ފައިސާ ފޮއްޖެއް ކަރުގައި ތާށިވި ކުއްޖެއް ސަލާމަތް ކޮށްފި

27 ޖުލައި 2015 0

ސައުދީ އަރަބިއްޔާގެ 4 އަހަރުގެ ފިރިހެންކުއްޖަކަށް ފައިސާ ފޮއްޗެއް ދިރުވާލެވި ކަރުގައި ތާށިވުމުން ޑަކުޓަރުން އެކުއްޖާ ސަލާމަތް ކޮށްފިއެވެ.

ސަޢުދީއަރަބިއްޔާގެ ޖިއްދާގެ ހޮސްޕިޓަލަކަށް، ނޭވާލުމަށް ދަތިވެ އެއްވެސް އެއްޗެއް ނުކެވިގެން ދެއްކި 4 އަހަރުގެ މިފިރިހެންކުއްޖާގެ އެކްސްރޭ އިން ދެއްކީ އެކުއްޖާގެ ކާތަކެތި ހިނގާހޮޅީގައި (Esophagus) ފައިސާފޮތި ތާށިވެފައި ވަނިކޮށެވެ.

ކުއްޖާގެ ކަރުން ފައިސާ ފޮތި ނެގުމަށްޓަކައި 30 މިނިޓްގެ ދިގު އޮޕަރޭޝަން އެއް ކޮށްފައިވާ ކަމަށް ސައުދީގެ ނޫސްތަކުން ރިޕޯރޓުކުރެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ