އެނަރޖީ ޑްރިންކްސް: ނަފުސާނީ ބަލިތަކުގެ ނުރައްކާ އިތުރުކޮށް، މަސްތުވާތަކެއްޗާއި ބަގުރަލަށް މަގުފަހިކޮށްދޭ! — Ihavandhoo.com

އެނަރޖީ ޑްރިންކްސް: ނަފުސާނީ ބަލިތަކުގެ ނުރައްކާ އިތުރުކޮށް، މަސްތުވާތަކެއްޗާއި ބަގުރަލަށް މަގުފަހިކޮށްދޭ!

ޒުވާނުން "އެނަރޖީ ޑްރިންކްސް" ބޭނުންކުރުމުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަންގެއްލި، ސިކުނޑީގެ ބަލިތަކާއި، މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިވެގެން ދާކަމަށް ދިރާސާއަކުން އިންޒާރު ދީފިއެވެ.

ޖާރނަލް ޕްރެވެންޓިވް މެޑިސިން ޝާއިޢުކޮށްފައިވާ ފަހުގެ ދިރާސާއަކުން ދައްކާގޮތުން، ޑިޕްރެޝަންބައްޔަށް ހުށަހެޅޭ ގިނަޒުވާނުންނަކީ މަރިޖުއާނާ އާއި ކެނަބިހުގެ މުޢާމަލާތްކޮށް ބަނގުރާބޮއެ އުޅޭމީހުންނެވެ. އަދި އެމީހުން ގިނައިން އެނަރޖީ ޑްރިންކު ބޮއިއުޅެއެވެ.

މަތީ ޘާނަވީގައި ކިޔަވާ 8210 ކުދިންގެ މެދުގައި ކުރެވުނު، މިސާރވޭއިން ދައްކާގޮތުން މިކުދިންގެ ތެރެއިން 2/3 ކުދިން އަހަރަކު އެއްފަހަރަށްވުރެން ގިނަފަހަރު އެނަރޖީ ޑްރިންކް ބޭނުންކޮށްފައިވެއެވެ. އަދި މަހަކު ފަސްފަހަރަށްވުރެން ގިނަފަހަރު އެނަރޖީ ޑްރިންކްސް ބޯފައިވެއެވެ.

މިދިރާސާއިން ކަންބޮޑުވާކަމަކީ އުމުރުން ހަގުކުދިން ބޮޑެތިކުދިންނަށް ވުރެން ގިނައިން އެނަރޖީ ޑްރިންސް ބޯތީ އެވެ.

އިގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް މިޗިގަންއިން ފާއިތުވި މަހު ކުރި މިދިރާސާއިން ދައްކާގޮތުގައި ފުރާއުމުރުގެ ކުދިން އެނަރޖީ ޓްރިންކްސް ގިނައިން ބޯނަމަ ، މަސްތުވާތަކެތި ބޭނުންކުރުމާއި ސިނގިރޭޓްބުއިމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

އެނަރޖީ ޑްރިންކްސް އާއި ޞިއްޙީނުރައްކާތަކާއި ވަރަށްބޮޑު ގުޅުމެއްވެއެވެ. މީގެ ތެރޭގައި ހިތުގެ ބަލިތަކާއި، މޭނުބައިކޮށް ހޮޑުލެވުމާއި ނުނިދުމުގެ އުނދަގޫތައް ހިމެނެއެވެ. މިހެން ދިމާވަނީ އެނަރޖީ ޑްރިންކްސްތަކުގައި ހިމެނޭ ކެފެއިންގެ މިންވަރު ގިނަވުމުގެ ސަބަބުންނެވެ. އަދި ތަފާތުތަކެތި އަޖުމަބެލުމަށްޓަކައި އަޅައިގެން ބޯނަމަ، މިނުރައްކާ ހިތުރުވެގެން ދެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެކަމަކު ހާދަ ސަޅި އެއްޗެކޭ ޕަވަރގޯލްޑަކީ. ސަރ އެއްފަހަރު ނަމަވެސް އެ ބޯލަ ބަލަ. ޔަޤީން މިލިޔުން ނަގާނެ އޭރުން.

– 12 މާރިޗު 2014 1

ޑެއިލީ މެއިލް އިން ވަރަށް ފަހުން ކުރި ދިރާސާއަކުން ދައްކަނީ ރެޑް ބުލް ބުއުމުން ކިޔަވާ ކުދިންގެ ވިސްނުން ތޫނުވެ ހިތް އަލިވެ ރަގަޅު ނަތީޖާ އިމްތިހާނު ތަކުން ހޯދަން މަގު ފަހި ވާކަމެވެ. އެހެން ވީމާ މިލިޔުން ޤަބޫލު ކުރެވޭކަށް ނެތް.

– 20 މާރިޗު 2014 1

ސޮންދު ރެޑް ބުލް ބޮނިކޮށް އިން ފޮތޯއެއް އެބައިން..

– 20 މާރިޗު 2014 0

ސޮންދު ރެޑް ބުލް އާ ނުބެހޭ..............

– 21 މާރިޗު 2014 1