ފާފަ ފުއްސެވޭ ކަންތައްތައް - 4 — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ފާފަ ފުއްސެވޭ ކަންތައްތައް - 4

ޙަރާމް ކުރެއްވި ކަމެއް ކުރެވުމުން توبةވުމަށްވުރެ ﷲ އަމުރު ކުރައްވާފައިވާ ކަމެއް ދޫކުރެވުމުން توبةވުން މާބޮޑަށްވެސް މުހިއްމު ވެގެންވެއެވެ.

ޝައިޚުލްއިސްލާމު އިބުނުތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މީސްތަކުންގެ ތެރެއިން ގިނަމީހުން توبةވަނީ ހަމައެކަނި އެމީހުންނަށް ފާޙިޝް ޢަމަލެއް ކުރެވުމުން ނުވަތަ އެފަދަ ކަމަކަށް އަރައިގަނެވޭފަދަ ކަމެއް ކުރެވުމުން ނުވަތަ އަތުންނާއި ދުލުން އަނިޔާވެރި ކަމެއް ކުރެވިއްޖެ ކަމުގައިވާނަމައެވެ. އެހެން ނަމަވެސް އެމީހެއްގެ އީމާންކަމާއި ގުޅިފައިވާ ފާޅުވެގެންވާ ނުވަތަ ވަންހަނާވެގެންވާ، ފާޙިޝްކަންތައްތަކަށްވުރެ ބޮޑެތި، ﷲ ތަޢާލާއަށާއި އެ އިލާހުގެ ރަސޫލާ އަށް ލޯބިވުންފަދަ ގަދައަށް އަމުރުވެގެންވާ ވާޖިބުކަމެއް ދޫކުރެވިއްޖެނަމަ، توبةވުމުގައި ގިނަމީހުން ވަނީ ޣާފިލުވެގެންނެވެ. އެފަދަ ކަންތައްތަކުން توبةވުމަށް ބޭނުންޖެހިފައިވާ ހާލުވެސްމެއެވެ. އެހެނީ، މިފަދަ ކަންތައްތަކަކީ ޙަޤީޤަތުގައި އީމާންކަމާއި ގުޅިފައިވާ ކަންތައްތައް ކަމަށްވެފައި، އޭނާކުރާ އެހެން ފާހިޝް ކަންތައްތަކަށްވުރެ މިކަމުގެ ގެއްލުން ބޮޑުވާ ކަންކަމަށްވާތީ މިފަދަކަންކަމުން توبةވުން އެއީ މާ އަޢްލާވެގެންވާ ކަމެކެވެ. އަދި މިފަދަ ކަންތައް ތަކަކީ އެންމެ ބޮޑަށް އަމުރުވެވިގެންވާ، އަދި ކުރެވޭ އެންމެމަތިވެރި ހެޔޮކަންތައް ކަމުގައިވާތީވެސް މެއެވެ. ހަމަކަށަވަރުންވެސް توبةވުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް ކޮންމެ ވަގުތެއްގައިވެސް توبةވެގެންވާ ކަމެކެވެ. އެހެނީ އިންސާނާއަކީ އަބަދާއި އަބަދުހެން ﷲ އަމުރުކުރައްވާފައިވާ ކަންކަމަށް ފަރުވާކުޑަކުރެވި އަދި އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންކަމަށް ހުށަހޮޅިފައިވާ މީހެއްކަމުގައި ވާތީއެވެ. ވުމާއެކު އެފަދަ ހުރިހާ ކަމަކުން ދާއިމީ ގޮތެއްގައި توبةވާން ޖެހޭނެއެވެ.

ފާފަ ފުއްސެވޭ ކަންތައްތައް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ