ދިއްދޫގައި ބޭއްވި ޤުރުއާން މުބާރާތާއި ފުޓުބޯޅަ މުބާރާތުގެ ފައިސާގެ އިނާމު ހަވާލުކުރުމަށް އެމްޑީޕީ ދިއްދޫ ދާއިރާއިން ގޮވާލައިފި — Ihavandhoo.com

ދިއްދޫގައި ބޭއްވި ޤުރުއާން މުބާރާތާއި ފުޓުބޯޅަ މުބާރާތުގެ ފައިސާގެ އިނާމު ހަވާލުކުރުމަށް އެމްޑީޕީ ދިއްދޫ ދާއިރާއިން ގޮވާލައިފި

15 އޭޕުރީލު 2016 0

ރައްޔިތުން މަޖިލީހުގެ ހއ.ދިއްދޫ ދާއިރާގެ މެމްބަރ އަބްދުއްލަތީފް މުޙައްމަދު، 2015 ވަނަ އަހަރު ދިއްދޫގައި ބޭއްވި ޤުރުއާން މުބާރާތް އަދި ފުޓްބޯޅަ މުބާރާތުގެ ފައިސާގެ އިނާމް އޭގެ ޙައްޤުވެރިންނަށް ދިނުމަށް އެމްޑީޕީ ދިއްދޫ ދާއިރާއިން ގޮވާލައިފިއެވެ.

އެމްޑީޕީ ދިއްދޫ ދާއިރާއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުގައި، ބްރޯޑް ކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބުގެ އަމަލީ ބައިވެރިވުމާއެކު، ރައްޔިތުން މަޖިލީހުގެ ހއ.ދިއްދޫ ދާއިރާގެ މެމްބަރ އަބްދުއްލަތީފް މުޙައްމަދު، 2015 ވަނަ އަހަރު ދިއްދޫގައި ބޭއްވި ޤުރުއާން މުބާރާތް އަދި ފުޓްބޯޅަ މުބާރާތުގެ ނަތީޖާ ފާޅުކޮށް އެހެންނަމަވެސް ފައިސާގެ އިނާމް ހަވާލުނުކޮށް އެތައް މަސްތަކެއް ފާއިތުވެގެން ގޮސްފައިވާކަން އެމްޑީޕީ ދިއްދޫ ދާއިރާއިން ފާހަގަކުރަނީ ނުހަނު ކަންބޮޑުވުމާއެކުގައި ކަމަށެވެ.

އެގޮތުން ވޭތުވެދިއަ ރަމަޟާން މަހުގެ 17 ވަނަ ދުވަހު (4 ޖުލައި 2015 ވަނަ ދުވަހު) ހއ.ދިއްދޫގައި ބޭއްވި 2 ލައްކަ ރުފިޔާގެ ޤުރުއާން މުރާތުން 1 ވަނައަށްދިއަ 1 ދަރިވަރުންނަށް، ކޮންމެ ދަރިވަރަކަށް ދޭންޖެހޭ 1 ލައްކަ ރުފިޔާއާއި، އެމުބާރާތުން އެކި އުމުރުފުރާތަކުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ދޭންޖެހޭ ފައިސާގެ އިނާމްތަކާއެކު ޖުމްލަ 5 ލައްކައަށްވުރެ ގިނަ ރުފިޔާ އެދަރިވަރުންނަށް ނުދީ މިއަހަރުގެ ރަމަޟާންމަހާ ކުރިމަތިލާންޖެހޭކަމީ އެމްޑީޕީ ދިއްދޫ ދާއިރާއިން އިންތިހާއަށް ކުއްވެރިކުރާ ކަމެއްކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން 27 ޑިސެމްބަރ 2015 ގައި، އަބްދުއްލަތީފް މުޙައްމަދު ދިއްދޫގައި ބޭއްވީ “1 ލައްކަ ކަޕް” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިއްދޫ ޓީންއޭޖް ބޯއީސް ސްޕޯޓް ކްލަބާއި، ރަނަރަފް ބްލެކް ޒީނޯ ކްލަބަށް ދޭންޖެހޭ ފައިސާވެސް މިއަދާ ހަމައަށް ދީފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި އެމުބާރާތުގެ އިންތިޒާމްތަކުގެތެރެއިން ހއ.އަތޮޅުގޭގެ ކޮޓަރި ކުއްޔަށްވާ -/40000 ރުފިޔާއާއި، އެކިފަރާތްތަކުން ކްރެޑިޓަށް ހޯދާފައިވާ މުދަލާއި ޚިދުމަތްތަކަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާއަރައި، އެ ފައިސާ ދައްކާފައިނުވާތީ އެކިފަރާތްތަކުން އެމްޑީޕީ ދިއްދޫ ދާއިރާއަށް މެދުނުކެނޑި ޝަކުވާ ހުށަހަޅާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އަދި އެފައިސާ އަވަހަށް ދެއްކުމަށް އެދެފާރަތަށް ވަނީ ގޮވާލާފައެވެ.

 

ހއ. ދިއްދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ