އެނގުނު ތަނާއި ދުށްމަންޒަރު، ދާއިރާގެ ދަރިއެއްގެ ގަލަމުން — Ihavandhoo.com

އެނގުނު ތަނާއި ދުށްމަންޒަރު، ދާއިރާގެ ދަރިއެއްގެ ގަލަމުން

9 ފެބުރުއަރީ 2014 21

2009 ވަނަ އަހަރުގެ މެއިމަހު ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހއ. އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަޙްމަދު ޢަބުދުﷲ އެވެ. މިއަދު އިވޭ ސުވާލަކީ މެމްބަރު ކޮށްދިނީ ކޮންކަމެއްތޯއެވެ. ރަށަށް އޮތީ ކިހާވަރެއްގެ ލޯތްބެއްތޯއެވެ. މި ދާއިރާއަށް އޮތީ ކޮން ކުލުނެއްތޯއެވެ. މި ދަންނަވާލަނީ އިހަވަންދޫ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި މެމްބަރ އަޙްމަދު ޢަބުދުﷲ ކޮށްދެއްވި ޚިދުމަތްތަކުގެ ކުރު ތަފްސީލެކެވެ.

 

ހއ. މޮޅަދޫ:

  1. ރަށަށް އަރާ ފޭބުމަށް  ހަދާފައިވާ ޖެޓީ ހަލާކުވެފައިވާތީ ޖެޓީގެ 80 ފޫޓް އައުކޮށް ދިނުމުގެ މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވި
  2. ރައްޔިތުންނަށް އަގުހެޔޮ ކަރަންޓް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން އަޕަރނޯތް ޔުޓިލިޓީޒް ކުންފުނިން އެއްމެ ފުރަތަމަ އެ ޚިދުމަތް ދޭ ރަށެއްގެ ގޮތުގައި ހއ. މޮޅަދޫ ހަމަޖައްސާ އަގުހެޔޮ ކަރަންޓް ރަށަށް ލިބޭނޭ މަގުފަހިކުރުމުގެ އެއްމެހާ މަސައްކަތް ކުރެއްވި
  3. ރަށުގައި އެޅިފައިވާ ކަރަންޓް ކޭބަލް ހާލަތާ ނުބައްދަލް ވެފައިވާތީ މުޅި ރަށުގެ ކޭބަލް ބަދަލު ކުރުމުގު މަސައްކަތް ކާމިޔާބުކުރެއްވި
  4. ރައްޔިތުންގެ އިމާރާތެއްގައި އިންޖީނުތައް ބޭނުން ކުރަމުންދާތީ ކައުންސިލުން އެ އިމާރާތް ބޭނުންވާތީ އިންޖީނުތައް ބަހައްޓާނެ އިމާރާތެއް ހަދައި އިންޖީނުތައް ބަދަލުކުރުމަށް މަސައްކަތްކޮށް އެކަން ކާމިޔާބު ކުރެއްވި
  5. ރައްޔިތުން ނަމާދު ކުރެއްވުމަށް އަޅާފައިވާ މިސްކިތް ގިނަ ދުވަސްވެފައި ވާތީ އައު މިސްކިތެއް އެޅުމުގެ މަގު ފަހިކޮށް 46 އަހަރު ފަހުން ރީތި ބޮޑު މިސްކިތެއް ހޯދައިދެއްވި
  6. ގްރޭޑް 8 އުފައްދާ ދަރިވަރުންނަށް ރަށުގައި ތިބެގެން މަތީ ޘާނަވީ އަށް ކިޔެވޭނެ މަގުފަހިކުރުމަށް ރައްޔިތުން ކުރި މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެލެއްވި  
  7. މަދަރުސާގެ ޖާގާއިގެ ދަތިކަން ފިލުވުމަށް ކުލާސްރޫމެއް ހޯދައިދިނުމަށް މަސައްކަތް ކޮށް އެކަން ކާމިޔާބުކުރެއްވި
  8. ރައްޔިތުންގެ ނަމުގައި މަދަރުސާގައި އަޅަމުންދިޔަ ކޮމްޕިއުޓަރ ލެބާއި، ނަމާދު ކޮޓަރިއާއި ގުދަނެއް ހިމެނޭ އިމާރާތް ހިޔާކުރަން ބޭނުންވާ އެއްމެހާ ސާމާނު ހަދިޔާކޮށް މިއިމާރާތަށް އެކިގޮތްގޮތުން ބޮޑު ހޭދައެއް ކުރެއްވި
  9. މަދަރުސާއަށް 2 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކުރެއްވި
  10. އެކި އެކި މުނާސަބަތުތަކާ ގުޅިގެން މަދަރުސާއިން ހިންގާ ގިނަ ޕްރޮގްރާމްތަކަށް ފައިސާގެ އެހީތެރިކަން ދެއްވި
  11. ރަށުގައި ހިންގޭ ގުރުއާން މުބާރާތަށް މަލީ އެހީތެރިކަން ފޯރުކޮށްދެއްވި
  12. އާއްމު ރައްޔިތުންނަށް ދިމާވާ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުގައި ފަސްޖެހުމެއްނެތި  އެހީތެރިކަން ފޯރުކޮށް ދެއްވި
  13. ގެސްޓް ހައުސް ވިޔަފާރި ތަޢާރަފް ކުރުމަށް މިއަތޮޅުން ކަނޑައެޅި 5 ރަށުގެ ތެރޭގައި މޮޅަދޫ ހިމަނުއްވާ އެކަމުގެ މަސައްކަތް ފެށޭނެ މަގު ފެއްޓެވި
  14. ރަށުގައި ޑޮކްޓަރ އަދި ނަރުހުން ނެތި މަދުވެ ދާ ޙާލަތްތަކުގައި ކުރިންވެސް އަދި މިހާރުވެސް މަސައްކަތް ކުރައްވާ އެ ދަތި ފިލުވާދެއްވުމުގައި އިސް ދައުރެއް އަދާކުރަށްވާ
  15. ވޭތުވެ މިދާ ދައުރުގައި ރައްޔިތުންގެ ހާލު ބެއްލެވުމަށް 34 ފަހަރު ޒިޔާރަތް ކުރެއްވި
  16. ރައްޔިތުންނައި ރަށުކައުންސިލާ ބައްދަލުކުރައްވާ ރަށުގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކުރެއްވި
  17. އަންހެން ކަނބަލުން އަދި ޒުވާނުން ކުޅިވަރު ކުޅުމަށްޓަކައި ބޭނުންވާ ސަމާނު ހަދިޔާ ކޮށްދެއްވި
  18. މޮޅަދޫގެ ރައްޔިތުންނަށް ލަފާ ފުރުމަށް ދިމާވެފާއިވާ ދަތިކަން ހައްލު ކުރުމަށް 2012 ވަނަ އަހަރު ބަނދަރު ހެދުމަށް ބަޖެޓް ކުރެއްވި (ނަމަވެސް އެ އަހަރު އެކަން ނުވުމުން 2013 ވަނަ އަހަރުވެސް އަދި 2014 ވަނަ އަހރުގެ ބަޖެޓުގައިވެސް އެ ފައިސާ ހިމަނުއްވާ ބަޖެޓް ކުރެއްވި)
  19. މޮޅަދޫ ސިއްޙީ މަރުކަޒުގެ ދަތިކަން ހައްލު ކުރުމަށްޓަކައި 2014 ވަނަ އަހަރުގެ ބަޖެޓަށް މަރުކަޒު ތަރައްގީ ކުރުމަށް ބަޖެޓް ކުރެއްވި

 

ހއ. މާރަންދޫ:

  1. ރައްޔިތުންނަށް އަގު ހެޔޮ ކަރަންޓް ފޯރުކޮށް ދިނުމަށްޓަކައި މާރަންދޫ ޒުވާނުންގެ ޖަމިއްޔާއިން ހިންގަމުންދިޔަ އިންޖީނުގެ އަޕަރނޯތް ޔުޓިލިޓީޒް ކުންފުނީގެ ދަށަށް ބަދަލުކޮށް އަގުހެޔޮ ކަރަންޓް ރަށަށް ލިބޭނޭ މަގުފަހިކުރުމުގެ އެއްމެހާ މަސައްކަތް ކައުންސިލާ އެކު ކުރެއްވި
  2. ކައުންސިލުން ހިންގާ ޕްރޮގްރާމް ތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވި
  3. ރަށުގެ ޕްރީސްކޫލްއަށް 42" ފްލެޓް ޓީވީއެއް ހަދިޔާކުރެއްވި
  4. 50 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ މިސްކިތް ބާވެފައިވާތީ ރައްޔިތު އެއްމެންނަށް ނަމާދުކުރެވޭނެ ބޮޑު މިސްކިތެއް އަޅުއްވާ ދެއްވާނެކަމުގެ ވަޢުދާއެކު އެކަން ކާމިޔާބު ކުރެއްވި
  5. މާރަންދޫ ޒުވާނުންގެ ޖަމިއްޔާގެ ގެ އަޅުއްވާ ދެއްވި
  6. މާރަންދޫ ޔޫތު ސޮސައިޓީ އަށް މަލީ އެހީތެރިކަން ފޯރުކޮށް ދެއްވި
  7. ރަށުގެ ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ބޯޅަ ހަދިޔާކުރެއްވި އަދި މިހާރުވެސް ގެންދަވަނީ އެފަދަ އެހީދެއްވަމުން
  8.  ބޮޑު ބެރު ގްރޫޕަށް ބޭނުންވާ ބެރު ހޯދައިދެއްވި
  9. ރަށުގައި ހިންގޭ މުބާރާތްތަކަށާއި އަތޮޅުގައި ބޭއްވޭ މުބާރާތްތަކަށް ރަށުން ބައިވެރިވާ ޓީމްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވި
  10. މަދަރުސާގެ އާބާތުރަ ފިލުވުމަށް އިމާރާތުގެ ފުރާޅު ބަދަލުކުރެއްވި
  11. ކުލާސް ރޫމްތަކަށް ބޭނުންވާ ގޮނޑި މޭޒް މަދުވެފައިވާތީ މިނިސްޓްރީއާ ވާހަކަ ދައްކާގެން އެކަން ހައްލު ކުރެއްވި
  12. އެއްދަންފަޅިއަށް ބަދަލުކުރުމަށް މަދުވާ 4 ކުލާސްރޫމް ހޯދައިދެއްވި (މިހާރު އެ އިމާރާތުގައި ދަރިވަރުން ދަނީ ކިޔަވަމުން )
  13. ކުލާސް ރޫމްތަށް ޑިޖިޓަލް ކުރުމަށްޓަކައި "42 ގެ 5 ޓީވީ ހަދިޔާ ކުރެއްވި
  14. ކުލާސްރޫމެއް ދެބައިކޮށް ޕާރޓްޝަން ޖެހުމަށްޓަކއި -/25000 ރުފިޔާ ސްކޫލަށް ހަދިޔާ ކުރެއްވި
  15. ހިނގަމުން މިދާ ދައުރުގައި މާރަންދޫއަށް 34 ފަހަރު ޒިޔާރަތް ކުރެއްވި
  16. ރައްޔިތުނާއި ކައުންސިލާ ބައްދަލުކޮށް ރަށުގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރެއްވި
  17. އާއްމު ރައްޔިތުންނަށް ދިމާވާ ހާލަތްތަކުގައި ފަސްޖެހުމެއްނެތި  އެހީތެރިކަން ފޯރުކޮށް ދެއްވި
  18. މާރަންދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ ހެދުމަށް ބޭނުންވާ ބަޖެޓް 2012 ވަނަ އަހރު ހިމެނުއްވި (ނަމަވެސް އެކަންވެސް އެ އަހަރުވަނީ ނުކުރެވިފަ)
  19. މާރަންދޫ މަދަރުސާގެ ކޮމްޕިއުޓަރ ލެބްގެ ފެންވަރު ރަނގަޅުކުރުމަށް 2014 ވަނަ އަހަރު ވަނީ ބަޖެޓް ކުރެވިފަ

 

ހއ. އިހަވަންދޫ:

  1. 2009 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް އިހަވަންދުއަށް ދެވަނަ ފަހަރަށް ހޯދައި ދިނުމުގެ އިސްދައުރެއް އަދާކޮށްދިނުމުގެ ސަބަބުން ރަށުގެ ތަރައްޤީއަށް އޯޕަން ސްޓޭޖަކާއި ކުޑަކުދިންގެ ޕާރކެއް ހެދި ބަނދަރުމަތި ތަރައްޤީ ކުރެވުނު
  2. އިހަވަންދޫ މަދަރުސާގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ 3 ބުރީގެ 12 ކުލާސް ރޫމް އެޑިއުކޭޝަން މިނސްޓްރީއާ ވާހަކަދައްކާއިގެން ހޯދުމުގެ އަމަލީ މަސައްކަތް ކުރެއްވި
  3. މަދަރުސާގެ އަލަށް އިމާރާތްކުރި 12 ކުލާސް ރޫމަށް ބޭނުން ގޮނޑި މޭޒު ހޯދުމަށް މަދަރުސާއާ ގުޅިގެން މަސައްކަތްކޮށް އެކަން ކާމިޔާބު ކުރެއްވި
  4. ރަށުގެ ބަނދަރު ހަލާކުވެފައި ވަނިކޮށް 2010 ވަނަ އަހަރު ރަށާއި އެކަށީގެންވާ ބޮޑު ބަނދަރެއް ފެއްޓުމަށް މަސައްކަތް ކުރައްވާ އެކަން ކާމިޔާބު ކުރެއްވި
  5. މަސްވެރިންނަށް އައިސްލިބޭނެ މަގު ފަހިކުރުމަށް ޓަކައި ހުއްޓިފައިވާ އައިސްޕްލާންޓްގެ ޚިދުމަތް ދިނުމަށް މަސައްކަތްކޮށް އެކަން ކާމިޔާބު ކުރެއްވި
  6. ރަށުގެ ބަނދަރު ހަދަމުންދިޔައިރު އެމް.ޓީ.ސީ.ސީން ބަނދަރު ހެދުމަށް ބޭނުންވާ ހިލަ، ހިލަވެލި، ސިމެންތި އަދި ދަގަނޑު ފަދަތަކެތި ހުސްވެ މަސައްކަތް މަޑުޖައްސާލަންޖެހިދާނެކަމަށް ބުނުމުން އަމިއްލަފުޅު ޚަރަދުގައި ކްރެޑިޓަށް 2.5 މިލިއަން ރުފިޔާގެ ތަކެތި އެމް.ޓީ.ސީ.ސީއާ ހަވާލުކުރި، އަދި މިފައިސާގެ ބޮޑުބައެއް އަދިވެސް ވަނީ ނުލިބި
  7. ރަށުގައި އުފެދޭ ކުނި އުކާލުމާ ނައްތާލުމަށް ފަސޭހަ މަގެއް ހޯދުމަށް ސަރުކާރަށް ލިބިފައިވާ މަދު މެޝިނަރީޒްތަކުގެ ތެރެއިން އެ ތަކެތި ދޫކުރެއްވި މަދު ރަށްތަކުގެ ތެރޭ އިހަވަންދޫ ހިމަނުއްވާ 2 ޕިކަޕާއި ޑަސްބިންފަދަ ތަކެތި  2011 ވަނަ އަހަރު އިހަވަންދޫއަށް ހޯދައިދިނުމުގެ މަސައްކަތް ކުރެއްވި، އަދި މިކަމުގެ ސަބަބުން ރަށުގައި އިތުރު ވަޒީފައި އުފެދިގެންދިޔަ
  8. 2012 ވަނަ އަހަރު ވެރިކަން ބަދަލުވެފައި ވަނިކޮށް އިހަވަންދޫ ގައި 3 މިލިއަން ރުފިޔާގެ ބޮޑު ޕްރީސްކޫލެއްގެ ބިންގާ އަޅުއްވާ އެމަސައްކަތް ކުރައްވަން ފެއްޓެވި
  9. 2012 ވަނަ އަހަރު މަދަރުސާގެ 11 ކުލާސް ރޫމު ޑިޖިޓަލް ކުރުމަށް  "42 ގެ 11 ފްލެޓްސްކްރީން އެއްމެ ފުރަތަމަ ހަދިޔާކުރެއްވި
  10. މަދަރުސާގެ އަހަރީ ދުވަސްތަކައި މަދަރުސާއިން އެދޭ ކަންކަމުގައި މަލީ އެހީތެރިކަން ފޯރުކޮށްދެއްވި
  11. އިމަގު ޖަމިއްޔާގެ ގެ އެޅުމަށް ބޭނުންވާ ފައިސާ ލިބޭނެ މަގު ތަނަވަސް ކޮށްދެއްވި
  12. އިމަގު ޖަމިއްޔާއިން ހިންގާ ގިނަ ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ވެދެއްވި
  13. ރަށުގައި ހިންގޭ ކުޅިވަރު ޕްރޮގްރާމްތަކަށާއި ބައިވެރިވާ ޓީމްތަކަށް މަލީ އެހީތެރިކަން ފޯރުކޮށްދެއްވި
  14. ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ބޯޅަފަދަތަކެތި ގިނަ އަދަދަކަށް ހަދިޔާކުރައްވަމުން ގެންދެވި
  15.  2011 ވަނަ އަހަރު ނަރުދަމާ މަސައްކަތް ފެށުމަށް ބޭނުންވާ ސާރވޭ ރިޕޯޓައި ރިޓަން ޑޮކިއުމެންޓްތަށް ވޯކްސް ކޯޕްރޭޝަންއާ ހަވާލުކޮށް އެމަސައްކަތް ނިންމެވި
  16. ޓެލެމެޑިސިންގެ ޚިދުމަތް މުޅިރާއްޖޭގައި ފެއްޓުމުގެ ގޮތުން އެ ޚިދުމަތް އެއްމެ ފުރަތަމަ ފަށާ 30 ރަށުގެ ތެރޭ އިހަވަންދޫ ހިމަނައި، 2011 ވަނަ އަހަރު ސިއްޙީ މަރުކަޒަށް ޓެލެމެޑިސިންގެ ޚިދުމަތް ތަޢާރަފް ކުރުމުގެ މަސައްކަތް ކާމިޔާބު ކުރެއްވި
  17. ސިއްޙީ މަރުކަޒު ބޮޑުކުރުމަށް ފްލޯރ ޕްލޭން ކުރެވި، ރައީސުލް ޖުމުހޫރިއްޔާގެ ސަމާލުކަމަށްގެނެސް އެކަން ކުރުމުގެ ހުއްދަ 2012 ވަނަ އަހަރަށް ތާވަލް ކުރެވުނު
  18. 2012 ވަނަ އަހަރުގެ ބަޖެޓްގައި އިހަވަންދުގެ ނަރުދަމާއަށް ބޭނުންވާ 27 މިލިއަން ރުފިޔާ ބަޖެޓްގައި ހިމެނުއްވި (ވެރިކަން ބަދަލުވުމުން އެމަސައްކަތް އޮތީ ހުއްޓިފައި)
  19. 2012 ވަނަ އަހަރު ނަރުދަމާ އެޅުމަށް ބަޖެޓްކުރި ފައިސާއިން އެކަން ނުވެ އޮތުމުން 2013 ވަނަ އަހަރުވެސް އެ ފައިސާ ބަޖެޓްގައި ހިމެނުއްވުމަށް ވަކާލާތު ކުރައްވާ އެކަން ކާމިޔާބު ކުރެއްވި. ނަމަވެސް 2013 ވަނަ އަހަރުވެސް އެކަން ކުރުމަށް ސަރުކާރު އޮތީ ފަސްޖެހިފައި) އަދި 2014 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓްގައި ނަރުދަމާ ހިމެނިފައި ނެތުމުން މިއަހަރުގެ ބަޖެޓަށްވެސް ނަރުދަމާ ވަނީ ބަޖެޓް ކޮށްފަ
  20. ސްޕޯޓްސް ކުލަބަށް 2 ލައުޑް ސްޕީކަރާއި 1 އެމްޕްލިފަޔަރ ހަދިޔާ ކުރެއްވި
  21. ހިނގަމުން މިދާ ދައުރުގައި އިހަވަންދުއަށް 34 ފަހަރު ޒިޔާރަތް ކުރައްވާ ރައްޔިތުންގެ ހާލު ބެއްލެވި
  22. ކައުންސިލާއި އަންހެނުން ކޮމެޓީއާއި ބައްދަލު ކުރައްވާ ރަށުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި
  23. ރައްޔިތުންނަށް ދިމާވާ ކަންކަމުގައި އެ ވަގުތަކަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވި
  24. ރައްޔިތުންގެ ބޭސްފަރުވާގެ ކަންކަމުގައި އެދޭ ހުރިހާ ފަރާތްތަކަށް ފަސްޖެހުމެއްނެތި ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެން އެހީތެރިކަން ވެދެއްވި
  25. ރަށުގެ ޕޮލިހުން ބޭއްތިބުމަށް ރައްޔިތުންގެ ނަމުގައި ހަދަމުންދިޔަ އިމާރާތް ނިމުމުން އެ އިމާރާތަށް ޕޮލިހުން ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބުކޮށް ރަށު ބަޖެޓަށް ފައިސާ ލިބޭނެ މަގެއް ތަނަވަސްކޮށްދެއްވި

 

މިއީ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މި ދާއިރާއަށް ކޮށްދެއްވި ލޯމަޗަށް ފެންނަހުރި ހަގީގަތްތަކެވެ. ރައްޔިތުންނާއި މުޢާމަލާތުކުރުމުގައި ރުޅި އިސްކުރެއްވި މަންޒަރެއް ނުދެކެމެވެ. ކޮންމެ ރައްޔިތަކު ގުޅުއްވިޔަސް ފޯނަށް ޖަވާބުދާރީވުން އެއީ މެމްބަރުގެ ވަޖިބެއްގެ ގޮތުގައި ދެކިގެން އެކަންކުރައްވައެވެ. ވަކި ކުލައެއް ވަކި ފިކުރެއްގެ މީހެއް ތަފާތުކުރެއްވި މަންޒަރެއް ނުދެކެމެވެ. އިދިކޮޅު ފަރާތްތަކާ ގާތްގުޅުމެއް ބޭއްވުމަކީ މެމްބަރުގެ އުފަލެއްކަމުގައި ދެކިލައްވައެވެ. މަޖިލިސްތެރޭ ނަމޫނާ ދައްކަވާ އިހަވަންދޫ ދާއިރާގެ އިއްޒަތް ހިފެހެއްޓެވި މެމްބަރެކެވެ. މަޖިލިސް ހަލަބޮލިވެގެން ދިޔަ ކޮންމެ ދުވަހަކު ހިކުމަތްތެރިކަމާ އެކު އަމަލު ކުރައްވާ ދާއިރާގެ ރައްޔިތުން އުފާކޮށްދެއްވިއެވެ. އިންސާނީ ކަރާމަތަށް އިޚްތިރާމް ކުރައްވާ ކޮންމެ ފަންތިއެއްގެ މީހާއާވެސް ގުޅޭ މެމްބަރެކެވެ. ރައްޔިތަކު ހާލުގައި ޖެހި ސަލާމުގެ އަތެއްދިއްކޮލި އެއްވެސް ރައްޔިތަކަށް އެހީތެރިކަމެއްވެ ނުދީ އެމީހަކު ފޮނުއްވާ ނުލައްވައެވެ.

ވެރިކަމުގައި އެމް.ޑީ.ޕީ އޮތްއިރުވެސް އަދި ވެރިކަން ވައްޓާލިފަހުންވެސް އިހަވަންދޫ ދާއިރާގެ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީ ތަކާއެކު މަސައްކަތްކުރެއްވިއެވެ. ނަތީޖާ ހަސިލްކުރުމުގެ ބޭނުމުގައެވެ. އިހަވަންދޫ، މާރަންދޫ، މޮޅާދުގެ ރައްޔިތުންނަށް އުޖާލާ ކުރިއެރުމެއް ހޯދާދިނުމުގެ މާތް މަގުސަދުގައެވެ. ދާއިރާއަށް ނިސްބަތްވާ ދަރިން މިނިސްޓްރީ ތަކުގައްޔާއި މަތީ މަގާމުތަކުގައި ތިއްބެވި ނަމަވެސް ވޭތުވެ މިދިޔަ 2 އަހަރު ދުވަހު ރަށަށް ކުޑަ ތަރައްގީއެއް ގެންނަން އެއްވެސް މަސައްކަތެއް ކުރެވިފައި އެބައޮތްތޯއެވެ. ކޮންމެ އިންތިޚާބަކަށްވުމުން ރަށްފެނި ދާއިރާގެ ލޯބި ޖެހި އުތުރި އަރަންފެށިއަކަސް އިހަށްނުވި ލޯތްބެއް ފަހަކުން ނުވެވޭނެއެވެ.

ދާއިރާގެ ދައިރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު މެމްބަރު އަޙްމަދު އަބުދުﷲ އަށްޓަކައި ފަޚްރުވެރިވަމެވެ. މި ދާއިރާގެ ރައްޔިތުންގެ އިޙްސާސް އެންމެގާތުން ދަންނާނެ އެކަކީ އަޅުގަނޑެވެ. ދާއިރާގެ ރައްޔިތުންނާ އޮންނަ ގާތްގުޅުން އެނގެއެވެ. އެ ރައްޔިތުން ވަނީ ދިރިއުޅުމުގެ އުފަލާއި ހިތްދަތިކަން މެމްބަރާ ހިއްސާ ކޮށްފައެވެ. ދާއިރާގެ ވަންތަ ކުލުނު މިއަދު މެމްބަރުގެ ހިތުގައި އެބައޮތެވެ. އަބަދުމެ ކުރާމަޝްވަރާއަކީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކުރާ މަޝަވަރާއެވެ.

އުއްމީދަކީ 2014 ވަނައަހަރުގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮޑި ކާމިޔާބުކުރާ މަންޒަރު ދެކުމެވެ. އުއްމީދަކީ އިހަވަންދޫގެ ތަޢުލީމީ ހަޔާތަށް ގެންނަވަންފެއްޓެވި ބަދަލުގެ ނަތީޖާ ލިބިގެން ދިޔުމެވެ. އުއްމީދަކީ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދަވާދެއްވާނެކަމެވެ. އުއްމީދަކީ ސަރުކާރު ޖަވާބުދާރިކޮށް އިހަވަންދޫ ދާއިރާއަށް ތަރައްގީ ގެނައުމަށް މަސައްކަތްކުރާތަން ދުށުމެވެ. އުއްމީދަކީ ރައްޔިތުންނާއި ގުޅޭ ހިތްހެޔޮ މެމްބަރުގެ ޚިދުމަތް އަދި އެއްފަހަރު ލިބިގެން ދިޔުމެވެ. އުއްމީދަކީ ރައްޔިތުންގެ ގިލަންވެރިކަމަށް އަވަސް ހައްލު ހޯދައިދޭ މެމްބަރާއިއެކު ދާއިމީ ގުޅުމެއް ބަދަހި ވާތަން ބެލުމެވެ. އުއްމީދަކީ މުޅި އިހަވަންދޫ ދާއިރާގެ ގިނަ ރައްޔިތުން ބޭނުންވާގޮތަށް މި ދާއިރާގެ ޢިއްޒަތް ހިފަހައްޓާނެ މެމްބަރަކަށް ވުމެވެ.  އުއްމީދަކީ ތިޔަ ކުރައްވާ މަސައްކަތަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުމެވެ.    

      "އުއްމީދުގެ އަލިކަން އެގެނައި ކުޑަކުޑަ ސިއްރުން

            އުއްމީދު އުފައްދާއިފިޔެ މުޅި ދޭހަށެ ރަމްޒުން"

މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސަޅި.. މެމްބަރުގެ ޚިދުމަތަށް ޝުކުރިއްޔާ! އަސްލު މީހުން ދައްކާ ވާހަކައަށް ވުރެން ކަންހިނގާ ގޮތް ބެލުން ވަރަށް މުޙިއްމު.. މަގޭވޯޓް ދޭނަން

– 9 ފެބުރުއަރީ 2014 8

މަގޭވޯޓް ދޭނަން

– 9 ފެބުރުއަރީ 2014 3

ތަކަންދޫ އަހުމަދަށް މިފަހަރު ނޫނެކޭ ބުނަމާ! ތީގެ ތެރެއިން ގިނަ ކަންތައްތަކަކީ ދޮގު......މުހައްމަދު ރަޝީދަށް ހަގީގަތް ހާމަ ކުރުމަށް ގޮވާލަން....

– 9 ފެބުރުއަރީ 2014 11

އިހަވަންދުއަށް ކޮށްދިންކަމަށް ތިޔަބުނާ ކަންތައްތަކަކީ އަޅުގަޑު ކޮށްދިން ކަންތައްތައް. އޭގެ ތެރެއިން އެންމެ ކަމެއް ފިޔަވައި. އެއީ 9 ވަނަ ނަންބަރުގައި އެވާ ޓީވީ ތަކުގެ ވާހަކަ. އެއީ ހަމަ އެކަނި އޭނަ ކޮށްދިން ކަމަކީ. ދެން ހުރިހާ ކަމެއް ކުރީ އަޅުގަޑު. އަޅެ އަޅުގަޑު އެކަން ނުކޮށްދޭކަން ސާބިތު ކޮށްދީބަލަ. އަޅުގަޑު ދުނިޔޭގައި ހުއްޓަވިއްޔަ ތިޔަބުނާ ކަންތައްތައްވީ. އެހެންވީމަ އެއީ އަޅުގަޑު ކޮށްދިން ކަންތައްތައް.

– 9 ފެބުރުއަރީ 2014 6

ވަރަށް ސައްކު!!!، ޢިހަވަންދޫގައި އޮންނަނީ އިމަގު ޖަމްޢިއްޔާ އެކަނި ދޯ؟ މިއިން ދޭހަވަނީ............

– 9 ފެބުރުއަރީ 2014 6

އެހެން ރަށްރަށުގެ ޖަމިއްޔާތަކަށް ޚަރަދު ކޮށްދިން ވާހަކަ އެބައޮތް ދެއްތޯ؟ އިހަވަންދޫގެ 2 ޖަމިއްޔާއަކަށްވެސް؟ ކޮށްދިން ކަންތައް 5 އަހަރާނުބައްދަލް... އެހެން ދާއިރާތަކުގެ ހާލަތު ބަލާލަބަ... ހަމަ އަޙްމަދު ކޮށްދީފައިވާ ކަންތަކަށް އަހަރެން ސެލިއުޓް ކުރަން.. މަ ހުވާ ވޯޓް ދޭނަން

– 9 ފެބުރުއަރީ 2014 3

މުޙައްމަދަށް ފެންނަނީ ފުޓްބޯޅަ މުބާރާތަށް ވީމަ.. ދެން ހަނދާންނެތެނީ.. ކޮބައި ރަށަށް ވީކަމެއް.. ދާއިރާގެ ދަރި އިހަވަންދޫ ސުކޫލުން އެދުނު ކަނތަކުގައިވެސް ދިނީ ފުރަގަސް.

– 9 ފެބުރުއަރީ 2014 4

ސަޅި އިނގޭ...ޒިންދާބާދް އަހުމަދު އަބްދުﷲ

– 9 ފެބުރުއަރީ 2014 2

ރަށުގެ ކޮންމެ ފަރުދަކުވެސް ރަށަށް ނުކުރާ ލޯތްބެއް އެހެން ރަށަކަށް ނުކުރާނެ؟ ރަށު ކޮންމެ މީހަކުވެސް ލޯބިވާންވާނީ ރަށު ދަރިއަކަށް؟މުޙައްމަދު ރަޝީދު ތީތި ކަޑައޭ؟ތިގޮލާ އުމުރުހަމަވެ އެއްލާލަން ވެއްޖެ؟

– 10 ފެބުރުއަރީ 2014 5

ކައުންސިލުންނާއި އަތޮޅު ކައުންސިލުން ކުރިކަމެއް އެހެން ވީމަ ނެތްތާ...

– 10 ފެބުރުއަރީ 2014 2

އިހަވަންދޫ ޖަންގަލީ ގުރޫޕް ހުރި ގޮތަެއް ވޯޓް އަޅާނަން

– 10 ފެބުރުއަރީ 2014 3

ސަރުކާރުން ކޮށްދިން އެއްވެސް ކަމެއް ނެތްތާ ދޯ؟ ތިން ރަށަށް ކުރެވުނު ހުރިހާ ކަމެއް އެއީ އަހުމަދު ޢަބްދުﷲ ކުރި ކަންތައް... ދެން މަ ހީހީ....

– 10 ފެބުރުއަރީ 2014 3

ދޮގު ހަދައިގެން އޮޅުވާލައިގެން، ރައްޔިތުން ވާ ވައްދައިގެން.... ތީގައި ގިނައީ އޮޅުވާލުންތައް... ކަންނުވެ ނަންވާން ނޫޅެބަލަ.. އެމްޑީޕީ ސްޓައިލް

– 10 ފެބުރުއަރީ 2014 2

ހަގީގަތް ހާމަ ކުރީމަ މިހާރު މުޙައްމަދު ރަޝީދު ކަޑަވީ... މޯޑު އަށް އެނގޭނެ ވަރަށް ގިނައެއްޗެހި. އެއްމެ ފުރަތަމަ މިރަށުގެ ޒުވާން ސިޔާސީ ލީޑަރަކީ މޯޑް.. އައިމް ޕްރައުޑް އޮފްހިމް. ދާއިރާގެ ދަރިއަކު މިފަދަ ލިޔުމެއް ލިޔާނީ ސަބަބުތަކެއް ހުރީމަ.. މަވެސް ވޯޓް ދޭނަން

– 10 ފެބުރުއަރީ 2014 1

ދާއިރާގެ ދަރިންނަށް ދިމާކުރަން އަގުވައްޓާލަން ތިފަދަ ލިޔުން ތަށް ލިޔާނެ ކަމެއްނެތް. މުހައްމަދު ރަޝީދެއް ދެނެއް ނުހޮވާނަން.. މަ ކުރިން ވޯޓް ދިނިން.. ދެން ނުދޭނަން..

– 10 ފެބުރުއަރީ 2014 2

އަމިއްލަ ޖީބަށް ބޮޑުވާ މިހުން ފިޔަވައި އެހެން ބަޔަކު ތަކަންދޫ އަށް ވޯޓެއް ނާޅާނެ

– 10 ފެބުރުއަރީ 2014 5

މަގޭވޯޓް ކަށަވަރު. އިހަވަންދޫ ރައްޔިތުން ވޯޓްލާގެން އަދި މިވަރުގެ މެމްބަރަކު ނޮހޮވާ. އަދިވެސ ހޮވާނަން، ވޯޓް ދޭނަން، ދާއިރާ ގޮޑީ ދާއިރާދެކެ ލޯބިވާ ދަރިއަށް.

– 10 ފެބުރުއަރީ 2014 2

ތަކަންދޫ އަހުމަދަށް މިފަހަރު ސަޅި.. މެމްބަރުގެމަގޭވޯޓް ދޭނަން

– 11 ފެބުރުއަރީ 2014 1

އަޙުމަދު އަކީ ރައްޔިތުންގެ މެމްބަރެއް

– 11 ފެބުރުއަރީ 2014 1

ކޮބާތޯ ޒުވާނުން އެއްކުރަށްވާފަ ވީ ވައުދު. ބޯޅަދަނޑުގަ ފެންސުޖަހައި ލައިޓުޖަހާ ވިނަ އިންދައިދޭން ވީ ވައުދު.....މިފަހަރުވެސް ވައުދު ނުފުއްދާ އަންނަންޖެހުނީ ޒުވާނުން ކާރިއަށެއްނު....ދެން ލަލަލާ...ހުވާ ނުދޭނަން ވޯޓެއް

– 16 ފެބުރުއަރީ 2014 1

ހަމަ ހުސް ފޮނި ވާހަކަ... ތިޔަ ލިޔެފައި އޮތީ ވެރިކަމުގައި އޮވެ އަދި ވެރިކަމުން ވައްޓާލި ފަހުންނޭ... ކަލޭ މެންނަށް ތިއޮތީ މާ ބޮޑަށް ސިޔާސަ ވެފައި.. ދެން ކޮން ހަޤީޤަތެއް ހާމަކުރަން ކެރޭނީ. މިއީ ތަކަންދޫ މީހެގެ ހައިސިއްޔަތުން މަ ބުނާ ވާހަކައެއް

– 17 ފެބުރުއަރީ 2014 1