އެކްސްކެވޭޓަރަށް މައްސަލަ ދިމާވެ ބަނދަރުގެ މަސައްކަތް މަޑުޖެހިއްޖެ

7 ޖޫން 2020 0

އިހަވަންދޫގެ ބަނދަރު ބޮޑުކުރުމާއި، މަރާމާތުކުރުމުގެ މަސައްކަތުގައި ބޭނުންކުރަން ފެށި އެކްސްކެވޭޓަރަށް މައްސަލަ ދިމާވެ، ބަނދަރުގެ މަސައްކަތް މަޑުޖެހިއްޖެއެވެ.

ބަނދަރުގެ މަރާމާތު މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަމަތަ ޕުލޭން ކޮށްފައި އޮތީ ބަނދަރުގެ އިރު ދެކުނު ކަނުގައި ބޭރުތޮށި އެތެރެއިން ލާފައި އޮތް ވެލިގަނޑު ނެގުމުގެ މަސައްކަތް ކުރުމެވެ. މިކަމަށްޓަކައި އެސަރަހައްދައް އެހެލާފައި ހުރި ޑިންގީ ފަދަ ކުދި އުޅަނދުތައް ނަގާ، އެސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ވެސް ނަގާފައި ވެއެވެ. ބަނދަރުގެ މަސައްކަތް މިހިނގާ ޖޫންމަހުގެ 3 ވަނަ ދުވަހު ފެށިނަމަވެސް އެކްސްކެވޭޓަރަށް ދިމާވި މައްސަލައާއެކު މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަނދަރުގެ މަސައްކަތުގައި ބޭނުންކުރާ އެކްސްކެވޭޓަރގެ ދޮން ބޮޑުވާތީ ފުލް ލޯޑުގައި މަސައްކަތް ނުކުރެވޭ ކަމަށެވެ. އިތުރަށް ބެލުމަށްފަހުވެސް މަސައްކަތް ކުރިއަށްގެންދެވޭތޯ ބެލިކަމަށް ރަޝީދު ވިދާޅުވިއެވެ.

ދެން ބަނދަރުގެ މަސައްކަތް ކުރިއަށް ދާނީ އިތުރު ވެހިކަލް ތައް ލިބެގެންކަން ފާހަގަ ކުރައްވަމުން ރަޝީދު ވިދާޅުވީ، މިމަހުގެ 10 އާއި 12 އާ ދޭތެރޭ އިތުރު ވެހިކަލް އަދި މަސައްކަތައް ބޭނުންވާ އެހެނިހެން ސާމާނު ރަށަށް ގެންނާނެ ކަމަށެވެ. "އިރާދަކުރެއްވިއްޔާ އެހިސާބުން މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާނެ" މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ބަނދަރު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ