ކާވިޔާ ބޯޓުން ދަތުރުކުރި ދެމީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި — Ihavandhoo.com

ކާވިޔާ ބޯޓުން ދަތުރުކުރި ދެމީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

9 އޭޕުރީލު 2014 2

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ މަސްތުވާތަކެތި -- ފޮޓޯ: ޕޮލިސް މީޑިޔާ

އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކާވިޔާ ބޯޓުން ދަތުރުކުރި ދެމީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ޕޮލިސް މީޑިޔާއިން މައުލޫމާތު ދިންގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެކެވެ. އަދި މިމައްސަލާގައި ހައްޔަރުކުރި ފިރިހެން މީހާއަކީ ހއ. ހޯރަފުށި މީހެއްކަމަށާއި އަންހެން މީހާއަކީ ޅ. ނައިފަރު މީހެއްކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ފުލުސް މީޑިޔާ އޮފިޝަލް އިތުރަށް ބުނިގޮތުގައި މިދެމީހުން ހައްޔަރުކޮށްފައިވަނީ 8 އެޕްރީލު 2014 ވަނަ ދުވަހުގެ (އިއްޔެ) ހެނދުނު 9:20 ހާއިރުއެވެ. އަދި މިމީހުން ބަލައި ފާސްކުރުމުން މިމައްސަލާގައި ހައްޔަރުކުރި ފިރިހެންމީހާ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި މިރަބަރު ޕެކެޓް ފެނިފައިވަނީ އޭނާ ލައިގެންހުރި ޖިންސްގެ ޖީބު ތެރޭގައި އޮތް ސިނގިރޭޓް ފޮށްޓެއްގެ ތެރެއިން ކަމަށް ފުލުސް މީޑިޔާއިން މައުލޫމާތު ދިނެވެ.

މިދިޔަ އާދީއްތަ ދުވަހު މާލެއިން ފުރައިގެން އިހަވަންދޫއަށް ދަތުރުކުރި ކާވިޔާ ބޯޓުން އައި މީހަކު މިނޫހަށް މައުލޫމާތު ދެމުންބުނީ މިމައްސަލާގައި ހައްޔަރުކުރި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ބޯޓު ތަކަންދޫ ފަޅަށް ވަނުމުން ކުލަހެދުމުގައި ތިބި ފުލުހުންގެ ބަޔަކު ކަމަށެވެ. އެމީހާ އިތުރަށް ބުނިގޮތުގައި ހައްޔަރުކުރި ދެމީހުން ބޯޓުމަތީގައި އުޅުނީ ވަރަށްވެސް އެކުއެކީގަކަމަށާއި ފުލުހުން ބޯޓަށް އެރިއިރު އެދެމީހުން ތިބީ ނިދާފައެވެ.

މި މައްސަލަ ފުލުހުން މިހާރު ތަޙުޤީޤު ކުރަމުންދާއިރު މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ މާރިޗު މަހު 24 ވަނަ ދުވަހު އިހަވަންދޫން ހައްޔަރުކުރި 21 އަހަރުގެ ޒުވާނާ، މައްސަލައިގެ ތަޙުޤީޤުނިމި މިހާރު ހުރީ ދޫކޮށްލާފައެވެ.

މަސްތުވާތަކެތި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިނިމުނީ 21 އަހަރުގެ ޒުވާނާވެސް ތިހަޔަރު ކުރި މީހުންވެސް ދޫކޮއްލާ އެނިމުނީ އެޔޮތީވެފަ ......ހުއް

– 9 އޭޕުރީލު 2014 0

ތިނިމުނީ ތިކަން ހުއް ހާ ހާ ހާ

– 9 އޭޕުރީލު 2014 0