އިހަވަންދޫގައި ދަތުގެ ފަރުވާއަށް ޚާއްސަ ކޭމްޕެއް ބާއްވަނީ — Ihavandhoo.com

އިހަވަންދޫގައި ދަތުގެ ފަރުވާއަށް ޚާއްސަ ކޭމްޕެއް ބާއްވަނީ

1 އޮގަސްޓު 2018 0

އިހަވަންދޫގައި މީގެ ކުރިން ބޭއްވި ދަތުގެ ފަރުވާގެ ކޭމްޕެއްގައި ބަލިމީހަކަށް ފަރުވާދެނީ. ފައިލް ފޮޓޯ: އިބްރާހީމް ނަޝީދު

ހީލިންގ ކެއަރ މެޑިކަލް ސެންޓަރުގެ ފަރާތުން ދަތުގެ ފަރުވާއަށް ޚާއްސަ ކޭމްޕެއް އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ހއ. އިހަވަންދޫ ދޭލިޔާގޭގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި ފަރުވާދެއްވާނީ ކިމްސް ހޮސްޕިޓަލް އަދި އޮމެގާ ޑެންޓަލް ކުލިނިކުގައި ފަރުވާ ދެއްވާ ދަތުގެ ފަރުވާގެ ސްޕަރސްޕެޝަލިސްޓް ޑރ. ދީޕޫ ސަތީޝް ކަމަށް އެސެންޓަރުން ހާމަކުރެއެވެ. ދަތުގެ އާއްމު ފަރުވާގެ އިތުރުން، މިޑޮކްޓަރު ހާސްވެލައްވާފައިވާ ދާއިރާގެ ފަރުވާތަކުގެ ތެރޭގައި:

1. ކޮލު ދަތް ނެގުން

2. އައިބުކޮށް ފަޅާފައި ހުންނަ ދަތް ނެގުން

3. އަނގަ ހުޅުވުމަށް ދަތިވުމަށް އޮޕަރޭޝަން ނުކޮށް ފަރުވާ ދިނުން

4. ކަތުރު ކަށިގަނޑުގަ ރިއްސުން، އަޑުކިޔުން

5. ސިސްޓް އަދި ބަޔޮޕްސީ ނެގުން، ކެންސަރ ސްކްރީން ކުރުން

6. އަނގަ ފާރުވުން، އަނގަ އަދި މޫނަށް ލިބޭ އަނިޔާގެ ފަރުވާ

2018، އޮގަސްޓް 5 ން 7 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޭމްޕާބެހޭ އިތުރު މައުލޫމާތު ހޯދުމަށް އަދި އެޕޮއިންޓްމެންޓް ހެއްދުމަށް 9563535 ނަމްބަރު ފޯނަށް ގުޅުމަށް ހީލިންގ ކެއަރ މެޑިކަލް ސެންޓަރުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ