އެންމެ ހިދުމަތްތެރި ޖަމިއްޔާއަކަށް އިމަގު ޖަމިއްޔާ

1 ޑިސެމްބަރު 2015 1

އެންމެ ހިދުމަތްތެރި ޖަމިއްޔާއަށްދޭ އެވޯރޑާ އިމަގު ޖަމިއްޔާއިން ހަވާލު ވަނީ. ޓީވީއެމް ވިޑިއޯ އިންނަގާފައިވާ ސްކްރީންޝޮޓެއް

ހއ. އަތޮޅުގެ ރަށްރަށަށް ނިސްބަތްވާ ކުލަބު ޖަމިއްޔާ ތަކުގެ ތެރެއިން އެންމެ ހިދުމަތްތެރި ކުލަބު ޖަމިއްޔާ އަކަށް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ) ހޮވިއްޖެ އެވެ.

އެންމެ ހިދުމަތްތެރި ޖަމިއްޔާއަކަށް އިމްގު ޖަމިއްޔާ ހޮވިފައިވާ ކަން އިޢުލާނު ކޮށް އެވޯރޑު ދީފައި ވަނީ 2014 ވަނަ އަހަރު ތިލައުތުރު އުއްތަމަ އަރުތަވެރިންގ ގޮތުގައި ހޮވިފައިވާ ފަރާތްތަކަށް އިނާމާއި އެވޯރޑު ދިނުމަށް ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ރޭ ބޭއްވި ބޭއްވި ރަސްމިއްޔާތުގައެވެ. މިއެވޯޑު އިމަގު ޖަމއިްޔާއާ ހަވާލުކޮށްދެއްވީ ހޯމްމިނިސްޓަރ އުމަރު ނަސީރު އެވެ. އަދި އިމަގު ޖަމިއްޔާގެ ފަރާތުން މިއެވޯރޑާ ހަވާލުވެލެއްވީ އިމަގު ޖަމިއްޔާގެ މިދައުރުގެ ރައީސް މޫސާ ޢަލީ އެވެ.

ހއ. އަތޮޅު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިއެވޯޑު ދިނުމުގައި ބަލާފައި ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒުގައި ރެޖިސްޓުރީ ކޮށްފައިވާ ހއ. އަތޮޅުގެ ރަށްރަށަށް ނިސްބަތްވާ ކުލަބު ޖަމިއްޔާ ތަކުގެ ތެރެއިން އެންމެ ހިދުމަތްތެރި ކުލަބު ޖަމިއްޔާ އަކަށެވެ. މިއެވޯޑު ދިނުމުގައި އެކުލަބު ޖަމިއްޔާއިން ޖަމާއަތަށް ފައިދާހުރި ކަންކަން ކޮށްދެއްވާފައިވާ މިންވަރާ ފެންވަރަށް ބެލިފައި ވާނޭކަމަށް އަތޮޅު ކައުންސިލުން ހާމަކުރެއެވެ.   

ރޭގެ ރަސްމިއްޔާތުގައި ޖުމުލަ 52 ފަރާތަކަށް އެވޯޑު ދީފައި ވެއެވެ. މިގޮތުން އެވޯޑު ދީފައިވާ ދާއިރާތަކުގެ ތެރޭގައި، އަތޮޅުގެ އެންމެ ވިސްނުންތޫނު ދަރިވަރު، އަތޮޅުގެ އެންމެ ކާމިޔާބު އެދުރު، ސުކޫލު ޕުރޮގުރެސް އެވޯރޑު، ސުކޫލު އެޗީވުމެންޓް އެވޯރޑު، ޖަމާއަށް އެންމެ އަގުހުރި ހިދުމަތް ކޮށްދެއްވި ފަރާތް، އެންމެ ހިދުމަތްތެރި ޖަމިއްޔާ އަދި އެންމެ ހިދުމަތްތެރި ރަށު ކައުންސިލް ހިމެނެއެވެ.

އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަރުހަބާ އިމަގު․

– 1 ޑިސެމްބަރު 2015 0