މައިކަޕްގައި މަނާބޭސް ބޭނުންކުރޭ! — Ihavandhoo.com

މައިކަޕްގައި މަނާބޭސް ބޭނުންކުރޭ!

1 ޖެނުއަރީ 2014 4

ކުޅިވަރުކުޅުމުގައި މަނާބޭސް ބޭނުންކުރުމޭ ބުނެވެނީ ހަށިގަނޑަށް އެތެރެކުރެވޭ ޒައްރާއަކުން ނުވަތަ ކުރާ ކަމަކުން ނުހައްގުގޮތުގައި އިދިކޮޅުކުޅުންތެރިޔާއަށް މޮޅުވުމަށް އޮންނަފުރުސަތު ހަނިވާގޮތަށް ހަށިގަނޑަށް ގެނެވޭ ބަދަލަކަށެވެ. އަށާރަސަތޭކައިގެ ކުރީކޮޅު ދުނިޔޭގެ ކުޅިވަރު ޖަމިއްޔާތަކުންވެސް މީމާކަބޮޑުކަމަކަށް ނުދެކެއެވެ. ނަމަވެސް ފުރަތަމަ ބޮޑުހަނގުރާމައިގެ ކުރިން މަނާބޭސް ބޭނުންކުރުން ހައްދުފަހަނަ އަޅައިގެންދިއުމުގެ ސަބަބުން އެކަންވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގަންފަށާފައެވެ. މިމައްސަލަ އެހާ ސީރިއަސް މައްސަލައަކަށްވީ މަނާބޭހުގެ ސަބަބުން އެތައްކުޅުންތެރިންގެ ފުރާނަގޮސް އެއްބަޔަކު ނުކުޅެދޭ މީހުންނަށް ވީހިސާބުންނެވެ.

1999 ވަނަ އަހަރު އުފެދުނު ދުނިޔޭގެ އެންޓި ޑޯފިން ޖަމިއްޔާއިން ވަނީ މައިގަނޑު ފަސް ބާވަތެއްގެ ބޭހާއި ކެމިކަލްގެ އިތުރުން މައިގަނޑު ހަތް ކަމެއް އެއީ ކުޅިވަރުގައި މަނާތަކެތިކަމަށް ކަނޑައަޅާފައެވެ. މަނާބޭސް ބޭނުންކުރާ ނުވަތަ ޑޯފް ކުރާ ކުޅުންތެރިންނަށް ދުނިޔޭގެ ކުޅިވަރު އިދާރާތަކުން ވަރަށް ހަރުކަށި އަދަބުދެއެވެ. ރާއްޖެއަކީވެސް ދުނިޔޭގެ އެންޓި ޑޯފިން ޖަމިއްޔާގެ މެމްބަރު ގައުމެކެވެ.

މިއަހަރު މަނާބޭހާއި ވިއްދައިގެން އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ، މަނާ ބޭސް ބޭނުންކޮށްފައިވާ މަޝްހޫރު ބައިސްކަލް ދުއްވުންތެރިޔާ ލާންސް އާމްސްޓްރޯންގްގެ ކެރިއަރ ނިމިގެންދިޔަ ހިތިގޮތުގެ ވާހަކައެވެ. ކެންސަރު ބަލިން ސަލާމަތްވެ، އާމްސްޓްރޯންގެ ޓުއާ ޑި ފްރާންސްގައި ހޯދި ބޮޑު ކާމިޔާބީއަކީ ކުޅިވަރުގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެން ދިޔަ ކަމެކެވެ. އާމްސްޓްރޯންގަކީ ބައިނަލްއަގުވާމީ ގޮތުން އެންމެ ބޮޑު މަގްބޫލުކަމެއް ހޯދި ބައިސްކަލް ދުއްވުންތެރިޔާ އެވެ. އެކަމަކު 1996 ވަނަ އަހަރުން ފެށިގެން އާމްސްޓްރޯންގް މަނޭ ބޭސް ބޭނުންކޮށްފައިވާކަން އެމެރިކާގެ އެންޓި ޑޯޕިން އެޖެންސީން ފެންމަތިކުރުމުން، އާމްސްޓްރޯންގްގެ އަގު ވަނީ ވެއްޓިފަ އެވެ. މިމައްސަލާގައި ކުރިން އޭނާއަށް ލިބިފައިހުރި އެތައްޓްރޮފީއެއް ވަނީ އޭނާއަތުން އަތުލާފައެވެ.

މަނާބޭސް ބޭނުންކުރާ ކުޅުންތެރިންނަށް ބޮޑެތި އަދަބުތައްދީ އެކަން އެހާބޮޑުކުށަކަށް ހަދާފައި އޮންނަނީ އެބޭސްބޭނުން ކުރާމީހުން މޮޅުވާތީ ކަމަށް ބައެއްމީހުން ހީކުރެވެ. ނަމަވެސް އެއީ އެބޭސް ބޭނުންކުރާ އަދި ބޭނުންކޮށްފާނެ މީހުންގެ ފާދާއަކަށް ކޮފައިއޮންނަ މަނަލެކެވެ. ވީބީގެ ކޯޗު ނަޒީހު އެކުލަބުން މިއަހަރުގެ ޖޫން 12 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ދިވެހި ވަރަށްގިނަ ކުޅުންތެރިން މަނާބޭސް ބޭނުންކުރާކަމަށާއި އެއީ އެއިޑްސް އަށް ވުރެ ވެސް ނުރައްކާތެރި ކަމެއް ކަމަށާއި ދެ ތިން ގުޅަ ބޭހާ ހެދި ކުޅުންތެރިއެއްގެ ފުރާނަ ވެސް ގޮސްދާނެ ކަމަށެވެ.

ކުޅިވަރުގައި ބޭނުންކުރާ މަނާބޭސްބޭނުން ކުރުމުން އޭގެއަސަރު މުޅިއުމުރަށްވެސް ހަށިގަނޑަށް ކުރެއެވެ. ތަފާތުވައްތަރުގެ ސްޓިރޮއިޑްސް އާއީ ހޯމޯންތަކުގެ ސަބަބުން ކެންސަރަށް މަގުފަހި ކުރުވައެވެ. ދަނޑުމަތީގައި ހާޓްއެޓޭކް ޖެހިގެން މަރުވާ ގިނަ ކުޅުންތެރިންގެ މަރަކީ މަނާބޭހާއި ގުޅުންހުރި މަރުތަކެއްކަމަށް ދުނިޔޭގެ އެންޓި ޑޯފިން ޖަމިއްޔާއިން ބުނެއެވެ. މަނާބޭހުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ދަރިން ނުލިބުމާއި، ތަލަވުމާއި، ފިރިހެނުންގެ އުރަމަތި ބޮޑުވުމާއި، އެއަށް އެޑިކްޓް ވުމުގެ އިތުރުން ތަފާތުވައްތަރުގެ އިންފެކްޝަންތަކަށް މީހާ ހުށަހެޅުން ހިމެނެއެވެ.

ކޮންމެއަކަސް ދައްކަން މިއުޅެނީ މައިކަޕްގައި މަނާބޭސް ބޭނުންކުރާވާހަކައެވެ. އެކިޒާތް ޒާތުގެ މަލްޓި ވިޓަމިނުން ފެށިގެން ސްޓިރޮއިޑުސް އާއީ ފާޑުފާޑުގެ ހޯމޯންތައް އެކުލެވޭ އިންޖެކްޝަނަށް ދަންދެން، އޭގެން ރާހަތެއް ކުރާނެކަމުގެ އުންމީދުގައި މައިކަޕްގައި ކުޅޭ ބައެއްކުޅުންތެރިން އެތަކެތި ބޭނުންކުރެއެވެ. ހަގީގަތުގައި މިއީ ވަރަށް ނުރައްކާތެރި ބިރުހުރިކަމެކެވެ.

 މައިކަޕްފަދަ މުބާރާތެއްގައި މިފަދަ މަނާބޭސް ބޭނުންކުރުމުން އޭގެ ނުރައްކާތެރިކަން އެތައްގުނަޔަކަށް އިތުރުވެގެންދެއެވެ. ސަބަބުތައްބައިވަރެވެ. މައިކަޕްގައި ކުޅޭޓީމްތަކުގެ މެޑިކަލުންގެ ގޮތުގައި ތިބެނީ ޕުރޮޕެޝަނަލް ފަރާތްތަކެއްނޫނެވެ. ކުޅުންތެރިއަކަށް މަނާބޭހެއްގެ ސަބަބުން ސިއްހީ މައްސަލައެއް ދިމާވިނަމަވެސް ފުރިހަމަ ފަރުވާއަކާއި ހަމައަށް ދިއުމަށް ފުދޭވަރަކަށް ގިނަވަގުތު ނަގާނެކަމަށް ބެލެވެއެވެ.

މީގެ އިތުރުން މައިކަޕްގައި ކުޅޭ ގިނަކުޅުންތެރިންނަކީ މައިކަޕަށް ކުޅުމުގެ ތެރެއަށް ވަންނަ ކުޅުންތެރިންނެވެ. އަހަރުގެ ބޮޑުބައެއް ހޭދަކުރަނީ މާކަ ހަރަކާތްތެރި ކަސްރަތީ ދިރިއުޅުމެއްގައެއް ނޫނެވެ. މިފަދަ ކުޅުންތެރިން މައިކަޕްފަދަ ޕިޒިކަލް މުބާރާތެއް ކުޅޭއިރު މަނާބޭސް ބޭނުންކުރާނަމަ، ހިތަށް ކުރާލޯޑް އެތައްގުނަޔަކަށް ބޮޑުވެއެވެ. އެހެންކަމުން ހާޓްއެޓޭކް ފަދަ ނުރައްކާތެރި ހާލަތަކަށް ދިއުމުގެ ރިސްކް ވަރަށްބޮޑެވެ.

ކޮންމެއަކަސް މައިކަޕް ފަދަ މުބާރާތެއްގައި މަނާބޭސް ބޭނުންކުރޭތޯ ހަދާ ޑޯފިން ޓެސްޓް ހެދުމަކީ ފީސަބަލް ކަމެއްނޫނެވެ. ނަމަވެސް ކުޅުންތެރިންގެ ރައްކަލަކަށް މައިކަޕް އިންތިޒާމް ކުރާފަރާތުންވެސް ކަންތައްތަކެއް ކުރަންޖެހޭކަމަށް ދެކެމެވެ. އެގޮތުން މަކަޕްގައި ބައިވެރިވާ ޓީމްތަކުން ޓީމްލިސްޓްގައި ހިމަނާ މެޑިކަކީ ކުޑަމިނުން ފަސްޓްއެއިޑް ސެޓްފިކެޓްގަނޑެއް އޮތްފަރާތަކަށްވުން ލާޒިމް ކުރެވިދާނެއެވެ. މުބާރާތް ހިނގަމުން ދާވަގުތު އިންތިޒާމް ކުރާފަރާތުންވެސް ކުޅޭސަރަހައްދުގައި ޕްރޮފެޝަނަލް ފަސްޓް އެއިޑަރ އެއް ބެހެއްޓުން މުހިންމެވެ. މީގެ އިތުރުން ކުޅުންތެރިއަކަށް ސިއްހީ މައްސަލައެއް ދިމާވެއްޖެނަމަ ކަންކުރާނެގޮތުގެ އަވަސްފަރުވާގެ ޕްލޭނެއް ސިއްހީމަރުކަޒާއި ގުޅިންގެ ކުރިއާލާ މަޝްވަރާކޮށްފައި ބޭއްވުމަކީވެސް އަވަސްފަރުވާ އަވަސްވާނެ ކަމަކަށްވާނެއެވެ.

މަނާބެސް ބޭނުންކުރުމުގެ ނުރައްކާތެރިކަމައިމެދު ކުޅުންތެރިންނާއި ޓިމްތަކުގެ އޮފިޝަލުން ހޭލުންތެރިވެ އެފަދަ ވިއާނުދަ ކަންކަމުން ކުޅުންތެރިން ދުރުކުރުމަށް ސީދާ ޓީމްތަކުގެ މެނޭޖްމެންޓުން މަސައްކަތްކުރުން ވަރަށް މުހިންމެވެ.

މައިކަޕް 2013

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެންވީކޭ ސެމީން ބަލިވީ އިދިކޮޅުޓީމްގެގެ ޑިފެންޑަރުން އާދަޔާހިލާފު އިންޖެކްޝަނެއް އިސްތިއުމާލުކުރުމުންކަމަށް ބެލެވޭ

– 1 ޖެނުއަރީ 2014 1

އިހަވަންދޫ ކުޅުންތެރިންނެއް މަނާބޭހެއް ބޭނުމުއް ނުކުރޭ. ކާލިޔަސް ކަލަނީ ފޯސެވަލް ގުޅަޔަކާ ދެތިން ބަސްކޮޕަންގުޅަ. ތިކަންކުރަނީ ރަށުންބޭރުޓީމްތައް. ކުޑަކޮށް ބަލާލާގެން ލިއުމަށްގޮވާލަން

– 1 ޖެނުއަރީ 2014 8

އެންމެންދަންނަ ބޮޑު ސިއްރެއް

– 1 ޖެނުއަރީ 2014 2

ބަލަ ފޯސެވަލް އަކީވެސް މަނާބޭހެކޭ

– 5 ޖެނުއަރީ 2014 0