ފަނޑިޔާރުގެ އިސްލާހު ކުރުމަކީ ޤައުމުގެ ރައީސްގެ ވާޖިބެއް. ރައީސް ނަޝީދު — Ihavandhoo.com

ފަނޑިޔާރުގެ އިސްލާހު ކުރުމަކީ ޤައުމުގެ ރައީސްގެ ވާޖިބެއް. ރައީސް ނަޝީދު

21 މާރިޗު 2014 3

ރައީސް ނަޝީދު އިހަވަންދުއަށް ކުރެއްވި ދަތުރުފުޚެއްގެ ތެރެއިން. ފޮޓޯ: އިހަވަންދޫޑޮޓްކޮމްފައިލް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު އެމްޑީޕީން ތަނަވަސް އަޤުލަބިއްޔަތަކުން ކާމިޔާބުކޮށް ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހު ކުރާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރޭ އެމްޑީޕީން އާރޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ނިންމުމަށް ބޭއްވިި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން.

ފަނޑިޔާރުގެ އިސްލާހު ކުރުމަކީ ޤައުމުގެ ރައީސްގެ ވާޖިބެއް ކަމަށާއި އެވާހަކަ ނުދައްކަވާ ހުންނަވާގެން ނުވާނެ ކަމަށެވެ. އަޅުގަނޑުމެންގެ ތެރޭގައި އިންސާފު ނެތި ފައިވާ ކަމަށް ވިދާޅުވެ " އިންސާފު ނެތިފައިވާ ވަރަކީ ފަނޑިޔާރުން އަމިއްލަފުޅަށް ފާޅުގާ އެބަ ވިދާޅުވޭ އެބޭފުޅުންނަށް ރިޝަވަތު ދޭ ވާހަކަ. ހަމަ އެހެންމެ ފާޅާއި ސިއްރުގައި އަޅުގަނޑުމެންނަށް އެނގެން އޮތީ ފަނޑިޔާރުން، އެބޭފުޅުންގެ ދިރިއުޅުއްވުން އުޅުއްވަމުން އެގެންދަވަނީ، އެބޭފުޅުންނަށް ލިބޭ މިންވަރުން ނޫންކަން." ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ ޢަބުދުﷲ ޔާމީނަށް ރައީސް ނަޝީދު ވިދާޅވެފައި ވަނީ " މަނިކުފާނޭ، ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަ ނުދައްކާ ތިބުމަކީ ދިވެހިރާއްޖޭގެ އިސްތިޤުލާލަށްވެސް އަދި މާތްވެގެންވާ އިސްލާމް ދީނުގެ ރުކުން ތަކާވެސް ހިލާފު" ކަމެއް ކަމަށެވެ.

މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިގޮތް ސަޅިއޭ. ކޮންމެ ހަބަރަކާއެކީ ވާނެ އޯޑިއޯކޮޅެއް ލާން. ވަރަށް ސަޅި.

– 21 މާރިޗު 2014 0

ރައީސް ނަޝީދު ދެކެ ލޯބިވާ އެންމެން ކެންޑިޑޭޓު 4 ށް ވޯޓު ދީ،

– 21 މާރިޗު 2014 1

އެހެންވެގެންދޯ ރައީސް ނަޝީދުގެ 3 އަހަރުގެ ވެރިކަމުގައި، ސްޕްރީމްކޯޓަށް އަމިއްލަ އަށް ނަންފޮނުވި 7 ފަނޑިޔާރުން ނަކީ، އެހާ ތާކުންތާކުނުޖެހޭ ބަޔަކަށް ހަދާ، އެމީހުން ޤާބިލްކަން ނާޤާބިލްކަމަށް ބަދަލުކުރީ.

– 25 މާރިޗު 2014 0