ދިއްދޫއިން ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ފަށަނީ — Ihavandhoo.com

ދިއްދޫއިން ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ފަށަނީ

8 ޑިސެމްބަރު 2014 1

އަންނަ ޖެނުއަރީމަހުގެ ފަހުކޮޅު، ދިއްދޫއިން ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ހއ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޕާސްޕޯޓް ހެއްދުމުގެ ހިދުމަތާއި އެކު، ދިއްދޫއިން އިމިގުރޭޝަނުންދޭ ހިދުމަތްތައްވެސް ލިބޭނެކަމަށެވެ. އެގޮތުން ވިސާ ޖެހުމާއި އިތުރުން ބިދޭސީންނާއި ގުޅޭ ހުރިހާ ހިދުމަތެއްވެސް ލިބޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެގޮތުން މިދިޔަ ނޮވެމްބަރ މަހުގެ ހަތާވީހުގައި އިމިގުރޭޝަންގެ ޓީމެއް ދިއްދޫއަށް ޒިޔާރަތްކުރި ކަމަށާއި، އެބޭފުޅުންނާއި އެކު ކުރެވުނު މަޝްވަރާއިން ދެކޮޅުން ކުރަންޖެހޭ އިންޓަރނަލް މަސައްކަތް ތަކާއި އެކަމަށްބޭނުންވާ އިމާރާތަށް ތަކެތި ހޯދުމާއި އިމަރާތުގެ މަސައްކަތް ކުރިޔަށްދާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"އަޅުގަނޑު ކައުންސިލްގެ ރައީސްކަމާއި ހަވާލުވުމަށްފަހު، އަތޮޅުގެ ރައްޔިތުންނަށް މިހިދުމަތް ހޯދައިދިނުމަށް ކައުންސިލަރުންދަނީ ވަރަށްބުރަކޮށް މަސައްކަތް ކުރަމުން. އެބޭފުޅުންނަށް ހާއްސަ ޝުކުރެއްދަންނަވަން." ކައުންސިލަރުން، އެކަންފެށުމަށް ކުރައްވާ މަސައްކަތް އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.

ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝުކުރިއްޔާ ޔާމިން - ޝުކުރިއްޔާ ހއ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު․

– 9 ޑިސެމްބަރު 2014 0