ފަރުވާގެ ސިޓީ – ދެ ވަނަ ބައި — Ihavandhoo.com

ފަރުވާގެ ސިޓީ – ދެ ވަނަ ބައި

އެދުވަހާއި އެރޭގެ ތިންދަމު ވަރަށް ގަދަޔަށް އަހަރެން ވިސްނީމެވެ. ރެޑޭ އާ ދޭތެރޭ އެވެ. ތަފާތު ޚިޔާލުތައް ކުރީމެވެ. ގަސްގަހާގެހީގެ ހިޔަލުގަ އެވެ. މާމެލާމެލީގެ ވަހާ އެކު އެވެ. އަހަރެމެން އަހަންނަށް ނުލަފާ ޚިޔާލެއް ކުރެވުނެވެ. ގޭގެ ހުޅަނގު ފަރާތުގައި ހުންނަ ޖަނބުރޯލު ގަސްދަށުގައި އޮއްވަ އެވެ. ރޭގަނޑު ދިހައެއް ޖަހާ އެހާއިރު އެވެ. ދުވަހަކު ވެސް އެކަހަލަ ކާފަރު ޚިޔާލެއް އަހަރެންގެ ބޮލަކަށް ސަވާރެއް ނުވެ އެވެ. ހަމަ އެއާއެކު އަހަރެންގެ ގަޔަށް ތެތްފިނި ގަނޑެއް ވެއްޓުނެވެ. އެ ޚިޔާލުގައި އަހަރެން ގެބެމުން ދަނިކޮށް، އަހަރެންގެ ގުނަވަންތައް އައްސި ވުމުގެ އިހްސާސްތަކެއް ކުރެވުނެވެ. އަހަރެން ކީ ފޮތެއްގައި އޮވެ އެވެ. މިއީ ވަކިކަމަކާ ދޭތެރޭ ވިސްނީމާ ހިތުގެ ވިންދު އަވަސްވެ ލޭގެ ސްޕީޓް ބާރުވީމާ ވާގޮތެކެވެ. އެހެންވެ އަހަރެން އެހާކަންބޮޑެއް ނުވެ އެވެ. އަހަރެން މިތާ އެތައް އިރަކު އޮތަސް ގެއަށް ވަންނަން ބުނާނެ މީހަކު ނެތެވެ. ގޭ ވަނީ ފަޅު ވެފަ އެވެ. މަންމަ އާއި ބައްޕަ ވަނީ މާލޭގަ އެވެ. ބައްޕަގެ ލޭގެ ކެންސަރަށް ފަރުވާ އަކަށް ގޮހެވެ. ކޮއްކޮ ރުކުސީ ވަނީ މީހަކާ އިނދެގެން ފިރިމީހާ ގާތުގަ އެވެ. ދައްތަ، ކުރުސީ ވީ މަންމައާ ޖެހުނު މައްސަލަ އެއްގައި ގެއިން ނުކުމެގެން ގޮހެވެ. މިހުރިހާ މީހުން ވެސް ވަރަށް މިސްވެ އެވެ. ނަމަވެސް އަހަންނަށް ރެޑޭ މިސްވަނީ މާ ބޮޑަށެވެ. ގޭގައި އުޅެނީ މާމަ އާއި އަހަންނާއި ކޮއްކޮ ޖާދު އެވެ.

ކުއްލިއަކަށް ޖަނބުރޯލް ގަހަށް ވާލެއް ތިރިކޮށްލިހެން ހީވި އެވެ. ޓަސްލާފަ ގަހަށް އެސޮރު ޖެހިގަތީ އެވެ. ޖަނބުރޯލްކާށެވެ. ގަހުގެ ބައެއް އަފިތައް ވެސް ހުންނަނީ އިތާވެފަ އެވެ. ޖަނބުރޯލް އަޅާފައިވާލެއް ބޯކަމުންނެވެ. ގަސްދޮށަށް ވެރިފައި ހުންނަ ޖަނބުރޯލް ވެސް ގިނަ އެވެ. ދުވާލު ކާޅުގެ ބަލާ ބޮޑެވެ. ރޭގަނޑު ވެއްޖެ ނަމަ ވާލުގެ އުނދަގޫ ބޮޑެވެ. ދުވާލު ވެސް އަދި ރޭގަނޑު ވެސް ޖަނބުރޯލް ގަސް ދޮށުގައި ފިނިކޮށްލަން މަޑުކޮށްލެވޭވަރެއް ނޫނެވެ. ދުވާލު ކާޅު ބޮގުޖަހާތީ އެވެ. ރޭގަނޑު ވާލު ގޮރުހަނޑާ ތީ އެވެ. ޖަނަވާރުންނަކީ އިންސާނުންނަށް ބަލާ ބައެއް ނޫނެވެ. ކޮންމެ ފަދަ ވިޔާ ނުދާ ކަމެއް ވެސް ކޮށްފާނެ އެވެ. ޖެއްސުން ވެސް އިންތިހާއަށް ކުރެ އެވެ. އަހަރެންގެ ފައި ޖޯއްޔަށް ކޮޅަށް ޖެހުނެވެ. ވާލު ގަހަށް ޖެހިގަތް އަޑަށެވެ. އެކަން ވީގޮތެއް ބުނެދޭކަށް ނޭގެ އެވެ. އަހަރެން އޮތީ ހެއްލާ ޖޯއްޔެއްގަ އެވެ. ހަމަ އެއާއެކު ދެއަތް ބަނދެވުނު ހެންވެސް ހީވި އެވެ. މުޅިހަށިގަނޑުގައި އެއްޗެއް ދުވާހެން ހީވި އެވެ. ފިނި އިހްސާސްތަކެއްގައި އޮއްވައި ކުއްލިއަކަށް ފޯނު ރިންގްވާ އަޑު އިވުނެވެ.

އަހަރެމެން ރަށަށް ފޯނު ތަޢާރަފްވީ 1997 އެހާ ހިސާބުގަ އެވެ. ރަށުގައި ހުންނަނީ ދެ ބޫތެވެ. ފަހުން 4 ބޫތުވެ. މީހުން އިންތިޒާރުގައި ތިބެ އެވެ. ބޫތަށް ފޯނެއް އާދޭތޯ އެވެ. ބޫތުގެ ރިންގް އަޑުއިވޭ އިރަށް ދުވެފައި ގޮސް ނަގަ އެވެ. ކުޑަކުއްޖަކު ރޯން ފެށީމާ މައިން ދަރިފުޅަށް ދޭ ސަމާލުކަން ބޫތުގެ އަތްގަނޑަށް ދެ އެވެ. މޯބައިލް ފޯނު ތަޢާރަފްވެ ފޯނު އާއްމުވުމުން ފޯނު ވަނީ އުނދަގުލަކަށް ވެފަ އެވެ. ރިންގް ވިޔަސް ނަގާހިތެއް ނުވެ އެވެ. ގޮތް ނޭނގޭ ނަންބަރެއް ނަމަ، ނުވެސް ނަގަމެވެ. ޖެއްސުމަށް ވެސް މީހުން އަހަންނަށް ގުޅަ އެވެ. އެހެންވެ ފޯން ނެގީ ކަންނެތް ގޮތަކަށެވެ. ގުޅަނީ ކޮން ނަންބަރަކުންތޯއެއް ނުބަލަމެވެ. މިދަންވަރު ގުޅާނީ ދަންނަމީހެކެވެ. ކޮންމެވެސް މުހިންމު ބޭނުމެއްގަ އެވެ. ފޯނު ނެގުމާއެކު ކަންފަތުގައި ޖެހުނީ ރެޑޭ ގެ އަޑެވެ. އަހަންނަށްވުރެ ކުރިން ރެޑޭ ވާހަކަ ދެއްކި އެވެ. މިސް ކޯލް ދެނީ ކީއްވީ ތޯ އެހި އެވެ. އެނެއްކާ ކަމެއް ގޮސްވީ ތޯ ވެސް އެހި އެވެ. ކަމެއް ބޭނުން ވީ ތޯ ވެސް އެހި އެވެ. ރެޑޭ އަށް އެނގޭނެ އެވެ. އަހަރެން ގޭގައި އުޅޭނީ އެކަނި ކަމެވެ. އެހެންވެ ރެޑޭ ކަންބޮޑުވީ އެވެ. އަދިވެސް ރެޑޭ އަހަންނާ ދޭތެރޭ ވަރަށް ވިސްނާކަން އަހަންނަށް އެނގެ އެވެ.

އަހަރެން ވަރަށް ކަންބޮޑުވެފައި ބުނީމެވެ. ނުގުޅަމެވެ. އެއިރު 1230 ވަނީ އެވެ. ރަށުގެ އެންމެން ނިދާ ފިޔަވަޅު އޮބިއްޖެ އެވެ. އަހަރެން ވަރަށް ހާސްވާ ގޮތް ވެއްޖެ އެވެ. ބިރުވެސް ގެންފި އެވެ. ރެޑޭ އަށް އަހަރެން ނުގުޅާތާ ދެ މަސްވެދާނެ އެވެ. ނަމަވެސް މިއަދު އުލިގަމު އަސަރަފް ބުނެގެން ރެޑޭގެ ނަންބަރު އޭނައަށް SMS ކުރީމެވެ. ދެން ރެޑޭ އަށް ގުޅެން ވީ ގޮތެއް ނޭގެ އެވެ. ނޫނީ ރެޑޭ އަށް އޮޅުނީ ބާއެވެ. ރެޑޭ އަކަށް ނޯޅޭނެ އެވެ. އަހަރެންގެ ނަންބަރެއް ނަމެވެ. އަހަރެންގެ ވަހެއް ކުލަ އެވެ. އަހަރެންގެ ފޯނުގެ ޑައިލް ވަރަށް ފަރުވާތެރިކަމާއެކު ޗެކްކުރީމެވެ. ކޮޓަރީގެ ބޮޑު ބޮކި ދިއްލާގެންނެވެ. ދޮރުލައްޕައިގެންނެވެ. ތަޅުވެސް ލައިގެންނެވެ. ތެދެކެވެ. 3 ފަހަރު ޑައިލް ކުރެވިފައި އެބައިނެވެ. ރެޑޭ އަށެވެ. ދެވަނަ ފަހަރަށް ޗެކްކޮށްލަން އުޅުނީމެވެ.

ކުއްލިއަކަށް ދެ ބުޅާ މަގު މަތިން ކޯޅިގެން ި އެވެ. އަހަންނަށް ވެސް ހަޅޭ ލާވާ ގަނެވުނެވެ. ބޭއިހްތިޔާރުގަ އެވެ. ބުޅާ ގޮވާ އަޑު އިވެ އެވެ. "ނިއައު، ނިއައު ނިއައު،" އެވެ. އެއަޑުން އަހަންނަށް ދޭހަވި އެވެ. އެސޮރު އެބުނަނީ މިހާރަކު އާދެވޭކަށް ނެތް ވާހަކަ އެވެ. ދުރުގައި އުޅެން މަޖުބޫރު ވެއްޖެ ވާހަކަ އެވެ. އަހަންނަށް ވެސް އެނގެ އެވެ. ރެޑޭ ކުއްލިއަކަށް މީހަކާ އިނީ ކޮންމެހެން އިންނާކަށް ނޫނެވެ. ކޮންމެވެސް ގޮތަކުން މަޖުބޫރުވެގެންނެވެ. ރެޑޭ ލޯބި ވަނީ އަހަރެން ދެކެ އެވެ. އަހަރެން ވެސް ލޯބިވަނީ ރެޑޭ ދެކެ އެވެ. ރެޑޭ ވެސް އަހަންނާ ވަރަށް ވާހަކަ ދައްކަން ބޭނުންވާކަން އެނގެ އެވެ. އެކަނި ތަނަކުން ބައްދަލުވެއްޖެނަމަ، ވަރަށް ގިނަ ވާހަކަ ދައްކަން އުޅެ އެވެ. ލޯބީގެ ލަދުރަކި ގޮތެއް ހުރެ އެވެ. މީހުން ތިބިއްޔާ ދަންނަ ކަމަށްވެސް ނަހަދަ އެވެ. ނަމަވެސް އަހަރެމެންގެ ލޯބީގެ ގުޅުމަކީ މިހާރު މުޅި ރަށަށް އެނގޭ ބޮޑު ސިއްރެކެވެ. އެހެންވެ، ރެޑޭ އަށް ނުދަންނަ މީހަކަށް ވެގެން ދުރުގައި އުޅެން މަޖުބޫރު ވީ އެވެ. އޭނާގެ ތިން ކުދިންނަށްޓަކަ އެވެ. ކައިވެނި ކުރިއިރު އަންހެނުން ދެކެ ލޯބި ނުވިޔަސް، ތިން ކުދިން ލިބޭއިރު އަންހެނުން ދެކެވެސް ލޯބި ހުންނާނީ ވެފައިކަން ގަބޫލުކުރަމެވެ. އެހެންވެ، އަހަރެން އިޝާރާތެއް ކޮށްލިއަސް ރެޑޭ ބުނާނެ ހެން ހީވެ އެވެ. ބުޅާ ގޮވައިލި ހެންނެވެ. "ނޯ ނޯ ނައު ނައު" އެވެ. މިހާރަކު ނޫނެވެ. ފަހުންނެވެ.

ރެޑޭއާ ދޭތެރޭ ބައެއް ފަހަރު ހައްދު ފަހަނަ އަޅާ ވަރަށް ވިސްނެ އެވެ. އެފަދަ ދުވަސް ދުވަހު އަހަންނަށް ވަރަށް އުނދަގޫވެ އެވެ. އޮޅުން އަރަ އެވެ. ބުނަން ދަތި އިޙްސާސްތަކެއް ކުރެވެ އެވެ. ކުރުސީ ދައްތަ މީހަކާ ނީންނަ އިރު، ހަނދުބޮޑުވާ މޫސުމުގައި އަނގަ ގަދަވެ، މޮޔަގޮވަ އެވެ. އެކަންބޮޑުވަރުވެ، ހޭނެތި ދޫ ހަފަ އެވެ. ގަޔަށް ބާރު އަރުވާ ދަތްޕިލާފިތި ތުންފަތް ހަފަ އެވެ. ދައްތަ ރަނގަޅު ވަނީ މާމަ ފެންފޮދެއް ކިޔަވައި ބޯންދެނި ކޮށެވެ. މާބޮޑުވަރުވާ މަސްމަހު ހިލަކުޑޭ ގެނެސް ޖިންނި އަށް ކަންކުރަނިކޮށް ނޫނީ ރަގަޅު ނުވެ އެވެ. ކުޑަބެއަކީ ފާޅުވެސް ބަލާ މީހެކެވެ. ކުޑަބެ ފާލުބަލައި ބުނިކަމަށްވެ އެވެ. ކޮންމެވެސް އެއްޗެއް ކާންދީފައި ހުރިކަމަށެވެ. އެފަދަ ކަމެއް ނުވެ ވަރަށް ގިނަދުވަސް ފަހުން އަހަރެން ކުރުސީ ދައްތަ ގާތުގައި ބުނީމެވެ. ދައްތައަށް މީހަކު އެއްޗެއް ދިންހެއްޔެވެ؟ ދައްތަ ވަރަށް ހަނދާންކޮށްފައި ކިޔާދިނެވެ. ވަރަށް ކުރިން އަހަންނަށް މީހަކު ފޭރެއް ދިނެވެ. ވަރަށް މީރު ފޭރެކެވެ. ފަހުން އެމީހަކު ދައްތައާ ރައްޓެހިވާން ވެސް އެހި އެވެ. ދައްތަ ރައްޓެއްސެއް ނުވަމެވެ. އަހަރެން އެހީމެވެ. އެއީ ކާކުހެއްޔެވެ؟ ދައްތަ ޖެހިލުންވެފައި ވަނީ އެއީ އާސަ ގޯތި އަބްދުﷲ އެވެ.

މިހުރިހާ ކަމެއް ވިސްނުމަށް ފުރޭނެން ފެށުމުން އަހަރެން ހިތަށް އެރި އެވެ. އަހަންނަށް ވެސް ހިސްޓީރިޔާގެ އުނދަގޫ ވަނީ ބާ އެވެ. ނަމަވެސް މިހެންވާން ފެށުމުން އަހަންނަށް ލުޔެއް ލިބެ އެވެ. ރެޑޭ އަހަންނަށް ފޮނުވި ސިޓީ ކިޔާލުމުންނެވެ. މާމަ ކިޔަވާ ފެންތަށިން ދައްތައަށްވާ ލުއި އަހަންނަށް ރެޑޭގެ ސިޓީން ލިބެ އެވެ. އެހެންވެ އެސިޓީ އަހަރެން ގެންގުޅެނީ ވަރަށް ފޮރުވައިގެންނެވެ. އަހަރެންގެ ސިއްރު އަލްބަމްގައެވެ. އަލަމާރީގެ ކުޑަ ވަތްގަނޑުގައެވެ.

އަލަމާރިން އެސިޓީ ނެގީމެވެ. ރޭގަނޑުގެ ފަހު ދަން ފާއިތުވި އިރުވެސް ލޮލަށް ނިދިނައިސް ގެންނެވެ. އެއްޗެހި ލެވޭތަނެއް ވެސް މިހެން ވަނިކޮށް ހަނދާނެއް ނުހުރެ އެވެ. އެހެންވެ ތަޅުދަނޑި ހޯދުމުގެ ތެރޭގައި ރެޑޭއަށް ގުޅުނު ގޮތް ވެސް އެގިއްޖެ އެވެ. އަހަންނަށް ޖޯލީގައި އޮވެވުނީ ފޯނުގެ އިންފްރާ އަތަށް ލައިގެންނެވެ. އެއަށް އޮބެނީ އެވެ. (ނުނިމޭ)

ފަރުވާގެ ސިޓީ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ