ދެފުރާނަ އެކުވެފައިވާ (14 ވަނަ ބައި) — Ihavandhoo.com

ދެފުރާނަ އެކުވެފައިވާ (14 ވަނަ ބައި)

"ޕްލީޒް ނަޖޫ އަހަންނަށް ފުރަގަސް ނުދީ... އަހަރެން ހަނާވެދާނެ... އަހަރެންގެ ފުރާނަ ފަދައިން ނަޖޫ ދެކެ ލޯބިވަން...." ގިސްލަމުން ގިސްލަމުން ކަހަލަ ގޮތަކަށް އިއުރާޒް ވާހަކަދައްކަމުން ދިޔަ އެވެ.

ނަޖުމާ މަޑުމަޑުން އިއުރާޒް އާ ގާތްވެލި އެވެ. އިއުރާޒްގެ ފުން ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެ އެވެ. އޯގާތެރިކަމާ އަޅާލުމާއި ލޯތްބަށް އެދޭކަން މޫނުމަތިން ހާމަކުރަމުން އެ އުއްމީދުގަ އެވެ. މަޑުމަޑުން ލަސް ހަރަކާތްތަކަކާއެކު ނަޖުމާ އިއުރާޒުގެ ތަނަވަސް މޭމަތީގައި ލައްވެލަމުން ބޮޑިވެލި އެވެ.

"އަހަރެން ރާޒް އަށް މި އިތުބާރު ކުރަނީ އެރޭ އަހަންނަށް ދިއްކޮށްލި އަތުގެ ހިމާޔަތް ތާއަބަދަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތީމަ... އަހަންނަކަށް ނޭގޭ ތީ ކާކު ކަމެއް؟ ކޮންތާކުން އައިސް ހުރި މީހެއް ކަމެއް ވެސް؟"

"ތޭކްސް ވަރަށް... ވަރަށް އުފާވެއްޖެ" އިއުރާޒް ތުންފަތަށް ހިތުންވުމެއް އުފާވެރިކަމާއެކު ދެލޯ މަރާލި އެވެ.

"އިރާދަ ކުރެއްވިއްޔާ ނަޖޫއަށް އެއްވެސް ދައްޗެއް އުނދަގުލެއް ކުރިމަތި ވިޔަކަ ނުދޭނަން... އަހަރެންގެ ލޯބިން ނަޖޫގެ މާޒީ ހަނދާން ނެތޭ ވަރު ކޮށްދޭނަން... ނަޖޫ އަށްޓަކައި އަހަރެންގެ ހުރިހާ ކަމެއް ހުސްކޮށްލާނަން...  އަހަންނަކީ ކާކުކަން... އަހަރެންގެ ހުރިހާ ހަޤީގަތެއް ހަމަ ޖެހިލައިގެން ނަޖޫ ކިޔައިދޭނަން... އެކަމަކު ނަޖޫ... ނަޖޫ ވާނެ އަހަންނަށް އިތުބާރުކުރަން..." އިއުރާޒްގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ނީރާލުމުން އަތުގެ ނުފުށުން ފުހެލި އެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމުން ފޮތުގެ ތެރެއަށް ގެއްލި އެނދުގައި ހަމަޖެހިލައިގެން އޮތް އައިޝަމް ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ފޮތް އަތުން ދޫވެ އޭނާގެ މޭ މައްޗަށް ވެއްޓުނީ އެހެންވީމަ އެވެ. އެއާއެކު ކޮޓަރިއަށް ވަދެގެން އައި ހިމޭޝްގެ މޫނު ފެނި އައިޝަމް އެނދުން ތެދުވެވުނެވެ.

"ޝަމް ކީއްކުރަން މި... މީ... މީ މީހެއްގެ ސިއްރު.... އަހަރެން ތި ތި ނުކިޔާށޭ ބުނީމަ.... " ހިމޭޝްގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ހާމަވަމުން މީހާ ނުތަނަވަސްވަމުން ދިޔަ އެވެ. އެއާއެކު އަވަސް އަވަހަށް އައިސް އައިޝަމްގެ އަތުގައި އޮތް ފޮތް އަތުލި އެވެ. ނުރުހުންވެ ހުރެ އެވެ.

"ކޮބާ މައްސަލަ އަކީ... އަހަރެން ތި ފޮތް ކިޔައިގެން ހިމޭ އެހާ ކަންބޮޑުވާންވީ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނު... އެހެންނޫނަސް އަހަރެން... ހިމޭގެ އެއްޗެއްގައި އަހަރެން އަތްލުމަކީ ހިމޭ މީގެ ކުރިން މަނާކަމެއް.... އަހަރެން ހީކޮށްގެން މިހުރިހާ ހިމޭ އަހަންނަށް އެއްވެސް ކަމެއް ފޮރުވާކަށް މަސައްކަތެއް... " އައިޝަމް ސުވާލުން ފުރިގެންވާ ފަދައިން ހިމޭޝްގެ މޫނަށް ބަލައިގެން ހުރެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ޝަމް... ނޫން... ނޫން... ތި ވިސްނަނީ އަދި ރަނގަޅަކަށް ނޫން..." އައިޝަމްގެ ވިސްނުން ހިމޭޝް ދެނެގަތެވެ.

"ދެން؟"

"މި ފޮތުގެ ވެރިޔާ މި ފޮތް އަހަންނަށް ހަވާލުކުރީ އެހެން އެއްވެސް މީހަކަށް ފޮތް ކިޔަން ނުދޭނެކަމުގެ ޔަޤީންކަން ދިނުމުން. އެކަމަކު..."

"ނުދެމެއްނު... ހިމޭގެ ކުށެއް ތީގަ ނެތޭ... އަހަރެން އައިސް ފޮތް ކިޔަން ފެށީނު... ދިނީކީ ނޫނެއްނު... ފޮތް ފޮރުވިޔަސް، މިހާރު ތިއީ އަހަރެން ނުކިޔާ ފޮތަކަށް ނުވާނެ؟" ލާނެތް ހިނިތުންވުމެއް ގެނުވަމުން އައިޝަމް ހިމޭޝް އަށް ބަލާލި އެވެ.

"ޝަމް ޕްލީޒް މި މި..."

"ހިމޭ... ހަމަ ޖެހިބަލަ ތީ އަހަރެންގެ މަމްގެ ޑައިރީނު... ތި އަހަރެންނަށް ވަރަށް މުހިއްމު އެއްޗެއް... އޭޒް ޔޫ ނޯ! އަހަންނަށް މި ދިމާވާ ކަންކަމާ ތީގަ ތި ހުރި ކަންކަމާ ގުޅޭނެ ކަމަށް ވަރަށް ޤަބޫލުކުރެވޭ... ޕްލީޒް ހަމަ ޖެހިގެން މިކަން ދިރާސާ ކުރަން ހިނގާބަލަ... އަހަރެން ނޫޅޭމޭ މަމް އަށް ތިކަން އަންގާކަށް..." އައިޝަމް އާދޭސްކުރަން ފެށުމުން ހިމޭޝް ހަމަޖެހިލާ އޭނާއާ އެއްބައިވެލި އެވެ.

"އޯކޭ!"

****  ******  ****

އައިޝަމް އާއި ހިމޭޝް ތިބީ ޑައިނަމޯގެ ހަލަބޮލި މާހައުލުގަ އެވެ. ރޭގަނޑުގެ ކެއުމަކަށް ސަބްމެރިންއަށް އޯޑަރުދީގެން ވާހަކައެއްގެ ތެރެއަށް ގެނބިގެންނެވެ. އެމީހުން ތިބީ ތަނުގެ މެދުގައިވާ ކުޑައެއްގެ ދަށުގައި ހުރި މޭޒެއްގެ ކައިރީގަ އެވެ. ވަށައިގެންވާ މާހައުލުން އިވެމުން ދިޔަ ސަމުސަލާ އުލާއި މުށިތަކުގެ މިއުޒިކީ އަޑުތަކަށް ވުރެ ދެމީހުންގެ މޫނުމަތިން ވެސް އަބުއިކަން އިންތިހާއަށް ފެންނަމުން ދިޔަ އެވެ. ދެކެވެމުން ދިޔަ ވާހަކައިގެ ޒާތުން ނެވެ.

"އަސްލު... ވަރަށް އެހެން ކަހަލަ ކަމެއް ދޯ! މަށަށް ވަރަށް ޤަބޫލު ނުކުރެވޭ އެބުނާ އެއްޗެއް! އެކަމަކު އިސްލާމް ގަޑީ ހަނިޗް އެ ސުވާލު ކުރީމަ ސަރ ވެސް ބުންޏެއްނު އެއީ ހަމަ ޕޮސިޕަބަލް ކަމެކޭ! ވެދާނޭ! ރާއްޖޭގަ ވެސް އެބަހުއްޓޭ އެކަހަލަ ކަންކަން ހިނގާފަ! އެކަމަކު އެއީ ކުރީގަ އޭ! މިހާރުވީމަ... މިހާރުވީމަ ދެން ވަރަށް ޤަބޫލު ނުކުރެވޭ!" ހިމޭޝް ފުން ނޭވާއެއް ދޫކޮށްލި އެވެ.

"ތީ ދޯ! މަށަށް ވެސް މި ޤަބޫލު ނުކުރެވިގެން އުޅޭ ކަމަކީ! ޑައިރީގަ ވެސް އެ އޮތީ ވަކި ވަރަކަށް ލިޔެފަ، އެބައި ދޫކޮށްލާފަ! އެހެންވީމަ މައްސަލައަކީ! އިންސާނެއްގެ ގޮތުގަ ހުންނަ އިރު ހުރިހާކަމެއް ހުންނާނީ އިންސާނުންގެ ގޮތުގައި ކަމަށް ޢިލްމުވެރިން އެއްބަސްވާކަމަށް ވަނީ! އެއެއްނޫން މުހިއްމީ! އެންމެ މުހިއްމު އެންމެ ބޭނުން ސުވާލުގެ ޖަވާބު އަދިވެސް ނުލިބޭ! ބައްޕަ ދުނިޔޭގަ ހުރިކަން ނުވަތަ ނޫންކަން!" އައިޝަމް ދެރަވެލަމުން ކަރު އެލުވާލި އެވެ.

"އަހަންނަށް ޔަޤީންވާކަމެއް އެބަ އޮތް!"

"އެޔޯ!"

"ޝަމްގެ ބައްޕަ ދުނިޔޭގަ ހުރިކަން" ހިމޭޝް އައިޝަމްގެ މޫނަށް ނަޒަރު ހުއްޓާލި އެވެ.

"އެއީ! ހައު... ހައު ޔޫ..." އައިޝަމްގެ މޫނުމަތިން ސުވާލުގެ ތޫފާނެއް ފާއްދާލި ކަހަލަ އެވެ.

"ވާހަކަ ދެއްކިން ޑޭޑް އާ... ބުނި ޝަމް އަށް ރަނގަޅަށް ކެއަރ ކުރައްޗޭ!"

"ކޮން އިރަކު... ބައްޕަ ދުށިންތަ! މަށާ ވައްތަރުތަ؟" އައިޝަމްގެ ހިތުގައި ސުވާލަކަށް ފަހު ސުވާލެއް ފޭދެމުން ބޭރުވަމުން ދިޔަ އެވެ. އެހެނަސް އޭނާ ހަމަޖެހިލި އެވެ.

"އާ ޔޫ ކިޑިން މީ!" މޫނުމަތިން ދިޔަފެލާލަމުން ނިތަށް ދެތިން ރޫ އަރުވާލަމުން އައިޝަމް ކަނާތު މިޔަކަން އަރުވާލި އެވެ.

"ނޮޕް! ހަމަ ސީ ކޮށް! ޝަމްގެ ފައިގަ ލަކުނުތައްލީ ދުވަހު! ބަނޑޮހަށް ދަތުރުގޮސް އުޅެނިކޮށް! ބައްޕަ ބުނި ގޮތޭ މަ ހެދީ ފެއިންޓްވީމަ ވެސް!"

"އައި ސީ! ސޯ ކޮންތާކު... ބައްޕަ! ބައްޕަ! އަހަންނާ ކުރިމަތި ނުލަނީ... ވަޓް އައި ޑިޑް ޓު ހިމް؟ ހީ އިޒް ކެއަރިން އަ ލޮޓް ޓު މީދޯ... ބަޓް އައި ޑިޑް ނަތިން...!" އައިޝަމް ފެންކަޅިވި އެވެ.

"އެކްސް ކިއުޒްމީ!" އެމީހުން އޯޑަރު ދިން ތަކެތި ހިފައިގެން އައިސް ވެއިޓަރު މޭޒު ކައިރީ މަޑުކޮށްލަމުން ހުއްދަ އަށް އެދުނެވެ. ވެއިޓަރުން ދިއުމުން ހިމޭޝް ފެށި އެވެ.

"އަހަންނަށް އެބަ ވިސްނޭ އެހެންކަމެއް؟"

"ކޮން؟"

"ފޮތުގަ އޮތެއްނު 17 އަހަރުގެ ދިގު އިންތިޒާރެއްގެ ވާހަކަ"

"ހޫން... ދެން..." އައިޝަމް އިހުނަށްވުރެ ބޮޑަށް ސަމާލުވެލި އެވެ.

"އެ ހޯދަން..."

"ޔަޕް! އައިޑިއާ! ހިމޭ ފޮތް ހިފައިގެން މަންމަ ކައިރިއަށްދޭ! ގޮސް ބުނޭ ކިޔާ ނިމިއްޖޭ! އެކަމަކު ވަރަށް ސުވާލު އުފެދިފައޭ މިހުރީ! އެކޮން 17 އަހަރެއްހޭ! ކޮބާހޭ ޝަމްގެ ޑޭޑް؟"

"އޯކްޒް" ހިމޭޝް ބޯ ޖަހާލަމުން، އެ މާހައުލުގެ ތެރެއިން އެންމެން މަސްޢޫލުވެ އުޅޭ ކަންކަމުގެ ތެރެއަށް ގެނބިގެން ދިޔަ އެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރުން އެނބުރީ ދުނިޔެމައްޗަށް ކުއްލި ސިހުމެއް ގެނެސްދީފަ އެވެ. މޫސުން ޗާލު ދުވަހެއްގެ ގޮތުގައި މުޅި ދުވަހުގައި ސިއްކަ ޖެހި ނަމަވެސް އެކަން ބަދަލުވުމަށް ނެގީ ކުޑަ ހިނދުކޮޅެކެވެ. އިންޑިޔާކަނޑަށް އައި ބިންހެލުމާއެކު މުޅި މާލެއަށް ލޮޅުން އަރައިގެން ދިއުމުން ހިތްތަކަށް ވެރިވީ ބަޔާންކުރަން ނެގޭ ޒާތެއްގެ ބިރުވެރިކަމެކެވެ. ސުނާމީ އެއް އަރާފާނެކަމަށް އެކި މީޑިއާތަކުން ޚަބަރުތައް ކުދިކުރަމުންދާއިރު، ކޮންމެ މީހަކުވެސް މަސްޢޫލުވެ އުޅެމުން ދިޔައީ އެމީހެއްގެ ދަރިއެއް، ގާތްތިމާގެ މީހެއް ހުރި ނަމަ ލޮލަށް ފެންނަ ހިސާބަށް ޖަމާކުރެވޭތޯ އެވެ. އެންމެ އެއްފަހަރާ ފޯނުކުރަން ފެށުމުން އެކަމުގެ ބާރު ފޯރަމުންދިޔައީ ޚިދުމަތްދޭ ކުންފުނިތަކަށެވެ. އައިޝަމް ކޮޓަރީގެ ދޮރު ހުޅުވާލީ ދެތިން ފަހަރަކު މީހަކު ޓަކި ޖަހާލުމުންނެވެ.

"ސާބަސް އަދިވެސް ނިދަނީތަ؟ ސުނާމީ ވޯރިނިން ނެރެގެން އެލާޓަށް އައިސްގެން އެންމެ އެބައުޅޭ! ނިކަން ޓީވީ ހުޅުވާލަބަ! ވަރަށް ޓްރައި ކުރިން ގުޅަން! ގުޅޭ ގޮތެއް ނުވި! ނެޓްވޯކް ބިޒީ! އެހެންވެ އަވަހަށް މިއައީ!" ހިމޭޝް ހާސްވެ ކަންބޮޑުވެފައި ހުރިވަރުން ދައްކަމުންދިޔަ ވާހަކަތައް ދައްކަމުން ދިޔައީ އެއްވެސް ހުއްޓުމެއް ނެތި އަވަސް އަވަހަށެވެ.

"އެހެންތަ! ނުވެސް އެނގޭ! ކިހާއިރަކުން ރާއްޖެ ފޯރަނީ!" އައިޝަމްވެސް ލިބުނު ޚަބަރުން ހައިރާންވި އެވެ. އަވަސް އަވަހަށް އެނދުގައި އިށީނދެލަމުން ޓީވީ ހުޅުވާލި އެވެ.

"ކޮބާ ޝަމްގެ މަންމަ! އަނެއްކާ ބޭރުގަތަ!" ހިމޭޝް ވާހަކަދައްކަމުން ދިޔައީ އައިޝަމްއަށް ކަމުގައި ވީނަމަވެސް އޭނާގެ ލޯ ހުރީ ޓީވީގަ އެވެ.

"ނޭނގެ! ބަލާލަންވީ ދޯ! އެ ގޮވަނީ އަތިރިއަށް ނުދާށޭ! މަންމަ މޫދަށް އެރެންދާ ގަޑި މީ! އެބައަންނަން!"

= ނުނިމޭ =

 

ދެފުރާނަ އެކުވެފައިވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ