮޑީގެ އާޚިރު ނިންމުން ނިންމާނީވެސް އިހަވަންދޫގެ ރައްޔިތުންނެެވެ. ވީމާ، މިފަދަ ނުފޫޒު ގަދަ ނިންމުމެއް ނިންމުމަށް އިހަވަންދޫގެ ރައްޔިތުންނަށް ލިބިފައިވާއިރު، ސިޔާސީ ފަަސާދަ އާއި ފިތުނަވެރިކަން އެކަހެރިކޮށް، އިހަވަންދޫއަށް އުފަން އިހަވަންދޫގެ ބޭފުޅަކަށް މިފުރުޞަތު ތަނަވަސްކޮށްދިނުން ކީއްތޯއެވެ؟ ނިންމުން ނިންމާނީ ރައްޔިތުންގެ ވޯޓުންނެެވެ. ފުރިހަމަ އިޚްތިޔާރާއި ބާރާއެކުގަ އެވެ. އެކަން އަޅުގަނޑު ރައްޔިތުންނަށް ދޫކޮށްލަމެެވެ.

ދާއިރާގެ މަޖިލިސް ގޮޑިއަށް އެކިބޭފުޅުން އެބޭފުޅުންގެ ޝައުޤުވެރިކަން ފާޅުކުރާ އެތައް ސަބަބެއްވެ އެވެ. ބޮޑު މުސާރަ އާއި އެލަވަންސް ތަކެވެ. ޢިއްޒަތްތެރި މެމްބަރަކަށް ވާތީ އެވެ. ރަސްމީ ޑިޕޮލޮމަޓިކް ޕާސްޕޯޓެވެ. މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، އާސިއާން ޤައުމުތަކުން ހިލޭ ލިބޭ ބޭސްފަރުވާ އެވެ. ސިޔާސީ ނުފޫޒާއި ބާރުވެރިކަމެވެ. ސަރުކާރުގެ ޕްރޮޖެކްޓުތައް ހިންގަން ވިޔާފާރީގެ އުޞޫލުން ލިބޭތީ އެވެ. ފައިސާގެ މަގުތައް ތަނަވަސްވެ، "މަޖިލިސްގެ ޓްރާސްފަރ މާކެޓް"ގެ ބޮޑު އަގެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކީ ރައްޔިތުންގެ އަމާނާތެކެވެ. އެހެންކަމުން، ރައްޔިތުންނަން ޖަވާބުދާރީވާ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އެންމެ ފުރިހަމަ އަށް މަސްއޫލިއްޔަތު އުފުލާ، އިޚްލާސްތެރި، ތެދުވެރި، އަދުލުވެރި އަދި އަދަބުވެރި ދިރިއުޅުމެއް އުޅޭ މީހުން މެންބަރުންނަށް އިންތިޚާބު ކުރުމުން ނޫނީ އެކަމުގެ ފައިދާ ރައްޔިތުންނަށް ނުކުރާނެކަން ކަށަވަރެވެ. ދީމިޤްރާތީ ވެރިކަމެއް ކުރަމުންދާ، ތިންބާރު ވަކިކޮށްފައިވާ މި ޤައުމުގައި "އަހަރެންވެސް ހއ. އިހަވަންދޫ ދާއިރާގެ މަޖިލިސް ގޮޑި ބޭނުމެވެ" މިހެން ބުނުމުގެ ފުރުޞަތު ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެ އެވެ.

ޤާނޫނުހަދާ މަޖިލިސްތައް ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްނުކުރާތީ އުވާލެވިފައިވެ އެވެ. ދާދި މިދާކަންދުވަހު، ކުވައިތުގެ ކޯޓުން ވަނީ އެޤައުމުގެ ޤާނޫނު ހަދާމަޖިލިސް އުވާލާފަ އެވެ. ހަމަ މިހައަހަރުގެ އެޕްރީލް މަހު، މެލޭޝިޔާގެ ބޮޑުވަޒީރު ވަނީ އެ ޤައުމުގެ ޤާނޫނު ހަަދާ މަޖިލިސް ނިމުމަކަށް ގެނެސްފަ އެވެ. އިނގިރޭސިވިލާތާ އަދި ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް ވެސް އެތައް ފަހަރަކު އުވާލެވިފައިވެ އެވެ. އެހެންކަމުން، މި ޤައުމުތަކުގެ މި ނިންމުންތަކަކީ ރައްޔިތުންތައްޓަކައި ނިންމާފައިވާ ނިންމުންތަކެވެ.

ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫއަށް ފައިދާ ވާނީ އިހަވަންދޫގެ ދަރިއަކު އެގޮނޑީގައި ބޭންދީމަކަން އެނގޭ އިރުވެސް އިހަވަންދޫގެ ބައެއް ފަރާތް ތަކުން، ހާއްސަކޮށް އެމޑީޕީގެ ހަރު މީހުން މިކަމާ އިދިކޮޅަށް ކެމްޕޭން ކުރާކަމީ ނުހަނު ހިތާމަ ހުރި ކަމެކެވެ. މާޒީގަ ކަންވެފަ ވަނީ މިހެންނެވެ. އަދި އަޑުއިވޭ ގޮތުން ކުރިއަށް އޮތީ ވެސް ހަމަ މިގޮތަށެވެ.

– 26 ޖޫން 2013 0

އިހަވަންދޫ ކައުންސިލުން މަޖިލިސް މެމްބަރު އަހުމަދު ޢަބުދުﷲގެ ނަމުގައި ޕުރީ ސުކޫލުގެ މަސައްކަތް ސަރުކާރުގެ ބަޖެޓު ތެރެއިން ކުރަމުން އަހުމަދު ޢަބުދުﷲ އަށް ކުރަމުންދާ ކެމްޕޭނާ ދެކޮޅަށް މިފަދަ ލިޔުމެއް ފިރާޒު ލިޔުއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.

– 26 ޖޫން 2013 0

އަޙްމަދު ޢަބްދުﷲ އަށް މިރަށުން ދެން ތާއީދު ދޭކަށް ބޭނުމެއް ނުވޭ. ބޭނުމީ މިރަށަށް އިޚްލާސްތެރި މިރަށުގެ ދަރިއެއް

– 27 ޖޫން 2013 0

އިހަވަންދޫ ދަރިއަކަށްވީމަ ހެޔޮތަ މީދާކޭ އުނބެއް ވިއަސް..

– 28 ޖޫން 2013 0

ސުކޫލުގައިވެސް ރަށުން ބޭރު ، ސިއްޙީ މަރުކަުގައިވެސް ރަށުން ބޭރު. އެވެސް އޯކޭ.. ރަށު ދަރިންނަކީ އަބަދުވެސް ރަށް ޚިދުމަތް ކޮށްދޭ ބައެއް. ވަކިކަމަކަށް ރަށުދަރިޔަކޭ ކިޔުމީ . ވަކިކަމެށް ގައި ދީނޭ ކިޔުން ފަދަކަމެށް..

– 28 ޖޫން 2013 0

ޕުރީ ސުކޫލަށް ބޭނުންވާ އެންމެހާއި ތަކެއްޗެއް ދެއްވަނީ މަޖިލިސް މެންބަރު އަހުމަދު ޢަބުދުﷲ އަމިއްލަފުޅު ހަރަދުގައި އެއީ ގާތް ގަނޑަކަށް 2 މިލިން ރުފިޔާއަށް ވުރެށް އިތުރު ހަރަދެއް ހިނގާނެ ކަމެށް.

– 29 ޖޫން 2013 0

މަސައްކަތުގެ އެންމެހައި ހަރަދު އެއީ ކައުންސިލުން ނުވަތަ އިހަވަންދޫ ރައްޔަތުން . ސަރުކާރުގެ ބައި ރުފިޔާއެއް ޚަރަދު ނުކުރޭ... އިހަވަންދޫ ދަރިންވެސް ހަރަދު ކުރަންވީ.. އިހަވަންދޫ ވިޔަ.

– 29 ޖޫން 2013 0