އިސްރާއިލުން ކޮންމެ ތިންދުވަހަކުން ފަލަސްތީނުކުއްޖެއް މަރާލާ! — Ihavandhoo.com

އިސްރާއިލުން ކޮންމެ ތިންދުވަހަކުން ފަލަސްތީނުކުއްޖެއް މަރާލާ!

ވޭތުވެދިޔަ 18 އަހަރުތެރޭ، އިސްރާއިލުން ކޮންމެ ތިންދުވަހަކުން ފަލަސްތީނުކުއްޖެއް މަރާލާކަމަށް ފަލަސްތީނުގެ އިންފޮމޭޝަން މިންސްޓްރީން ހާމަކޮށްފިއެވެ. އެމިނިސްޓްރީން ހާމަކުރާގޮތުގައި 2000 ވަނައަހަރުގެ ސެޕްޓެމްބަރު މަހު، ދެވަނަ އިންތިފާޟާގެ ހަރަކާތްތައް ފެށުނުފަހުން 2013 ވަނައަހަރުގެ އެޕްރީލްމަހާ ހަމައަށް، ފަލަސްތީނުގެ 1,518 ކުދިންވަނީ އިސްރާއިލްގެ ސިފައިންގެ ހަމަލާތަކުގައި މަރުވެފައެވެ.

އެމިނިސްޓްރީން އިތުރަށް ހާމަކުރާގޮތުގައި ދެވަނަ އިންތިފާޟާގެ ހަރަކާތްތައް ފެށުނުފަހުން އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި އަނިޔާވި ކުޑަކުދިންގެ އަދަދު ވަނީ 6000 ހަށް އަރާފައެވެ.

އިޒްރޭލުގެ ތިން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ކުދިން މަރާލާފައި ވަނިކޮށް ފެނުނުތާ އެއް ދުވަސް ފަހުން މިއަދު ހެނދުނު ފަލަސްތީނު ކުއްޖަކު ވަގަށް ނެގުމަށް ފަހު މަރާލާފައި އޮއްވާ ވަނީ ފެނިފައެވެ. އިޒްރޭލުގެ ތިން ކުދިން ގެއްލިގެން ހޯދުމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ހިންގި ބޮޑު އޮޕަރޭޝަނުގައި އެކަނިވެސް ވަނީ ފަލަސްތީނުގެ ހަތަރު މީހަކު މަރާލައި 400 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އަދި ވައިގެ މަގުން ވެސް އިޒްރޭލުން ވަނީ ހަމަލާ ދީފަ އެވެ.

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ