ދެނެހުރީމުތަ! ކައުންސިލުން އިޢުލާނުކޮށްފިޔޯ "މާވަހަރެއް" ހޯދަން؟

 

ކައުންސިލަށް ފާޑު ކިއުމަކީ ކުރަން އެހައި ފަސޭހަ ކަމެއް ނޫނަކަސް ނުކިޔައިވެސް ވާން ނޯންނަނީއެވެ. ކައުންސިލުން ހާވާހާ ހަޑިތަކަށް ފާޑުކިޔަކަސް ކެހިއަކަސް ބޯހަރުކަމުން ހިރުވައިވެސް ނުލާތީ ފާޑު ކިޔާ ހިތްވެސް އަމުދުން ނުވަނީއެވެ.

ކައުންސިލްގެ "ޑިރެކްޓަރ" ކަމާ ގުޅުން ހުރި ކޮންމެ ކަމެއްމެ ހިނގާނެ މަގާއި ގޮތް ބާވަތް އިހަވަންދޫ ރައްޔިތުންނަށް މިހާރު މާ ރަނގަޅަށް ސާފުވެފައި އޮންނަހެން ހީވެއެވެ. ޑިރެކްޓަރުގެ މަޤާމު ހުހަށް އޮންނަތާ ދަހެއްހާ އަހަރުވީއެވެ. އެ މަޤާމަށް މީހަކު ލިބޭތޯ ތިންހަތަރު ފަހަރަކު އިޢުލާނު ވެސް ކޮށްފިއެވެ.

އެއްފަހަރަކު ކުރި އިޢުލާނު "އެއްގަނޑުން" ކޮށްފައިވުމުން ބާޠިލްވީއެވެ.

ދެން ކުރި އިޢުލާނަށް އިޖާބަދިން ދެ ބައިވެރިންގެ ތެރެއިން މަޤާމަށް ހޮވުނު މީހާ ވަޒީފާއަށް ނިކުންނަންވެގެން ގެއިންވެސް ނިކުތްފަހުން ވަރުގަދަ ވިއްސާރައެއްގައި ޖެހި ބެދި މަގުމަތިއަޅައި، ވީކަމެއް ވެ ނިމި ވައި ހިނދި އުޑުމަތި ސާފުވިއިރު، މަޤާމުގަނޑުވެސް ގެނބި އޮބި ގެއްލި ދިޔައީއެވެ.

މޫސުން ރަނގަޅުވިތާ އަހަރުތަކެއް ވީފަހުން އަނެއްކާވެސް އިޢުލާނުކޮށްފިއެވެ. އިސާހިތަކު ހަމަ އެއްކަލަ ވިއްސާރައަށް ވިލާހަދައި ރޯޅިވާވަރުން، ކުރިމަތިލީ ބައިވެރިޔާއަށް ހަމަހިލާ ގުޑައިވެސް ލެވޭ ގޮތެއް ނުވިއެވެ.

ދަންނަ މީހަކު ގާތު ބުނެގެން އެއްޗެއް މަތުރައި ކިޔެވެއްޔެއް ކިޔަވައިގެން ވިޔަސް، އިހަވަންދޫ ކައުންސިލަށް ޑިރެކްޓަރެއް ތިލަވޭތޯ ބަލާން ވެއްޖެއަތީ ފެނެއެވެ. އެހެންޏާ ފަހެ! ބައެއް ކަހަލަ މަޤާމުތަކާ ޝައިޠޯނުން ދޯޅުވެ އަވަލުމަކީ ވެސް ވާ ކަންކަމަކީ ކަމަށް ވެދާނެ ނޫންތޯއެވެ.

ކޮންމެއަކަސް، ޑިރެކްޓަރުގެ ކަންތައް މި މަގުން ހިނގާފައި ވަނިކޮށް، އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދޭތޯ މަސައްކަތް ފަށައިފިއެވެ. ހަމަ އެއްކަލަ އާފާތާ މި ފަހަރު ވެސް ލައިގަތީއެވެ.

އިޢުލާނުގައި މަޤާމުގެ ޝަރުތު ބަޔާންކޮށްފައި ވަނީ، ދެން މާ ބޮޑުވަރު ކޮށްލައިގެންނެވެ. އަތޮޅު ކައުންސިލުގެ ޑިރެކްޓަރުގެ މަޤާމުގެ ޝަރުޠަށްވުރެ އިހަވަންދޫ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުގެ ޝަރުޠު މައްޗެވެ. ރާއްޖޭގެ އެކިއެކި ކައުންސިލްތަކާއި މިނިސްޓްރީތަކާއި އެހެން ވެސް ސިވިލް ސާރވިސްގެ މުޢައްސަސާތަކަށް އެސިސްޓެންޓް ޑިރެކްޓަރުން ހޯދުމަށް ކޮށްފައި ހުރި އިޢުލާތަކަށް ބަލާއިރު، އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނު ބޮޑުތަނުން ނުބައެވެ.

މަޤުޞަދު ދަންނާނީ ކަން ކުރިބައެކެވެ.

ޑިރެކްޓަރޭ ނަންގަނެވޭއިރަށް ލައިގަންނަ އެއްކަލަ ކަންތަކުގައި ވިދި، އެސިސްޓެންޓް ޑިރެކްޓަރޭ ހިތާ މި ފަހަރު އިޢުލާނު މި ކުރެވުނީ "މާވަހަރެއް" ހޯދަންތާއެވެ. އޭތީގެ ކަމެއްކަން މުޖައްރިބެވެ. މުޖުމަރާއެއް އަޅައިގެން ވިޔަސް ކައުންސިލު ހެޔޮ ކުރާން އެބަ ޖެހެއެވެ.

ވެދުމެވެ.

މިފަހަރު ހެދި ގޯސް ތިރީގައިވާ ތާވަލުން ވަޒަންކޮށްލައްވާށެވެ.

އިހަވަންދޫ ކައުންސިލް, ކިހައްޑިޔަ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކިތަންމެ ކަރަށް ނާރުއެރުވިުޔަސް އެމްޑީޕީ މ،ީހަކަށް ލާހިކުނޫން ތިވަޒިފާ ލިބޭތަން ދެކޭކައް

– 7 އޮގަސްޓު 2016 3

ބަލަ ކައުންސިލުތަކުގައި ތިބޭނީ ސިވިލްސަރވަންޓުން، ސިވިލް ސަރވިސް ގަވާއިދުގަ އޮންނާނެ މަޤާމުތަކުގެ ޝަރުތުތައް، ލާމަރުކަޒީ ޤާނޫނުގަ ވެސް ބުނާނެ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މައްޗަށް ހިނގާނީ ސިވިލް ސަރވިސްގެ ޤާނޫނާ ޤަވާއިދުތަކޭ․ އެހެންވީމަ ކައުންސިލަށް އަމިއްލަ އަމިއްލައަށް ޝަރުތުތަކެއް ނުހެދޭނެ․․ އޭ․އީ․ސީއަށް މި މައްސަލަ ލާނެ ބަޔަކު ނެތީތަ؟

– 7 އޮގަސްޓު 2016 0