ފަށާކަން ނުވޭތޯ! — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

60 ދުވަސް

ފަށާކަން ނުވޭތޯ!

ސަލާމަތް ހޯދުމަށް ފަށާކަށް ނުވެހޭ

މަލާމަތް އެދުވަހުން ނުލިބޭނެ ގޮތެއްގާ

 

ހަލާކުވެ ޖިސްމުތައް ފަނާވާ ދުވަހަކުން

ބަލާއެއް ނުޖައްސާ ގެންދާނެ ގޮތެއްގާ

 

ހިތާމޭ ފިދާކޮށް ކުރަންވީ ހަށިގަނޑުން

ނިތާމޫނު ޖައްސާ ސަޖިދަތައް ކުރުމުގާ

 

އަޒާބުން ވެވޭތޯ ނަޖާދެން އެދުވަހުން

މަޖާތައް ނުކޮށްވީ ޒިކުރާތައް ކުރުމުގާ

 

ކިޔާނޭ ހަނދާތަރި ދުނިޔެއާ ފަނާވޭ

ކުރާށޭ އެދުވަހަށް ހެޔޮއަމަލް ކުރީގާ

 

ނިދާފާ ތަންމަތީ އަރާމަށް ތިބުމަކުން

މިދާހާ ދުވަސްތައް ލިބޭހޭ އެކީގާ

 

އަމަލުތައް މިނޭނޭ މީޒާންގެ ތިލަފަތުން

އަމަލުތައް ބެއްލެވޭ ޤިޔާމަތް ދުވަހުގާ

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Reethi․ Message ves ragalhu․ Ibraitheri lhemeh․ Ekamaku kiyaa iru undhagu gotheh hurey․ Baeh ibaaraaiy thah hamaeh nujehey․ Hope you'll correct the mistakes in future․

– 5 އޮކްޓޫބަރު 2015 0