ޢީދު ވާންޖެހޭނީ ނަފްސުތައް ޝަހުވަތްތަކުން މިނިވަން ކޮށްދޭ ޢީދެއްކަމަށް - ޢީދު ޚުތުބާ — Ihavandhoo.com

ޢީދު ވާންޖެހޭނީ ނަފްސުތައް ޝަހުވަތްތަކުން މިނިވަން ކޮށްދޭ ޢީދެއްކަމަށް - ޢީދު ޚުތުބާ

11 އޮގަސްޓު 2019 0

އިހަވަންދޫގައި ބޮޑު ޖަމާޢުތުގައި މިއަދު ކުރެވުނު ޢީދު ނަމާދުގެ ތެރެއިން. ފޮޓޯ: ޢަބުދުﷲ އިރުޝާން

އަޅުގަނޑުމެން އަޟުޙާ ޢިދުގެ އުފާ ފާޅުކުރަމުންދާއިރު މިޢީދަކީ މިނިވަންކަމުގެ ޢީދެއްކަމަށާއި ޢީދު ވާންޖެހޭނީ ނަފްސުތައް ޝަހުވަތްތަކުން މިނިވަން ކޮށްދޭ ޢީދެއްކަމަށާ، ހަވާނަފްސުގެ ދަހިވެތިކަމުން މިނިވަންކޮށްދޭ ޢީދެއްކަމަށް މިއަދުގެ ޢީދު ޚުތުބާގައި ފާހަގަ ކޮށްފިއެވެ.

ޢީދު ވާން ޖެހޭނީ "ޙަސަދަވެރިކަމުންނާއި ރުޅިވެރިކަމުން ހިތްތައް ތާހިރުކޮދޭ އީދެކަށް. ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުމުން ދުރުކޮށްދޭ އީދަކަށް. " ޚުޠުބާގައި ވިދާޅުވެފައިވެއެވެ. ޢީދުގެ ދުވަސްތަކަކީ އުފާ ކުރަންވީ ދުވަސްތަކެއް ކަމަށާއި މިދުވަސްތަކުގައި ﷲގެ އަމުރުފުޅާ އެއްގޮތަށް އެކަލާންގެ ޠާޢަޠުގައި އުފާ ކުރުމަށް ޚުތުބާއި ވަނީ އިލްތިމާސްކޮށްފައެވެ.

މުންކަރާތްތަކަށް އަރާނުގަނެ ﷲ ހުއްދަކުރައްވާފައިވާ އިންތަކުގެ ތެރޭގައި ތިބެ އުފާ ފާޅުކުރުމަކީ މަނާކަމެއް ނޫންކަން ފާހަގަ ކުރައްވާ، މި ދުވަސްތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮ ފޯރުވާ، އެއްބަޔަކު އަނެއްބަޔަކާ ސަލާމްކޮށް ހިތް ސާފުކޮށް، އެއްބަޔަކުއަނެއް ބަޔަކަށް މާފު ކޮށް ހެޔޮކަންތައް ކުރުމުގައި އެއްބާރުލާ ނުބައިކަންތައްތަކާ ދުރުހެލިވެ، އެއްބަޔަކު އަނެއް ބަޔަކަށް ޒިޔާރަތް ކޮށް ޢީދު ހަދިޔާ ބަދަލުކުރުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ.  

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ