ދެވަނަ ސަސްޕެންޝަނަށްފަހު ކައުންސިލަރުން މަސައްކަތަށް ނުކުންނަވައިފި

4 ސެޕްޓެމްބަރު 2018 0

ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސް އެޅި ކަމަށް ބުނެ  މިއަހަރުގެ ޖޫންމަހުގެ 1 ވަނަ ދުވަހު ސަސްޕެންޑު ކުރި އިހަވަންދޫ ކައުންސިލްގެ 5 މެމްބަރުން ސަސްޕެންޝަނަށްފަހު އޮފީހަށް ނުކުންނަވައިފިއެވެ.

މިއީ މުސާރަ ނުލިބޭ ގޮތަށް އިހަވަންދޫ ކައުންސިލްގެ 5 މެމްބަރުން ސަސްޕެންޑު ކުރެވުނު 2 ވަނަ ފަހަރެވެ. 3 މަސްދުވަހަށް ސަސްޕެންޑް ކޮށްފައިވާ އިހަވަންދޫ ކައުނސިލަރުން ސަސްޕެންޝަނަށްފަހު އޮފީހަށް ނިކުތުމުން ރައްޔިތުންގެ ފަރާތުން މިފަހަރުވެސް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ސަސްޕެންޝަނަށްފަހު ކައުންސިލަރުން މިއަދު އޮފީހަށް ނިކުތުމުން ރައްޔިތުންގެ ތެރެއިން ބަޔަކުނުކުމެ ވަނީ އެބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔައި މާފަތިވެސް އަޅުވާފަ އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު މިއަދު ޖެއްސެވި ފޭސްބުކު ސްޓޭޓަސް އެއްގައި ވަނީ ދެވަނަ ފަހަރަށް ކުރި 3 މަސްދުވަހުގެ ސަސްޕެންޝަން ނިންމައި އަދަކީ އަނެއްކާވެސް ރަސްމީ މަސައްކަތަށް ނިކުމެވުނު ދުވަސް ކަމަށާއި ސަސްޕެންޝަންގެ މުއްދަތުގައި ރައްޔިތުންގެ ފަރާތުން ދެއްވި ހިތްވަރަށް ޝުކުރު ދަންނަވާ ކަމަށެވެ.

އިހަވަންދޫ ކައުންސިލް ފުރަތަމަ ފަހަރު ސަސްޕެންޑް ކޮށްފައިވާ މުއްދަތުގައި، ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ޓީމެއް އިހަވަންދޫގައި ސްޓޭޝަންވެތިބެ މަސައްކަތްތަކެއް ކުރަމުންދިޔަކަށް ފާހަގަކުރެވިފައިވެއެވެ. އެގޮތުން ކައުންސިލްގެ ސަސްޕެންޝަން ނިމުނު ރޭވެސް ދަންވަރުގެ ވަގުތުގައި، ކައުންސިލް އިދާރާގައި އަމިއްލަ ފަރާތަކަށް ބިމެއްދިނުމުގެ އެގްރީމެންޓްގެ މަސައްކަތް ކުރިކަންވަނީ އެނގިފައެވެ. ނަމަވެސް ސަސްޕެންޝަނަށްފަހު ކައުންސިލުންވަނީ އެ އެގްރީމެންޓްގެ މަސައްކަތް ކުރިޔަށް ނުގެންގޮސް އެބިންކުއްޔަށް ދިނުމުގެ މަސައްކަތް ހުއްޓާލާފައެވެ. އެއީ މާލިއްޔަތުގެ ގަވާއިދާއި ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަމައެއްކަމަށް ކައުންސިލަރުން ބުނެއެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ