ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: އަތޮޅު މަދަރުސާގެ ދެވަނަ މެޗުންވެސް އެއްވަރު — Ihavandhoo.com

ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: އަތޮޅު މަދަރުސާގެ ދެވަނަ މެޗުންވެސް އެއްވަރު

2 އޮގަސްޓު 2019 0
ޢަލީ ސަމީރު (މ). އިހަވަންދޫ ޓީމުގެ މުހިންމު ކުޅުންތެރިއެއް. ފޮޓޯ: ލަޔާން އަޙްމަދު

ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗުގައި ހއ އަތޮޅު މަދަރުސާ އަދި އިހަވަންދޫ ސްކޫލު  ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ކުޅުނު ދެމެޗުން އެއްވަރުވެ 2 ޕޮއިންޓާއެކު އަތޮޅު މަދަރުސާ އޮތީ ޕޮއިންޓް ޓޭބަލްގެ 3 ވަނައިގައެވެ. މިއަދު ގެ މެޗުން އެއްވަރުވުމުން އިހަވަންދޫ ސްކޫލަށްވަނީ 4 ޕޮއިންޓާއެކު ޕޮއިންޓް ޓޭބަލްގެ އެންމެކުރި ލިބިފައެވެ.


ހައްމާދު (ވ). އަތޮޅު މަދަރުސާ ޓީމުގެ މެދުތެރެއިން މޮޅު ކުޅުކުޅުމެއް ދެއްކި. ފޮޓޯ: ލަޔާން އަޙްމަދު

އިހަވަންދޫ ސްކޫލާއި ހއ އަތޮޅު މަދަރުސާ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަތޮޅު މަދަރުސާ ޓީމުގެ ޖާޒީ ނަމްބަރ 13، މުޙައްމަދު ޙައްމާދެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ 20:30 ގައި އިހަވަންދޫ ސްކޫލް ނިކުންނާނީ މާރަންދޫ ސްކޫލާ ދެކޮޅަށެވެ. އެމެޗުން ބަލިނުވެ ނިންމާލެވިއްޖެނަމަ އިހަވަންދޫ ސްކޫލަށް ފައިނަލުގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ. ހއ އަތޮޅު މަދަރުސާއަށް ފައިނަލުން ފުރުޞަތު ލިބޭނީ މިރޭގެ ދެވަނަ މެޗުގައި ހއ އަތޮޅު ތަޢުލީމީ މަރުކަޒު އަތުން މޮޅުވެގެންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ