ދޮލީވުޑުގެ ފިލްމުތައް-ދެވަނަވިސްނުމަކަށް — Ihavandhoo.com

ދޮލީވުޑުގެ ފިލްމުތައް-ދެވަނަވިސްނުމަކަށް

ދިވެހިންގެ ފިލްމު އިންޑަސްޓްރީ ބޮޑުނޫންކަމުގައި ވިޔަސް ދިވެހިންގެ ނިސްބަތުން ދޮލީވުޑުގައި ގިނައަދަދެއްގެ ފިލްމުތަކެއް އުފައްދައެވެ. މިފިލްމު އިންޑަސްޓްރީ ފެށިގެން އައިދުވަސްވަރުގެ ރީތި ދިވެހި ފިލްމުތައް އަދިވެސް ދިވެހިން ބަލައިހިތުން ބަލައެވެ. މިސާލަކަށް، ސިޓީ، ނަފުރަތު، ހަދިޔާ، ނުފޮޅޭމާ، ދެރިޔާ އަދި ދޮންހިޔަލަ އާއި އަލިފުޅު ފަދަ ފިލްމުތަކަކީ، ދިވެހިން އެފިލްމުތަކަކަށްޓަކައި އަދިވެސް ފަޚްރުވެރިވާނޭ ފިލްމުތަކެކެވެ.

ނަމަވެސް ޒަމާންތައް ބަދަލުވެ އަހަރަކު ދެތިން ފިލްމެއް އުފައްދަމުން އާއި އައުން ބަދަލުވެ ދިގު ފިލްމުތަކުން އެކަނިވެސް ވިއްސަކަށް ފިލްމު މިހާރުގެ ދޮލީވުޑު ފިލްމު އިންޑަސްޓުރީން އަހަރަކަށް ނެރެއެވެ. އަދި ކުރުފިލްމުތައް ބައިވަރެވެ. ނަމަވެސް ދިވެހި ފިލްމީ އިންޑަސްޓުރީން ކުރިއަށް މިދާ ދިޔުމުގައި ކަތިފިޔަވަޅެއް އަޅައިފިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެން ފަށައިފިއެވެ.

މިހެން މިދެންނެވީ ސަބަބެއް ނެތިއެއް ނޫނެވެ. މިފިލްމުތަކާއި ދޭތެރޭ ތިޔަ ކިޔުން ތެރިޔާ ވިސްނާލަބަލާށެވެ. ހިތްރޮއްވާނުލާ، ހީލަތު، ނިއުމާ، އިރުއޮއްސުމުން، ވީރާނާ، ލޯތްބައްޓަކައި، އަދިވެސް މިފަދަ ގިނަފިލްމުތަކެކެވެ.

އެއްމެ ފުރަތަމަ، ހީލަތު މިފިލްމުގައި ރީކޯމުސާ މަނިކަކީ، ބަދަލު ހިފުމުގެ ގޮތުން މީހުން މަރާ މީހެކެވެ. ހިތްރޮއްވާނުލާ މިފިލްމުގައި ޔޫއްޕެ، ޒިޔާ މަރާލައެވެ. ނިއުމާ މިފިލްގައި ފިލްމުގެ ބަޠަލާ ނިއުމާ، ނިމާލް މަރާލައެވެ. ދިވެހި ފިލްމު ވީރާނާގައި، ޔޫއްޕެ ފިލްމުގެ ދޮންބެގެ ބައިކުޅޭ ފިރިހެންމީހާ މަރާލައެވެ. ހައްތަހާވެސް މާރާމާރީއެވެ. މިއީ ދިވެހިންގެ މުޖުތަމަޢުއާ އެހާގުޅޭ މަންޒަރުތަކެއް ނޫނެވެ.

ޤަބޫލުކުރަމެވެ. ދިވެހިންގެ ތެރޭގައި މާރާމާރީ މަދެއް ނޫނެވެ. އެހެނަސް ޖެހިލުމެއްނެތި މިގޮތަށް ހަމައެއްނެތި ކިރިޔާ ކަމެއްވާއިރަށް މީހަކު މަރާލާ މަންޒަރު ފިލްމުގައި ހިމެނުން މިއީ، ދެވަނަވިސްނުމަކަށް ޑައިރެކްޓަރުން ދާންވެއްޖެކަމެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަސްލު ތި ލިޔުން އެހާ ރަނގަޅެއްނޫން...................

– 22 ޖުލައި 2014 0