ދެންވެސް ގޮތް ނިންމާނީ ރައްޔިތުންނެވެ. — Ihavandhoo.com

ދެންވެސް ގޮތް ނިންމާނީ ރައްޔިތުންނެވެ.

3 ޖޫން 2017 1

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ބޭފުޅުންނަށް މަރުޙަބާކިޔަމެވެ.

މިއަދު ތިއެންމެ ބޭފުޅުން ތިހަވާލުވެލެއްވީ އިހަވަންދޫގެ ކުރިމަގު ބައްޓަންކޮށް ތަރަށްޤީ ކުރުމަށް ދުއްވަމުން ގެންދަވާ ނައުކޮޅުގެ މާލިމީ ކަމާއެވެ. ކޮންމެ ރަށެއްވެސް ތަރައްޤީކޮށް ވަކި އުސްމިނަކަށް ވާސިލްވުމަށްޓަކައި އެރަށެއްގެ ކައުންސިލްގެ ދައުރު ނުހަނު ބޮޑެވެ. ސަރުކާރުގެ ތެރެއިންނާއި ސަރުކާރުގެ ބޭރުން ރަށަށް އަންނަ ޕްރޮޖެކްޓްތަށް ރާވާހިންގަން ތިބޭނީ ހަމަ ތިބޭފުޅުންނެވެ. މީ ހަމައެކަނި އޮފީހަށްވަދެ ސޮއިކޮށްލައިފައި ކޮފީއަށްގޮސް ޒުވާނުންނާއިއެކު ސެލްފީ ނަގައިލައިލުމުން ވާނެކަންކަމެއް ނުމެނޫންމެއެވެ.

ކޮންމެއަކަސް އިހަވަންދޫގެ ރައްޔިތުން ތިބޭފުޅުންނާމެދު ނުހަނު ފޮނި އުއްމީދުތަށް ކުރާނެއެވެ. އުއްމީދުތަކުގެ ކުލަޖައްސަން ދޭން ތިބީ ތިބޭފުޅުންނެވެ. ރައްޔިތުން ބޭނުންވަނީ ފައިބަރ ވިހަދުމުން ސަލާމަތްވާށެވެ. ރަތްޔިތުންނަށް އުނދަގުވާ ގޮތަށް ލޮނުމަސް އަޅާއެޅުން ރަނގަޅުކުރާށެވެ. ރަށަށް ލަފާފޭބުމަށް ފަސޭހަވުމަށެވެ. ހަމައެހެންމެ މަގުތަކުގައިވާ އަޑިގުޑަންތަށް ރަނގަޅުކުރެވި، މަގު ބައްތިތަށް އަބަދުމެ މަރާމާތުކުރެވި ދިއްލިފައި ހުރުމަށެވެ. މީ އަދި ކުޑަމިންވަރެކެވެ. މިނޫނަސް އެތަށް އެތަށް ކަމަކަށް ރައްޔިތުން ތިބީ ފެންބޮވައިގެންފައެވެ.

ވޭތުވެ ދެންނެވުނު ކަންކަމަކީ ނިމިދިޔަ ދެ ދައުރުގައިވެސް އެންމެ އެދެވޭ ހައްލެން ގެނެވިފައި ނުވުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ ކަންކަމެވެ. އެހެންކަމުން މި ފަހަރު ރައްޔިތުން އާބަސް ބުނީ ތިބޭފުޅުންނަށެވެ. ތިބޭފުޅުންގެ ހުރިވަރެއް ނިކަން ދައްކާލަބަލާށެވެ. ތިން އަހަރު ދުވަހަށް ތިބޭފުޅުންނާއި ހަވާލެވެ. ދެންވެސް ގޮތް ނިންމަވާނީ ރައްޔިތުންނެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކައުންސިލަރުން ބޮޑާވެ ތަމްސީލްކުރާ ޕާޓީގެ ބޮޑުން ބުނާގޮތަށް ކަންތައްކުރާންފަށާފިނަމަ ނިމިދިޔަކައުންސިލްހެން ގޮވާނީ އަތަށް

– 3 ޖޫން 2017 1